ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިއޭގޯ ގާސިއާގައި ތިބި ލަންކާ ރައްޔިތުންތަކެއް އިނގިރޭސި ކެބިނެޓު މިނިސްޓަރުންތަކެއްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފި

ޑިއޭގޯ ގާސިއާ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސް އާކިޕެލަގޯގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކެއްގެ ގޮތުގައި ބޭނުންކުރާ ޑިއޭގޯ ގާސިއާގައި ހިމާޔަތް ހޯދުމަށް އެދި ދިރިއުޅެމުންދިޔަ ސްރީލަންކާ ރައްޔިތުންތަކަކަށް ޖިސްމާނީ އަދި ޖިންސީ ގޯނާކުރިކަމަށް އިނގިރޭސިވިލާތުގެ ކެބިނެޓު މިނިސްޓަރުންތަކެއްގެ މައްޗަށް ތުހުމަތުކޮށްފިއެވެ.

ޑިއޭގޯ ގާސިއާއަކީ ޗާގޮސް އާކިޕެލަގޯގެ އެންމެ ބޮޑު ރަށެވެ. އެ ރަށަކީ 1960ގެ އަހަރުތަކުގެ ތެރޭގައި އެމެރިކާއިން އިނގިރޭސިންގެ އަތުން ކުއްޔަށް ނަގައި އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަމުންދާކަމަށް ބުނާ ރަށެވެ. އިނގިރޭސި ކެބިނެޓުގެ ވަޒީރުންތަކެއްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށްފައިވަނީ އެ ތަނުގައި ޓެންޓު ޖަހައިގެން ދިރިއުޅެމުންދާތާ އަހަރަަކަށްވުރެ ގިނަ ދުވަސްވެފައިވާ ރައްޔިތުންތަކެކެވެ. އެ މީހުން ދިރިއުޅެމުންދިޔައީ އެހެން އެތައް އާއިލާއަކާއިވެސް އެކުއެވެ.

އިނގިރޭސި ތިން ކެބިނެޓު ވަޒީރެއްގެ މައްޗަށް ދައުވާ ކުރުމަށް މަސައްކަތްކުރަމުންދާ ލަންކާގެ ރައްޔިތުން މީޑިއާ އާއި ހިއްސާކޮށްފައިވާގޮތުން، އެ މީހުން ތިބީ ނުރައްކާތެރި ހާލަތެއްގައި ނުހައްގުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހުންނަ ކުޑަ ރަށެއްގައި ހައްޔަރު ކުރެވިފައެވެ. ޑިއޭގޯ ގާސިއާގައި ދިރިއުޅޭތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ މީހުންނަކީ 2021 ވަނަ އަހަރުގެ ތެރޭގައި ކެނަޑާ ސަރަހައްދަށް ދިއުމަށް މަސައްކަތްކުރި މަސްދޯންޏަކުން ސަލާމަތްކޮށްފައިވާ މީހުންކަމަށް ބައެއް ރިޕޯޓުތަކުގައިވެއެވެ.

ހިމާޔަތައް އެދި ޑިއޭގޯ ގާސިއާގައި ދިރިއުޅެމުންދާ މީހުން މީޑިއާތަކާއި ވާހަކަ ދައްކަމުން ބުނި ގޮތުގައި އެތަނުގައި ތިބުމަކީ ދަތި އުނދަގޫ ކަމެކެވެ. އަދި ޖިންސީ އާއި ޖިސްމާނީ ގޯނާތަކާއި ކުރިމަތިލާންޖެހޭކަމަށާއި، ބައެއް މީހުން އަމިއްލަ ނަފްސަށް ގެއްލުންދީ މަރުވުމަށްވެސް މަސައްކަތްކުރިކަމަށް ހިއްސާކޮށްފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ. މިވާހަކަތައް ރިޕޯޓުކުރެވެމުންދާއިރުވެސް އިތުރު މީހުން އެރަށަށް ގޮސް ހިމާޔަތަށް އެދެމުންދާކަންވެސް ފާހަގަކުރެވޭކަމަށް ޝާއިއުކުރެވިފައިވެއެވެ.

ހާލުގައި ޖެހިފަިއވާ ކަމަށް ފެނިގެންދާ ބައެއް މީހުން އަނބުރާ ލަންކާއަށް ދިއުމަށް އެއްބަސްވެފައިވާއިރު، އަނެއް ބަޔަކުވަނީ ފަރަންސޭސިވިލާތުގެ ބެލުމުގެ ދަށުގައި އޮތް “ރިޔުނިއަން” ކިޔާ ރަށަކަށް ދިއުމަށް މިސްރާބު ޖަހާފައިކަމަށްވެސް މީޑިއާތަކުން ރިޕޯޓުކުރެއެވެ. ހިމާޔަތަށް އެދި ހުށައަޅާފައިވާ ގިނަ މީހުންނަށް އެ ފުރުސަތު ނުލިބޭކަމަށާއި، އެހެންނަމަވެސް ލަންކާއަށް ދިއުން ނުރައްކާތެރިކަމަށް ބުނަމުންދާކަމަށްވެސް ރިޕޯޓުތަކުގައިވާއިރު، ތަމަޅަ ނަސްލުގެ މި މީހުންގެ ވަކީލުންވަނީ ކޮމަންވެލްތުގެ އިސްފަރާތްތަކާއި ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓޮރީގެ ކޮމިޝަނަރުގެ މައްޗަށްވެސް ދައުވާތަކެއް ކުރުމަށް ފޮނުވާފައިކަމަށް ރިޕޯޓުތަކުައިވެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: