ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް އަށް ދިއުމުގެ ވިސްނުމެއް ނެތް، ކުރެވިފައިއޮތީ މާ ރީތި ތަޖުރިބާއެއް ނޫން: އިލްހާމް

ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމްއަށް ދިއުމުގެ ވިސްނުން ނެތްކަމަށާއި، ކުރެވިފައިއޮތީ މާރީތި ތަޖުރިބާއެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރު އަދި ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން އެޕާޓީގެ ކޮންފަރެންސް އާއި ބެހޭ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެމުން އިލްހާމް ވިދާޅުވީ އެބޭފުޅުންނަކީ ސިޔާސީ ބޭފުޅުންނަށް ވާތީ ހުރިހާ ޕާޓީއަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އަބަދުވެސް ހުޅުވާލެވިފައިވާ ކަމަށެވެ. ނަމަވެސް ޕީޕީއެމްއަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

އިލްހާމް ވިދާޅުވީ ޖޭޕީ އަކީ މާ މޮޅު އަދި ގަދަ ޕާޓީ އެއް ނޫން ކަމަށެވެ.

އިލްހާމް އިތުރަށް ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީން ވެސް އިންތިހާބުގައި ވާދަކުރުމަށް އުއްމީދު ކުރާނެ ކަމަށާއި، ނަމަވެސް އެކަމަށް އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

އެބޭފުޅުން އުއްމީދު ކުރައްވާނެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން. އެބޭފުޅުންގެވެސް އުއްމީދަކަށް ވާނީ އޮނަރަބަލް ގާސިމް އިބްރާޙިމް ނުވަތަ ޖޭޕީގެ އެފަދަ ހުނަރުވެރިއަކު ގާބިލް ބޭފުޅަކު ހުރެއްޖިއްޔާ އިންތިހާބުގައި ވާދަކުރަން. އެ އިންޓްރެސްޓް ހުންނާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން.

އިލްހާމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އުއްމީދުކުރާނެ ކަމަށވެެ. އަދި ޕާޓީގެ އުއްމީދަކަށް ވާނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް ނުވަތަ ޖޭޕީގެ އެފަދަ ހުނަރުވެރި ގާބިލް ބޭފުޅަކު ހުރެއްޖެނަމަ، އިންތިހާބުގައި ވާދަކުރުމަށެވެ. އަދި މިއަދު ޖުމްހޫރީ ޕާޓީ އޮތީ ކޯލިޝަނެއްގެ ތެރޭގައި ކަމަށާއި މިއަދުވެސް ތިބީ ކޯލިޝަންގެ ފަހަތުގައި ކަމަށް އިލްހާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ތީދެއަނގައިގެ ވެރިއެއް، ރިއަލިޓީއަކީ ތީނަ އަބަދުވެސް ދެކޮޅައް ދުވެދުވެ ހުންނަކަން، އަބަދުވެސް ގިނައިން ކާންލިބޭކޮޅަކަށް އަރާކަން

  2. ޕީޕީއެމް އިން ނޫޅޭ ތިޔަކަހަލަ ބަޔަކު ނުލިބިގެނެއް.. ގުޅެން އަޔަސް ބޭނުމެއް ނުކުރާނެ.. ލޮލް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: