ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމާލް ކަޝޯގީގެ މަރަށް ފަހު، ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ފުރަތަމަ ފަހަރަށް ތުރުކީއަށް ޒިޔާރަތް ކޮށްފި

ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަދި ތުރުކީގެ ރައީސް އާޜޑްރޮގެން: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

2018 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ތުރުކީއަަށް ވަޑައިގެންފިއެވެ.

ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ތުރުކީއަަށް ދަތުރުފުޅެއް މި ކުރެެއްވީ 2018 ވަނަ އަހަރު އެ ގައުމުގައި ހުންނަ ސައުދީގެ އެމްބަސީގައި، ނޫސްވެރިޔާ ޖަމާލް ކަޝޯގީ މަރާލި މައްސަލައަށްފަހު، ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި، ސައުދީގެ ވަލީއަހުދު، ގިނަ އަހަރު ތަކަކަށްފަހު، ތުރުކީއަށް ކުރެއްވި ދަތުރުގެ ބޭނުމަކީ، އެ ގައުމާއި ސައުދީއާއި ދޭތެރޭގައި އޮންނަ ހީނަރުވެފައިވާ ގުޅުން ބަދަހިކުރުމެވެ، އަދި އޭގެ އިތުރުން އެތައް އަހަރުތަކެއް ވެގެން ގޮސްފައިވާ ޖަމާލް ކަޝޯގީގެ މަރުގެ ހާދިސާއާއި ދުރަށް ގޮސް ދެ ގައުމު އެކުގައިއޮން ކުރިމަގު އާރާސްތު ކުރުމެވެ.

ސައުދީ އަރަބިއްޔާއިން ކުރިން، އެގައުމުގެ ރައްޔިތުން ތުރުކީއަށް ދިއުން މަނާކޮށްފައިވީނަމަވެސް، ވަލީ އަހުދު މުހައްމަދް ބިން ސަލްމާން ތުރުކީއަށް ކުރެއްވި ދަތުރާއި ގުޅިގެން، އެގައުމުން ތުރުކީއަށް ފަތުރުވެރިކަން ހުޅުވާލެވިގެން ދާނެކަމަށްވެސް ގިނަ މީހުން ލަފާ ކުރެއެވެ. ސައުދީގެ ވަލީ އަހުދު ތުރުކީއަށް ކުރެއްވި ދަތުރުގައި މައިގަނޑުގޮތަކަށް، ވާހަކަދެކެވިގެންދާނީ، ޔޫކްރެއިން ރަޝިއާ ހަންގުރާމައިގެ ސަބަބުން، ތުރުކީގެ އިގްތިސޯދަށް އަސްފައިވާ ދަތިތަކާއި، އެކަމުން އަރައިގަންނާނެ ގޮތްތަކުގެ މައްޗަށެވެ.

ތުރުކީގެ ލީޑަރު އާރޑްރޮގެން، ސައުދީގެ ސަލްމާން ބިން މުހައްމަދުއަށް މަރުހާބާ ކިޔުއްވީ އެގައުމުގެ ރިޔާސީ ގަނޑުވަރުގައިއެވެ. ސައުދީގެ ވަލީ އަހުދަށް މަރުހަބާ ކިޔުމުގެ ގޮތުން، ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި އަސްތައް ބައިވެރިކޮށްގެން ހިންގި ޕެރޭޑަކާއި، މިލިޓަރީ ހަރަކާތްތަކެއް ހިމެނެއެވެ. މި ރަސްމިއްޔާތުގައި ތުރުކީގެ މުހިއްމު އޮފިޝަލުން ބައިވެރިވެފައިއެވެ.

ތުރުކީގެ، އިސްޓަނބުލްގައި ހުންނަ ސައުދީގެ އެމްބަސީގައި މަރާލެވިފައިވާ، ސައުދީ ނޫސްވެރިޔާ ޖަމާލް ކަޝޯގީއަކީ، ރަޝިޔާއިން އަފްގާނިސްތާނަށް އަރައިގަތުން އަދި އުސާމާ ބިން ލާދިން ފަދަ މީހުންނާއި ބެހޭގޮތުން، ބޮޑެތި ހަބަރުތައް ގެނެސްދީފައިވާ މަޝްހޫރު ނޫސްވެރިއެކެވެ. ގިނަ އަހަރުތަކެއް ސައުދީގެ ރަސްކަންކުރާ އާއިލާއާއި ގާތް ގުޅުމެއް ބޭވުމުގެ އިތުރުން، އެޑްވައިޒަރެއްގެ މަގާމުގައިވެސް މަސައްކަތްކޮށްފައިވާ ޖަމާލް ކަޝޯގީއާއި. އެ ސައުދީގެ ވެރިކަން ކުރާ އާއިލާއާއި، އޮންނަ ގުޅުން ހީނަރުވެފައިވާކަމަށް އެންމެ ފުރަތަމަ ފާހަގަކުރެވިގެންދިޔައީ، 2017 ވަނަ އަހަރަށްފަހު، އެނާ، އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރުމަށް ފަހު، އެ ގައުމުގެ ނޫހެއް ކަމަށްވާ ވޮޝިންޓަން ޕޯސްޓައް މަހަކު އެއްފަހަރު ޝާއިއު ކުރަމުން ދިޔަ ލިޔުން ތަކާއި ގުޅިގެންނެވެ. މި ލިޔުންތަކުގައި އެނާވަނީ، ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް ފާޑުކިޔާފައިއެވެ.

ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް ފާޑުކިޔަމުންދިޔަ، ނޫސްވެރިޔާ ޖަމާލް ކަޝޯގީ ފުރަތަމަ ފަހަރަށް ތުރުކީގައި ހުންނަ، ސައުދީ އެމްބަސީއަށް ޒިޔާރަތްކޮށްފައިވަނީ، 2018 ވަނަ އަހަރުގެ ތެރޭގައިއެެވެ. އެނާ އެ އެމްބަސީއަށް ގޮސްފައިވަނީ، މީހަކާއި އިނުމުގެ ބޭނުމުގައި، ކުރީގެ ކައިވެނީގެ ވަރީގެ ސެޓިފިކެޓް ހޯދުމުގެ ބޭނުމުގައިއެވެ. ޖަމާލް ކަޝޯގީ އަލަށް އިނުމަށް ކަނޑައެޅިފައިވާ، ހަޓީޗޭ ޗެންގިސް ބުނެފައިވާގޮތުން، ތުރުކީގައި އެއްވެސް ނޭދެވޭ ކަމެއް ހިންގައިފާނެކަމަކަށް ޖަމާލް ހީކޮށްފައިވެސް ނުވެއެވެ.

2018ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު، ވަރީގެ ސެޓިފިކެޓެއް ހޯދުމަށް ޖަމާލް ކަޝޯގީ، ތުރުކީގެ އިސްނބުލްގައި ހުންނަ ސައުދީ އެމްބަސީއަށް، ދިއުމުން، އެ އެމްބަސީއިންވަނީ، ލިޔެކިޔުން ހަމަޖެއްސޭނެ ތާރީހެއް އަންގައި އެ ދުވަހު ބަލާ އައުމަށް ޖަމާލްއަށް އަންގާފައިއެވެ. އެހެންކަމުން، އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު އެނާވަނީ، އެ އެމްބަސީއަށް އަލަށް އިންނަން ގަސްތުކޮށްފައިވާ ހަޓީޗޭ ޗެންގިސް އާއި އެކު ޒިޔާރަތްކޮށްފައިއެވެ.

ރައްޓެހިން އަދި، އެނާ އިނުމަށް ނިންމާފައިވާ ޗެންގިސްގެ ގާތުގައިވެސް، އެމްބަސީގެ ތެރެއިން އެއްވެސް މައްސަލައެއް ކުރިމަތި ނުވާނެކަމަށް އެނާ ބުނެފައިވީ ނަމަވެސް، ޖަމާލް ކަޝޯގީވަނީ، އެނާ ޗެންގިސް އަތައް ދެ ފޯނު ދިނުމަށް ފަހު، އެނާ ނުނުކުމެއްޖެ ހާލަތުގައި ތުރުކީގެ ރައީސްގެ އެޑްވައިޒަރަކަށް ގުޅުމަށް އިރުޝާދު ދީފައިއެވެ. އަދި އެނާ ނުނުކުތުމުން މި މައްސަލަވަނީ، ދުނިޔޭގެ ސަމާލުކަމަށް ގެނެވިފައިއެވެ.

ސައުދީއިން ބުނެފައިވާގޮތުން، ނޫސްވެރިޔާ ޖަމާލް ކަޝޯގީވަނީ، އެ އެމްބަސީއަށް ވަނުމަށް ފަހު، ގަޑިއިރެއްގެ ތެރޭގައި ނުކުމެގެން ގޮސްފައިއެވެ. އަދި ފޮރުވަން އެއްވެސް އެއްޗެއް ނެތްކަމަށްވެސް ބުނެފައިކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް އިސްޓަނބުލްގެ ޗީފް ޕްރޮސެކިއުޓާރ ބުނެފައިވާގޮތުން، ސައުދީ އެމްބަސީއަށް ޖަމާލް ކަޝޯގީ ވަނުމާއިއެކު، ބަޔަކު މީހުންވަނީ އެނާ ހޭނައްތާލުމަށްފަހު، ރަހުމު ކުޑަ ގޮތަކަށް މަރާލާފައިއެވެ. އަދި އެހެން ތުރުކީގެ އޮފިޝަލުންތަކެއް ބުނެފައިވާގޮތުން، ސައުދީގެ “އޭގެންޓުން” ތަކެއް ވަނީ، ހާދިސާ ހިންގުމުގެ އެއްދުވަސް ކުރިން ތުރުކީއަށް އައިސް އިސްތަނބުލްގައި ހުންނަ އެމްބަސީގެ ކެމެރާތައް ނައްޓައި، ރިކޯޑިންތައްވެސް ނައްތާލައި، ކަޝޯގީ މަރާލުމަށް ތައްޔާރުވެފައިއެވެ.

މި ހާދިސާއާއި ގުޅިގެން ތުރުކީގެ ރައީސް އާރޑްރިގެން، ވޮޝިންޓަން ޕޯސްޓަގައި ބުނެފައިވާގޮތުން، ޖަމާލް ކަޝޯގީ ވަނީ، ރޭވިގެން ރަހުމު ކުޑަ ގޮތަކަށް މަރާލައިފައިކަމަށެވެ. އަދި ކަމަކީ، ސައުދީ އަރަބިއްޔާގެ އެންމެ މަތީ ފަންތިން އަންގައިގެންކޮށްފައިވާކަމެއް ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ސައިދީގެ ރަސްގެފާނު، ކިންގް ސަލްމާންގެ އަތެއް މިކަމުގައި ވެދާނެކަމަށް ގަބޫލު ނުކުރައްވާކަމަށްވެސް އެނާ ވަނީ ވިދާޅުވެފައިއެވެ.

މި ހާދިސާއަށް ފަހު ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ތުރުކީއަށް ޒިޔާރަތް ކުރެއްވީ، 4 އަހަރަށް ފަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: