ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޯޖް ސޯރޮސް އޭނާގެ ދަރިއާއި 25 ބިލިއަން ޑޮލަރުގެ މާލިއްޔާތު ހަވާލުކޮށްފި

ޖޯޖް އަދި އެލެކްސް ސޯރޮސް: ފޮޓޯ/ އެލެކްސް ސޯރޮސް ޓްވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެންމެ މުއްސަނދި 500 މީހުންގެ ތެރޭގައި ހިމެނޭ ފަރާތެއްކަމަށްވާ ޖޯޖް ސޯރޮސް އޭނާގެ 25 ބިލިއަން ޑޮލަރުގެ މާލިއްޔާތު ބާރުތައް އޭނާގެ ދަރިފުޅާ ހަވާލުކޮށްފިއެވެ.

މާލީ މަސައްކަތްތައް ބެލެހެއްޓުމުގައި އިސް ފަރާތެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ޖޯޖް ސޯރޮސް އޭނާގެ ދަރިފުޅު އެލެކްސް އާއި ހަވާލުކޮށްފައިވަނީ އޭނާގެ މުޅި ކުންފުންނާއި 25 ބިލިއަން ޑޮލަރުގެ މާލިއްޔާތެވެ. ހަންގެރީއަށް ވިހާފައިވާ “ހެޖް ފަންޑު މެނޭޖަރު” ޖޯޖް އޭނާގެ ދަރި އެލެކްސްއަށް މަސައްކަތްތައް ހަވާލުކޮށްފައިވާކަން ހިއްސާކޮށްފައިވަނީ އެމެރިކާގެ މަޝްހޫރު ހަބަރު ފަތުރާ ވަސީލަތަކަށް ދެއްވި އިންޓަރވިއުއެއްގައެވެ. އޭނާ ވަނީ އޭނާގެ ދަރި އެލެކްސް އަށް އެ ފުރުސަތު ހައްގުވާކަމަށް ބުނެފައެވެ.

1990 ވަނަ އަހަރުތަކުން ފެށިގެން ސޯރޮސްގެ އައިލާއިންވަނީ އެ މީހުންގެ މުއްސަނދިކަން ބޭނުންކޮށްގެން، ގައުމުތަކަށް ޑިމޮކްރެސީއާއި ހިސާބަށް ވާސިލުވުުމުގައި މާލީ އެހީތައް ފޯރުކޮށްދީފައެވެ. އެހެންނަމަވެސް ފަހަކަށް އައިސް 92 އަހަރުގެ ޖޯޖް ސޯރޮސް މަޝްހޫރުވެފައިވަނީ ޔަހޫދީންނާއި ދެކޮޅަށް ފަތުރަމުންދާ “ކޮންސްޕިރަސީ ތިއޮރީ” ތަކުގެ ޝިކާރައެއްގެ ގޮތުގައެވެ.

ޖޯޖް ސޯރޮސް އަކީ އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީއަށް އެންމެ ގިނައިން މާލީ އެހީތައް ފޯރުކޮށްދޭ އެއް ފަރާތެވެ. އޭނާ މުޅި މާލިއްޔާތުގެ ބާރުތައް ހަވާލުކޮށްފައިވާ އެލެކްސް އަކީ 37 އަރުގެ މީހެއްކަމަށްވާއިރު، އެއީ އޭނާއަށް ހަތަރުވަނައަށް ލިބިފައިވާ ދަރިއެވެ. އޭނާ އަކީ އާއިލާ މީހުންގެ ތެރެއިން ސޯރޮސް ފަންޑު މެނޭޖުމެންޓުގެ އިންވެސްޓުމެންޓު ކޮމިޓީގައި ހިމެނޭ ހަމަ އެކަނި ފަރާތެވެ. އެ އާއިލާގެ 25 ބިލިއަންގެ މާލިއްޔާތު ބަލަހައްޓަމުންދަނީ އެ ކޮމިޓީއިންނެވެ.

އެލެކްސް އަދި ޖޯޖް އަކީވެސް ސިޔާސީ މައިދާނަށް ނަޒަރު ހިންގަމުންދާ ދެ މީހުންކަމަށްވާއިރު، އެލެކްސްވަނީ އޭނާ އޭނާގެ ބައްޕައަށްވުރެ ބޮޑަށް ސިޔާސީ ކަންކަމަށް ޝައުގުވެރިވާކަން މީޑިއާތަކާއި ހިއްސާކޮށްފައެވެ. އެގޮތުން، އެމެރިކާގެ ކުރީގެ ރައީސްއެއްކަމަށްވާ ޑޮނަލްޑު ޓްރަމްޕު ދެވަނަ ފަހަރަކަށް ކުރިމަތިލައިފި ހާލަތެއްގައި އޭނާއާއި ދެކޮޅަށް މަސައްކަތްކުރާނެކަން ހިއްސާކޮށްފައިވެއެވެ.

އެލެކްސް ބުނެފައިވާގޮތުން، އެހީ ފޯރުކޮށްދިނުމަށް ހުޅުވާފައިވާ އޯޕަން ސޮސައިޓީ ފައުންޑޭޝަނުތަކުން ގެންގުޅެމުންދާނީ ޖޯޖް އެތަންތަން ހިންގި އިރުވެސް ގެންގުޅުނު ވިސްނުންތައް ކަމަށެވެ. އެގޮތުން ދުލާއި ގަލަމުގެ މިނިވަންކަމަށާއި، ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާއި ކުރުމަށާއި، މަދު މީސްތަކުން ދިފާއު ކުރުން އަދި ރެފިއުކީންގެ ހައްގުތަކަށް ވަކާލާތު ކުރުމުގެ އިތުރުން މިނިވަންކަމަށް ވަކާލާތުކުރައްވާ ސިޔަސީ ފަރާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބުނެފައިވެއެވެ.

ޖޯޖް ސޯރޮސްއަކީ ހަންގެރީއަށް އުފަން މީހެކެވެ. އޭނާ ވަނީ އެ ގައުމު ހިޓުލަރުގެ ނާޒީ ސިފައިންގެ އަތް ދަށުގައި އޮތް ދުވަސްތައް ތަހައްމަލުކޮށްފައެވެ. ހަނގުރާމައަށްފަހު، އޭނާ އަދި އާއިލާ އިނިރޭސި ވިލާތަށް ދިޔައެވެ. އެއަށްފަހު އެމެރިކާއަސް ދިއުމަށްފަހު ސޯރޮސް ބިލިއަނަރަކަށް ވެގެންދިޔައެވެ. އޭނާ އެކަން ކުރީ އިންވެސްޓު ކުރާ ފަރާތްތަކުގެ މާލީ މުއާމަލާތްތައް ބަލަހައްޓައިދޭ ކުންފުންޏެއް އުފައްދައިގެންނެވެ.\

އޭނާ މަޝްހޫރުވެގެންދިޔަ އެއް ކަމަކީ، 1992ގައި ބްރިޓިޝް ޕައުންޑުގެ އަގު ވެއްޓޭނެކަމަށް ބުނެ ކުރި ބެޓަކުން 1 ބިލިއަންގެ ފައިދާއެއް ހޯދައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: