ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުރުކީ – ސީރިއާއަށް އެހީވުމަށް ރެޑްކްރެސެންޓުން ހުޅުވާލި ފަންޑަށް 1 މިލިއަނަށް ވުރެ ގިނަ ރުފިޔާ!

ބިންހެލުމުގައި ބިމާ ހަމަވެފައިވާ ތުރުކީގެ އިމާރާތްތައް - ފޮޓޯ: ބީބީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ތުރުކީ އާއި ސީރިއާ ބޯޑަރު ކައިރިއަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު ދެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހި ރެޑްކެރެސެންޓުން ހުޅުވާލި ފަންޑަށް 1.2 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ބިން ހެލުމަށް ފަހު، ދެ ގައުމަށް ކުދި ލޮޅުންތަކުގެ އަސަރުތައްކޮށްފައިވާއިރު ހާލުގައި ޖެހުނު ރައްޔިތުންގެ އަދަދު މިލިއަނުން މައްޗަށް އަރަ އެވެ. އަދި މިހާތަނަށް އާއްމުކޮށްފައިވާ މައުލޫމާތުތަކުގައި ވާގޮތުން މަރުވި މީހުންގެ އަދަދު 30،000 އިން މައްޗަށް އަރަ އެވެ.

ދެ ގައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދޭން ދުނިޔޭގެ އެކި ހިސާބުތަކުން މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަދި ދިވެހި ސަރުކާރުން ވެސް ވަނީ ތުރުކީ އާއި ސީރިއާއަށް ޖުމްލަ އެއް މިލިއަން މަސްދަޅު ހަދިޔާ ކުރުމަށް ނިންމާފަ އެވެ.

ދިވެހި ރައްޔިތުންގެ އެހީ ފޯރުކޮށްދިނުމަށް ރެޑްކްރެސެންޓުން ހުޅުވި ފަންޑަށް ހޮނިހިރު ދުވަހުގެ ނިޔަލަށް 1.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ރެޑް ކްރެސެންޓުގެ އެކައުންޓަށް ފައިސާ ފޮނުވައިގެން އެހީ ދިނުމުގެ ފުރުސަތު މިހާރުވެސް އޮތީ ހުޅުވާލައިފައެވެ.

ބީއެމްއެލްގެ ކަސްޓަމަރުން ފައިސާ ޖަމާކުރުން

7701-176022-001 (ރުފިޔާ އެކައުންޓް)
7701-176022-002 (ޑޮލަރު އެކައުންޓް)

އިސްލާމިކް ބޭންކުގެ ކަސްޓަމަރުން ފައިސާ ޖަމާކުރުން

9901-01-55500036-100 (ރުފިޔާ އެކައުންޓު)
9901-01-55500036-200 (ޑޮލަރު އެކައުންޓު)

އެމްއާރުސީން ފަންޑު ހުޅުވާފައި ވަނީ ހަތް ދުވަހުގެ މުއްދަތަކަށެވެ. އަދި އަންގާރަ ދުވަހުގެ ނިޔަލަށް ފަންޑު ހުޅުވާފައި ހުންނާނެކަމަށް މައުލޫމާތު ދިނެވެ.

ތުރުކީ އަށް އައި ބާރުގަދަ ދެ ބިންހެލުމަށް ފަހު، މިހާތަނަށް އައި ލޮޅުންތަކުގެ އަދަދު 1،500 އަށް އަރާކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: