ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭ ތަރައްގީކޮށް، ހޮސްޕިޓަލު އެޅުމަށް ސައުދީން ރާއްޖެއަށް 2.3 ބިލިއަން ރުފިޔާ ދެނީ

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ސައުދީގެ ހާރިޖީ ވަޒީރާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމަށާއި، ރާއްޖޭގެ އެކި ހިސާބުތަކުގައި ހޮސްޕިޓަލުތަކެއް އެޅުމަށް ސައޫދީ އަރަބިއްޔާ އިން ރާއްޖެ އަށް 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ އެހީ ދިނުމަށް އެއްބަސްވެއްޖެއެވެ.

މި ފައިސާ ހަމަޖެހުނީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ސައުދީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ވިޔަފާރީގެ މިނިސްޓަރާ ބޭއްވި ބައްދަލުކުރެއްވުމުގައި ކުރެއްވި މަޝްވަރާތަކަށް ފަހުއެވެ.

ވަރަށް އަވަހަށް ފައިސާ ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު، ސައޫދީ އެމްބަސީން ވަނީ ސައޫދީ ފަންޑުން އެ ފައިސާ ހަމަޖައްސައިދިންކަން ކަށަވަރުކޮށްދެއްވައިފައެވެ.

މި 2.3 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާ ގޮތް:

  • ސައޫދީގެ ބިން ލާދިން ގްރޫޕުން ތަރައްގީކުރާ ވެލާނާ އެއާޕޯޓުގެ މަސައްކަތްތަށް – 100 މިލިއަން ޑޮލަރު
  • ސިއްހީ ދާއިރާއަށް – 50 މިލިއަން ޑޮލަރު

ސައޫދީގެ ބިން ލާދިން ގްރޫޕާއި ގުޅިގެން ވީއައިއޭގެ މަޝްރޫއު ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، 2016 ވަނަ އަހަރުއެވެ. މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 4 އަހަރު ދުވަހުން ނަމަވެސް، މަޝްރޫއު މުއްދަތަށް ނުނިންމުމުގެ ސަބަބުން އަގު ވަނީ ބޮޑުވެފައެވެ. މަޝްރޫއު ފެށި އަގަކީ 4.6 ބިލިއަން ރުފިޔާކަމަށްވާއިރު، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ 48.8 މިލިއަން ޑޮލަރުގެ ލޯނެއްވެސް ނަގާފައެވެ. އެއީ ކުވޭތު ފަންޑު މެދުވެރިކޮށެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: