ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ކުންފުނިތައް ރެގިއުލޭޓްކޮށް މޮނީޓާރ ކުރާނެ ގާނޫނެއް އެކުލަވާލުމަށް ގަރާރެއް!

އެސްއޯއީ ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި، އުވާލުމާއި ރެގިއުލޭޓްކޮށް މޮނީޓާރ ކުރެވޭނެ ގާނޫނެއް އެކުލަވާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގަރާރު ހުށަހަޅުއްވާފައި ވަނީ، ސްޓޭޓް އޯންޑް އެންޓަޕްރައިސިސް (އެސްއޯއީ) ގެ މުގައްރިރު އަދި އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

އިލްޔާސް ހުށަހެޅުއްވި ގަރާރުގައި ވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުޟާއި ކޯޕަރަޓައިޒް ކުރުމާއި މޯނީޓާކޮށް އިވެލުއޭޓު ކުރުމުގެ ގާނޫނުގައި ބަޔާންކުރާ ގޮތުން ސަރުކާރުގެ ވިޔަފާރި ތަންތަން ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތައް ވެސް ހިމެނޭ ކަމަށެވެ. އަދި އެފަދަ ކުންފުނިތައް އުފައްދާނެ، އަދި އުވާލުމާއި ރެގިއުލޭޓުކޮށް މޮނީޓާރ ކުރެވޭނެ ހަރުދަނާ ގޮތެއް ގާނޫނެއްގެ ގޮތުގައި އޮތުން މުހިންމު ކަމަށެވެ.

ގަރާރުގައި ބުނެފައި ވަނީ ސަރުކާރުގެ ކުންފުނިތަކުގެ މައިގަނޑު މަގްސަދަކީ އެފަދަ ކުންފުނިތަކަށް ކަނޑައަޅާފައިވާ މެންޑޭޓާއި އެއްގޮތަށް ވިޔަފާރިކޮށް، ނަފާ ހޯދައި، ފެންވަރު ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށް ދިނުން ކަމަށެވެ. އަދި ދައުލަތަށް އިގްތިސާދީ ފައިދާ ހޯދައިދޭން މަސައްކަތް ކުރަންޖެހޭއިރު ކުންފުނުތައް ހިންގުމުގައި ދޯދިޔާވުމުގެ ސަބަބުން ދައުލަތަކަށް އެފަދަ ކުންފުނިތައް އުފެއްދުމުގެ ހަގީގީ މަގްސަދު ހާސިލު ނުވާކަން ފާހަގަކުރި އެވެ.

މީގެއިތުރުން ގަރާރުގައި ވަނީ އިގްތިސާދީ ކުރިއެރުމާއި، ދެމެހެއްޓެނިވި ތަރައްގީއަށް ނޭދެވޭ އަސަރު ކުރުމާއި ކުންފުނިތަކުގައި އުފެދި އާލާވަމުން ދާ ފަސާދައިގެ އަމަލުތަކަކީ ދައުލަތް ހިންގުމުގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތަކަށް ދިމާވާ ގޮންޖެހުމެއް ކަމަށެވެ.

ހާއްސަކޮށް ބައެއް ކުންފުނިތަކުން، ކުންފުނިތަކުގެ އަސާސީ ގަވައިދުގައި ކަނޑައަޅާފައިވާ ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ނުހިމެނޭ މަސައްކަތްތައް ސަރުޚާރުން އެ ކުންފުނިތަކާއި ހަވާލު ކުރާކަމަށް އިލްޔާސް ހުށަހެޅުއްވި ގަރާރުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: