ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޮމް، ކާނަލް ނާޒިމްއަށް: ރައީސް ޔާމީން ދިފާއު ކުރީ ޕީޕީއެމްގެ ވޯޓު ހޯދަން ނަމަ، ތި ކުރީ ހިތާމަވެރިކަމެއް!

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލުގައި ބާއްވައިގެން ނުވާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ ރައީސް ޔާމީންގެ ސަޕޯޓަރުންގެ ތާއީދު ހޯއްދެވުމުގެ ނިޔަތުގައި ނަމަ އެ ވާހަކަ ދެއްކުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ގޮވާލައިފި އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަމަށް އިއުލާނު ކުރައްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު ނާޒިމް ދަނީ ކެމްޕެއިން ޖަލްސާތަކާއި ބައްދަލުވުންތައް ބާއްވަމުންނެވެ. ސަރުކާރާއި އެއްކޮޅު، އަދި ސަރުކާރާއި ދެކޮޅު ވާހަކަތައް ވެސް ދައްކަވާ ނާޒިމަކީ މީގެ ކުރިން ރައީސް ޔާމީންގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެކެވެ. ހާއްސަކޮށް ރައީސް ޔާމިން ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަމުގައި، އެމަނިކުފާނު އޭނާއަށް ދެއްވީ އަނިޔާކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ޕާޓީ އޮފީހުގައި ރޭ އޮތް ކެމްޕެއިން ޖަލްސާއެއްގައި ނާޒިމް ވިދާޅުވެފައި ވަނީ، ރިޔާސީ އިންތިހާބު ގާތްވެފައިވާއިރު އިދިކޮޅުގެ ލީޑަރު ރައީސް ޔާމީން ޖަލު ހުކުމެއްގައި ހުންނެވުމުން ކަންބޮޑުވާކަމަށެވެ. ރައީސް ޔާމީނަކީ އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކަނޑައަޅާފައިވާ ރިޔާސީ ކެނޑިޑޭޓުކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި އޮންނަވަން ޖެހޭކަމަށް ގަބޫލު ނުކުރާކަމަށެވެ.

ނާޒިމްގެ ވާހަކަތަކާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ގެންދާތީ، ތާރިގު ވިދާޅުވީ ނާޒިމް ބޭނުން ވަނީ ރައީސް ޔާމީނަށް ތާއީދު ކުރާ މެމްބަރުންގެ ވޯޓު ނަމަ އެކަމާއި މެދު ހިތާމަ ކުރާކަމަށެވެ.

ތާރިގު ވިދާޅުވީ، ރައީސް ޔާމީނަކީ ދިވެހިރާއްޖެ މިނިވަން ކުރެއްވުމަށްޓަކައި ޖިހާދު ކުރައްވަމުންދާ ބޭފުޅެއްކަމަށެވެ. އެހެންކަމުން ނާޒިމް ރައީސް ޔާމީން ދިފާއު ކުރައްވާ ވާހަކަދެއްކެވީ ކޮން މަގުސަދެއް ހާސިލު ކުރެއްވުމަށްތޯ ހާމަވަގެންދާނެ ގޮތެއްގެ މަތިން އަމަލު ކުރެއްވުމަށް ގޮވާލި އެވެ.

ތާރިގު ވިދާޅުވީ، އިންޑިއާ ސިފައިން މިހާރުން މިހާރަށް ރާއްޖެއިން ފޭބުމަށް ގޮވާލަންވީކަމަށެވެ. އެހިސާބުން ނާޒިމު ހާސިލު ކުރައްވަން ބޭނުންވާ މަގުސަދު ހާމަަވެގެންދާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
9%ވަރަށް ގަދަ 18%ވަރަށް ގަޔާވޭ 64%ބޮޑު ޖޯކެއް 9%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: