ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުރުކީއަށް ފަސްލައްކަ މަސްދަޅު ފޮނުވައިފި: ފޮރިން މިނިސްޓްރީ

ތުރުކީއަށް މަސްދަޅުތައް ފޮނުވަނީ: ފޮޓޯ/ ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތުރުކީއަށް އެހީވުމުގެ ގޮތުން ރާއްޖެއިން ފޮނުވުމަށް ކަނޑައެޅިފައިވާ އެއް މިލިއަން މަސްދަޅުގެ ފުރަތަމަ ޝިޕްމެންޓު އެގައުމަށް ފޮނުވައިފިއެވެ.

ފޮރިން މިނިސްޓްރީއިން ހާމަކޮށްފައިވާގޮތުން، ބިންހެލުމުގެ ސަބަބުން ބޮޑެތި ދަތިތައް ކުރިމަތިވެފައިވާ ތުރުކީއަށް ފޮނުވާފައިވާ ފުރަތަމަ ޝިޕްމެންޓުގައި ހިމެނެނީ ފަސްލައްކަ މަސްދަޅުއެވެ. ތުރުކީއަށް އެހީ ފޯރުވުމަށް ނިގިގެންދިޔައީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ. މިއީ ތުރުކީގެ ރައްޔިތުންނަށް އެހިތެރިވެދިނުމުގެ ގޮތުން ރައީސް ސާލިހު ނިންމެވި ނިންމެވުމެކެވެ.

ސަރުކާރުގެ ފަރާތުން ތުރުކީއަށް މަސްދަޅުތައް ފޯރުކޮށްދިނުމާއި ހަވާލުވެ ހުންނެވީ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފު އެވެ. މަސްދަޅުތަކުގެ ފުރަތަމަ ޝިޕްމެންޓު ފޮނުވާލުމުގައި ތުރުކީގެ ކޮންސުލޭޓުގައި މަސައްކަތްކުރައްވާ ބޭފުޅުންވެސް ބައިވެރިވެފައިވެއެވެ. މަސްދަޅުތައް ފޮނުވުމަށް ހަމަޖެހިފައިވަނީ 5 ޝިޕްމެންޓަކަށެވެ. މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މި މަސައްކަތްތައް ނިމޭނެކަމަށް ބެލެވޭކަމަށް ފޮރިން މިނިސްޓްރީއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: