ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާގައި ކެނަބިސް ބޭނުންކުރާ ޒުވާނުން އިތުރުވެ، އެކަމަށް ހައްލެއް ގެނައުމަށް ބޭހެއް އުފައްދައިފި

މާގަރެޓް ހެނީ ދިރާސާތަކުގެ އެންމެ އިސް ފަރާތް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސް ބޭނުންކުރާ ޒުވާން އުމުރުފުރައިގެ މީހުން ގިނަވަމުންދާ މައްސަލައަށް ހައްލުތަކެއް ގެނައުމަށްޓަކައި ކަލަމްބިއާ ޔުނިވާސިޓީގެ ރީސާރޗަރުންތަކެއް އާ ބޭހެއް ތައްޔާރުކޮށްފިއެވެ.

ބޭރުގެ ބައެއް ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓުކުރާގޮތުން، އެ ގައުމުގެ ގިނަ އަދަދެއްގެ ސްޓޭޓުތަކުގައި ކެނަބިސް ހުއްދަކޮށްފައިވުމުގެ ސަބަބުން، ބޭނުންކުރާ ޒުވާނުންގެ އަދަދުތައްވަނީ ކުރިން ނުއުފުލޭ މިންވަރަކަށް މައްޗަށް ގޮސްފައެވެ. އެހެންކަމުން އެކަމަށް ހައްލުތަކެއް ގެނައުން މުހިންމުވެފައިވާކަމަށް މާހިރުން ދެކޭކަމަށް ބުނެފައިވެއެވެ.

އަލަށް އުފައްދާފައިވާ ބޭހަކީ، ކެނަބިސް ބޭނުންކުރާ ފަރާތްތައް ތަހައްމަލުކުރާ ދަތިތަކަށް ހައްލުތަކެއް ގެނެސްދޭކަމަށް ރީސާޗަރުންނަށް ފެންނަ ބޭހެކެވެ. އެގޮތަށް ބުނަނީ އުފެއްދި ފަރާތްތަކުން ހަދާފައިވާ ތަހުލީލުތަކެއްގެ މައްޗަށް ބިނާކޮށްކަމަށްވާއިރު، ރީސާޗަރުންވަނީ ރިޕޯޓުން ހޯދިފައިވާ ހޯދުންތައް ނޭޗާ މެޑިސިން ކިޔާ މަޖައްލާއެއްގައި ޝާއިއުކޮށްފައެވެ.

AEF-0117 ގެ ނަމުން ނަންދެވިފައިވާ މި ބޭހުގެ ސަބަބުން، ކެނަބިސް ބޭނުން ކުރާ ފަރާތްތަކަށް އެ ބޭނުންކުރުމުން އެ ލިބޭ “އަރާމުތައް” 38 އިންސައްތައިން ދައްކޮށްދެއެވެ. މިހާރު ތަހުލީލު މަރުހަލާ އޮތީ ދެވަނަ ފިޔަވަހީގައެވެ. އާންމު ހާލަތެއްގައި ތަހުލީލުތަކުގެ ދެވަނަ ފިޔަވަހީގައި ދެނެގަންނަނީ ތިންވަނަ ފިޔަވަހީގެ ތަހުލީލުގައި ބޭނުންކުރާނެ ބޭހުގެ ރަނގަޅު ދޯސޭޖެކެވެ.

ކޮލަމްބިއާ ޔުނިވާސިޓީގެ ކެނަބިސް ރީސާޗު ލެބުގެ ޑިރެކްޓަރު އަދި މިހާރު ހަދަމުންދާ ތަހުލީލުތަކުގެ އެންމެ އިސް ފަރަތްތަކަށްވާ މެގް ހެނީ ވަނީ ބޭހާއި މެދު ވަރަށް އުފަލުން ހުރިކަން ހާމަކޮށްފައެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ވަބާގެއް މައްސަލައަށް ހައްލުތަކެއް ހޯދުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ފެނިގެންދާއިރު، އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ކެނަބިސް ޔޫޒް ޑިސް އޯޑަރއަށް ފަރުވާ ދިނުމަށް އެއްވެސް ބޭހެއް މިހާތަނަށް އެޕްރޫވްކޮށްފައިނުވެއެވެ. އަންދާޒާ ކުރެވޭ ގޮތުން، މިއީ ކެނަބިސް ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން 30 އިންސައްތަ މީހުންނަށް ދިމާވާ މައްސަލައެކެވެ.

ކެނަބިސް ޔޫޒް ޑިސްއޯޑާރ އަކީ، އެކަމުގެ ސަބަބުން ދިރިއުޅުމަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރަމުންދާއިރުވެސް ހުއްޓާނުލެވުމެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުން، އެމެރިކާގެ 14 މިލިއަން މީހުންދަނީ މި ދަތިތައް ތަހައްމަލުކުރަމުންނެވެ.

މެގް ހެނީ ބުނެފައިވާގޮތުން، މިއީ އޭނާ އަށް ޓެސްޓު ކުރެވިފައިވާ ބޭސްތަކުގެ ތެރެއިން އޭގެ ސަބަބުން، މަސްތުގެ އަަސަރުތައް ކަނޑުވާލާކަމަށް ފެނިގެންދާ ބޭހެވެ. ކޮލަމްބިއާ ޔުނވާސިޓީއިން ދިރާސާތައް ކޮށްފައިވަނީ ހަފްތާއަކު ހަ ދުވަހު ދުވާލަކު މަދުވެގެން ތިން ގްރާމް ކެނަބިސް ބޭނުންކުރަމުންދާ 29 މީހުން ބޭނުންކޮށްގެންނެވެ. ބްި

އަލަށް އުފައްދާފައިވާ ބޭހުގެ ސަބަބުން އިތުރު އެއްވެސް ދަތިތަކެއް ފާހަގަނުކުރެވޭކަމަށްވެސް ޔުނިވާރސިޓީގެ ދިރާސާތަކުން ދައްކައެވެ. މެގް ހެނީ ބުނެފައިވާގޮތުން، އެ ޔުނިވާސިޓީއިން ހަދާފައިވާ ދިރާސާ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި 300 މީހުންނަށް ފުޅާ ކޮށް އަލުން ހަދާނެއެވެ. އަދި ކުރިއަށް އޮތް އަހަރުގެ ތެރޭގައި ނަތީޖާތަކެއް ފެނިގެންދާނެކަމަށް އުންމީދު ކުރެވޭކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: