ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ގައިދީއެއް ނުކައި ހުރިކަމުގެ މައުލޫމާތު ލިބިފައި ނެތް: ކަރެކްޝަނަސް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކުރިޔަށް ގެންދާ 'އޮޕަރޭޝަން ހޭހަން' (ފޮޓޯ/ކަރެކްޝަންސް)
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. މާފުށި ޖަލުގައި ގައިދީންތަކެއް، ނުވަތަ ގައިދީއެއް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ނުދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.

ޖަލު ބަންދުގައި ތިބި ބައެއް ކުށްވެރިންގެ ހަޅުތާލެއް ކުރިޔަށް ދާކަމަށް އަޑުތައް ފެތުރި ހޯމް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ވަނީ ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފަ އެވެ. ޖަލުގައި ގައިދީންނަށް އަނިޔާ ކުރާކަމަށް ބުނާ މައްސަލަތަކާއި، އަދި ބައެއް ހައްގުތަކުން މަހުރޫމް ކުރާކަމަށް ދޭތެރެއަކުން އަޑުތައް ފެތުރުނު ނަމަވެސް ކަރެކްޝަނުން އެކަން ދޮގު ކުރެ އެވެ.

މާފުށި ޖަލުގައި ހުންނަ ހަރުކަށި ފިކުރުގެ މީހުން ބަހައްޓާ ޔުނިޓާއި ގުޅުވައި އެންމެ ފަހުން ވާހަކަ ދެކެވުނީ ދާފިފަހުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި ވެސް އެފަދަ އިޝާރާތެއް ކުރައްވާފައި ވަނިކޮށެވެ. ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރެމުން ދާކަމަށް މިނިސްޓަރީން ބުނާއިރު އެކަމަށް އެޅުނު ފިޔަވަޅުތަކާއި ގުޅޭގޮތުން މިދިޔަ ހަފްތާގައި މެމްބަރަކު ސުވާލު ކުރުމުން އިމްރާން ވިދާޅުވެފައި ވަނީ ހަރުކަށި ފިކުރުގެ މީހުން ވަކި ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށް ކަމަށެވެ. އަދި އެ މީހުން 24 ގަޑިއިރު މޮނީޓާރ ކުރަންޖެހޭއިރު ހޭލާ ތިބެން ޖެހޭފަދަ ހާދިސާއެއް ވެސް ދިމާވެފައިވާކަމަށެވެ.

އިމްރާން ދެއްކެވި ވާހަކަތައް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށް އެއާއި ގުޅުވައި ބައެއް މީހުން ވަނީ އިމްރާން މަޖިލީހަށް ހާޒިރުވި ދުވަހުގެ ކުރީ ރޭ ހަރުކަށި ފިކުރު މީހުން ބަހައްޓާފައި ތިބޭ ޔުނިޓުގައި ގައިދީންނާއި ބަންދުގައި ތިބި މީހުންނަށް އަނިޔާ ކުރިކަމަށް ބުނެފަ އެވެ. އަދި ބައެއް މީހުންގެ އާއިލާތަކުން ވެސް އެކަން ފާހަގަކުރި އެވެ.

މައްސަލައިގައި ސުވާލުތައް އުފެދިފައިވާތީ ”ސަންގު“ ގެ ސުވާލަކަށް އެ އިދާރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއްވެސް ގައިދީއަކު ނުކައި ހުރިކަމުގެ މައުލޫމާތެއް ލިބިފައި ނެތްކަމަށެވެ. އެކަމަކު ޔުނިޓު 11 ގައި މައްސަލަތަކެއް ޖެހި އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރިޔަށް ދާކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: