ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ ކޮންފަރެންސްގައި ޕާޓީގެ އިންތިހާބީ މަގާމްތަކަށް މެމްބަރުން އައްޔަންކުރެވޭނެ: އަލީ އާރިފް

ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފް / ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ފަރާތުން  ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަދި އެޕާޓީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ ޖޭޕީގެ ކޮންފަރެންސްގައި ޕާޓީގެ މަގާމްތަކަށް މެމްބަރުން އައްޔަންކުރުން އޮންނާނެކަމަށެވެ.

އަލީ އާރިފް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސް މި މަހުގެ 24 އިން 25 އަށް ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކޮންފަރެންސްގައި ޕާޓީގެ އިންތިހާބީ މަގާމްތަކަށް މެމްބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އަލީ އާރިފް ވިދާޅުވިއެވެ.

އަލީ އާރިފް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެގަވާއިދުގެ 18 ވަނަ މާއްދާގައި ށ ގައިވަނީ ޕާޓީގެ ކައުންސިލުން އެހެން ގޮތަކަށް ނުނިންމާހާ ހިނދަކު، ޕާޓީގެ ހުރިހާ މެމްބަރުން ތަމްސީލް ކުރާ ޕާޓީގެ ގައުމީ ކޮންފަރެންސް އެއް މީލާދީ ކޮންމެ ފަސްއަހަރަކުން އޮންނަ ރިޔާސީ އިންތިހާބު އޮންނަ އަހަރުގެ މާޗްމަސް ނިމުމުގެ ކުރިން އޮންނަން ވާނެ ކަމަށެވެ.

“ އެހެންވީމަ އެމަސައްކަތް އަޅުގަނޑުމެން މި ކުރަނީ. އިރާދަކުރެއްވިއްޔާ މިހިނގާ ފެބްރުއަރީ މަހުގެ 24 އިން 25 އަށް ޖުމްހޫރީ ޕާޓީގެ 4ވަނަ ގައުމީ ކޮންފަރެންސް މާލޭގައި އޮންނާނެ. އެގައުމީ ކޮންފަރެންސްގައި ހިނގާނެ ކަންކަމަކީ ގައުމީ ކޮންފަރެންސްގެ މަސްއޫލިއްޔަތު ތަކަށް ބަލާއިރު، ޕާޓީގެ އިސް މަގާމްތަކަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނާއި އެގޮތުން އިއްޔެގައި އަޅުގަނޑުމެން މިތާނގައި ، ކުނޫޒްގައި މިއޮފީހުގައި ބޭއްވުނު އަޅުގަނޑުމެންގެ ޕާޓީގެ 149 ވަނަ ކައުންސިލުން ވަނީ އަސާސީ ގަވާއިދަށް ގެންނާނެ ބަދަލުތަކެއް އެންޑޯޒް ކުރެވިފައި. އެ އެންޑޯޒްމަންޓް އާ އެއްގޮތަށް އެކަންކަން ހިނގައިފިކަމަށް ވާނަމަ، ޕާޓީގެ ލީޑަރުކަމުގެ މަގާމަށް ބޭފުޅަކާއި ޕާޓީގެ ނައިބު ލީޑަރުގެ މަގާމަށް ފަސް ބޭފުޅަކާއި ޒުވާނުން ގޮފީގެ ފައް މެމްބަރަކާއި އަންހެނުނގް ގޮފީގެ ފަސް މެމްބަރަކާއި އަދި އިތުރުން 25 މެމްބަރަކު އިންތިހާބު ކުރެވޭނެ.

އެހެންނަމަވެސް އެ އެންޑޯޒްމަންޓް  އަޅުގަނޑުމެން އަދި ކައުންސިލުން ދިން ކަމަށްވީ ނަމަވެސް. ގައުމީ ކޮންފަރެންސްއިން ކައުންސިލުން އެދެއްވި އެންޑޯޒްމަންޓް ފާސްކުރާނީ. ފާސްކުރީމަ މި މަގާމްތައް އުފެދޭނީ. އެހެން ނޫންކަމަށް ވެއްޖެނަމަ އަޅުގަނޑުމެން ދާންޖެހޭނީ ކުރީގެ އަސާސީ ގަވާއިދުގައި ހުރި މަގާމްތަކަށް.

އަލީ އާރިފް ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދަށް ގެނެވޭ ބަދަލުތަކާ އެކުއެކީގައި އިންތިހާބީ މަގާމްތަކަށް މީހުން އިންތިހާބު ކުރުން މައިގަނޑު މަސައްކަތެއްގެ ގޮތުގައި ޖޭޕީގެ ގައުމީ ކޮންފަރެންސް ގައި ކުރިއަށް ދާނެ ކަމަށެވެ. އަދި މި ކޮންފަރެންސްގައި ބައިވެރިވުމަށް ޖުމްހޫރީ ޕާޓީ ތަމްސީލްކުރައްވާ އާއްމު މެމްބަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެ އަންނާނެ ކަމަށްވެސް އަލީ އާރިފް ވިދާޅުވިއެވެ. އަދި އާއްމު މެމްބަރުންގެ ހިޔާލާ ލަފާ އެރުވުން ގައުމީ ކޮންފަރެންސްގައި ކުރިއަށް ދާނެ ކަމަށް އަލީ އާރިފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: