ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްވިޑެންގައި ގުރުއާން އެންދި މައްސަލައިގައި އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

ސްވިޑެންގައި ހުރެ ގުރުއާން ހަތިމެއް އެންދި އިރާގުގެ ރައްޔިތު މީހާ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްވިޑެންގެ މިސްކިތެއްގެ ކުރިމަތީގައި ގުރުއާން ހަތިމެއް އެންދުމަށް ފުރުސަތު ދިން މައްސަލައިގައި އދގެ ހިއުމަން ރައިޓްސް(އިންސާނީ ހައްގުތަކާއިބެހޭ) ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުން ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވަނީ ސްވިޑެންގައި ގުރުއާން ހަތިމު އެންދުމަށް ޖާގަ ދިން މައްސަލައާއި ގުޅިގެން ބައްދަލުވުމަށް ޕާކިސްތާނުން އެދުމާއިއެކުއެވެ. ދީނީ ތަފާތުވުންތަކުގެ ސަބަބުން އޮން ނަފްރަތުގެ މައްސަލަތައް އިތުރުވަމުންދިއުމާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުން ދާދި އަވަހަށް ބޭއްވިގެންދާނެކަމަށް އެ ކައުންސިލުގެ ފަރާތުންވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމްލމްގައި ގުރުއާން ހަތިމަކަށް އިހާނެތިކޮށް ހިތާފައިވަނީ އެ ގައުމުގައި ކުރިއަށް ގެންދިޔަ އިހުތިޖާޖެއްގެ ތެރެއިން ފުލުހުންގެ ހުއްދަ އާއިއެކުއެވެ. އެހެންނަމަވެސް އެ ގައުމުގެ ސަރުކާރުންވަނީ އެ އަމަލުކުށްވެރިކޮށްފައެވެ. ސްވިޑެންގެ ސަރުކާރުން އެ އަމަލު ކުށްވެރިކުރީ ބައިންއަލްއަގުވާމީ އިސްލާމީ ޖަމާއަތަކުން އެފަދަ އަމަލުތައް ކުރިއަށް އޮތް ތާނގައި ނުހިނގާނެކަން ކަށަވަރު ކުރުމަށް ގޮވާލާފައިވަނިކޮށެވެ. ގިނަ އަދަދެއްގެ ގައުމުތަކުންވަނީ އެމަލު ކުށްވެރިކޮށްފައެވެ. އަދި އެފަދަ އަމަލުތަކާއި ދެކޮޅަށް ފިޔަވަޅުތައް ވަރުގަދަ ކުރުމަށްވެސް ގޮވާލާފައިވެއެވެ.

މޮރޮކޯއިންވަނީ އެ އަމަލު ކުށްވެރި ކުރުމުގެ އިތުރުން އެ ގައުމުން ސްވިޑެންއަށް ކަނޑައަޅާފައިވާ ސަފީރުވެސް މުއްދަތެއް ނެތް ގޮތަށް އަނބުރާ ގެނެސްފައެވެ. އަދި އެ ގައުމުގެ ފޮރިން މިނިސްޓްރީއިންވަނީ ސްވިޑެން އިން އެގައުމަށް ކަނޑައެޅިފައިވާ ސަފީރުގެ ހައިސިއްޔަތުގެ މަގާމު އަދާކުރައްވާ ފަރާތެއް ހާޒިރުކޮށް އެ އަމަލުތައް ކުށްވެރިކުރާކަން ހިއްސާކޮށްފައެވެ.

މި އަމަލު ހިންގާފައިވަނީ ސްވިޑެންގައި ހުރި އިރާގުގެ ރައްޔިތެކެވެ. އިރާގުގެ ރައްޔިތުންވަނީ ސްވިޑެން އިން އެ އަމަލު ހިންގުމަށް ޖާގަ ދީފައިވުމާއިއެކު ރުޅިވެރިން ހާމަކޮށްފައެވެ. އަދި އެ ގައުމުގެ ވެރިރަށުގައި ހުންނަ ސްވިޑެންގެ އެމްބަސީއަށް ވަދެގަނެފައިވެސްވެއެވެ. ތުރުކީގެ ރައީސް ތައްޔިބް އެރްތުޤާން ވެސްވަނީ އިންތިހާއަށް ނުރުހިފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން މުސްލިމުންގެ ދީނީ އަސާސްތަކަށް ހަޖޫޖެހުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނޫންކަން ހުޅަނގަށް ދަށްކޮށްދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ. މި ކަމުގެ ސަބަބުން ނޭޓޯއާއި ގުޅުމަށް މަސައްކަތްކުރަމުންދާ ސްވިޑެންއަށް ގުޅެވިދާނެކަމާއިމެދުވެސްވަނީ ސުވާލު އުފެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: