ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް ކުރެވުނު މަސައްކަތުން އަދިވެސް އާސިރު ނުފެނޭ: ފުލުހުން

ސ މަރަދޫ ފޭދޫ ގަސްކަރަ މުހައްމަދު އާސިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސ މަރަދޫފޭދޫ ގަސްކަރަ، މުހައްމަދު އާސިރު އިސްމާއިލް އެންމެ ފަހުން ފެނުނީ އެއަރޕޯޓުން ކަމަށާ ނަމަވެސް އާސިރު ހޯދުމަށް ކުރި މަސައްކަތުން މިހާތަނަށް އޭނާ ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފިއެެވެ.

އާސިރު ގެއްލިގެން ހޯދަން ފަށާފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. ފުލުހުން ބުނީ މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައިނުވާ ކަމަށވެެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާސިރު ހޯދުމުގެ މަސައްކަތުގެ ތެރެއިން އޭނާ ދިރިއުޅޭ ހ އަލްޝާވިލާ ހިމެނޭ ސަރަހައްދުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތައް ބަލާފައިވާ ކަމަށެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ޓީއެމްއޭގައި ހުރި ކެމެރާތައް ހިމެނޭހެން 150 ގަޑިއިރަށްވުރެ ގިނައިރު ފުޓޭޖް މިހާރު ބެލިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުގެރޭ 7.20 ހާއިރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ހުޅުމާލެ ފެރީޓާމިނަލް ކައިރިން ހުދުކުލައިގެ ޓެކްސީއަކަށް އޭނާ އަރާ މަންޒަރު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ޓެކްސީ ގޮސް އެއަރޕޯޓް ޓާމިނަލްއަށް މަޑުކުރުމުން، އާސިރު އެ ޓެކްސީ އިން ފައިބައިގެން ޓާމިނަލްއަށް ވަންނަ މަންޒަރު ސީސީޓީވީ އިން ފެންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އާސިރު އެއަރޕޯޓަށް ވަންނަ ސަރަހައްދުގައި އިތުރު ކެމެރާއެއް ނެތުމުން ދެން އޭނާ ދިޔަ ހިސާބެއް މިހާތަނަށް އެނގިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން އޭނާ ހޯދުމަށް އެއަރޕޯޓް ފަޅުގައި ހުރި ހުރިހާ އޮޑިދޯނިފަހަރާއި ލޯންޗުތައް ބަލައި އެސަރަހައްދުގައި އުޅޭ މީހުންނަށް އޭނާގެ ފޮޓޯ ދައްކައި ފެނިފައިވޭތޯ އަހައިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެއްވެސް ބުކިންގ އެއް ހައްދާ ރާއްޖެއިން ބޭރަށް ނުވަތަ އެހެން ރަށަކަށް އާސިރު ދިޔަތޯ ފުލުހުން ވަނީ ބަލާފައެވެ. ފުލުހުން ބެލިބެލުމުން އޭނާ އެއްވެސް އެއަރލައިންއަކުން ރާއްޖެއިން ބޭރަށް ނުވަތަ އެހެން ރަށަކަށްވެސް ގޮސްފައިނުވާކަން ޔަގީންކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: