ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ހޯދައިދިން މަސައްކަތްތެރިންގެ ހައްގަށް ހުރަސް އަޅަނީ މި ސަރުކާރުން: ހަސަން ލަތީފް

ހެންވޭރު ހުޅަންގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝިދު އެމަނިކުފާނުގެ ވެރިކަމުގައި ހޯދައިދިން މަސައްކަތްތެރިންގެ ހައްގުތަކަށް ހުރަސް އަޅަމުން ގެންދަނީ މި ސަރުކާރުންކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވިއެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތައް އުފެދިފައިވާއިރު، މިވަގުތު އޮތީ ސަރުކާރާއި އެއްކޮޅު އަދި ސަރުކާރާއި ދެކޮޅު ފެކްޝަނެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެ މައްސަލައިގައި ދަނީ ހޫނު ބަހުސްތަކެއް ކުރަމުންނެވެ.

މަޖިލީހަށް ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށައަޅުއްވާފައިވާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި، ސިއްހީ ރައްކާތެރިކަމުގެ ބިލާއި ގުޅޭ ގޮތުން ވާހަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ މަސައްކަތްތެރިންނަށް ލިބެންޖެހޭ ހައްގުތަކުގެ ވާހަކަ ޒަމާނުންސުރެ ދެކެވޭކަމަށެވެ. އަދި ހާއްސަކޮށް އެމްޑީޕީގެ ފުރަތަމަ ސަރުކާރު އައުމުގެ ކުރިން މަސައްކަތްތެރިންނަށް ލިބެންޖެހޭ ހައްގުތަކަށް އެމްޑީޕީން ވަރަށް ބޮޑަށް ވަކާލާތުކުރިކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަންގައި ބައިވެރިވެ، އެ މުއާހަދާގައި ހުރި ކަންކަމަށް ސަރުކާރުން އެއްބަސްވީކަމަށް ފާހަގަކުރައްވާ ހަސަން ލަތީފް ވިދާޅުވީ އެގޮތުގެ މަތިން ރައީސް ނަޝީދުގެ ސަރުކާރުގައި މަސައްކަތްތެރިންނަށް ލިބިދޭންޖެހޭ ހައްގުތަށް ކަށަވަރުކޮށްދިނުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއްކުރެއްވިކަމަށެވެ.

އޭރު އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަންގައި ބައިވެރިވުމުގެ މަސައްކަތްތައް ކުރިޔަށް ދިޔައިރު، އެ ޖަމިއްޔާއާއި ބައިވެރިވެއްޖެ ނަމަ ރާއްޖޭގައި މަސައްކަތްތެރިންގެ ހައްގުތައް ހަނިވެގެން ދާނެކަމުގެ ވާހަކަ  ދެކެވުނުކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި ވަޒީފާ ދޭ ފަރާތްތަކުގެ ހައްގުތަކަށް އިންތިހާއަށް ހުރަސް އެޅިގެންދާނެކަމަށްވެސް ބައެއް ފާރާތްތަކުން ބުނަމުންދިޔަކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އެހެން ނަމަވެސް ރައީސް ނަޝިދު އިސްވެ ހުންނަވާ އެ ޖަމިއްޔާގައި ބައިވެރިވުމުގެ ސަބަބުން ވަޒީފާ އަދާކުރާ ފަރާތްތަކަށް މިއަދު ވަނީ ވަރަށް ގިނަ ފުރުސަތުތަކެއް ލިބި ހައްގުތަކެއް ހަމާޔަތްކުރެވިއްޖެކަމަށެވެ. އަދި އޭގެ ދަށުން ހަދަންޖެހޭ ގާނޫނުތައް އޭރު ފެށިގެން ހަދަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި މިހާރު މަޖިލީހަށް ހުށައެޅިފައި މިވަނީވެސް ވަރަށް މުހިންމު ގާނޫނެއްކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މި ބިލުގައި ހުރީ ތަންފިޒްކުރަންޖެހޭ ކަންކަންކަމަށާއި، ނަމަވެސް މި ކަންކަން ތަންފިޒުނުވާކަން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން ރަށްރަށަށް ދަތުރު ކުރިއިރު އެނގިގެންދިޔަކަމަށް ވިދާޅުވިއެވެ. އަދި ކުންފުނިތަކުގެ މުވައްޒަފުންގެ އެންމެ ބޮޑު ޝަކުޥާއަކަށްވީ އިސްވެރިން ވަކި ގޮތަކަށް ކަންކަން ކުރަން އަންގަމުންދިއުންކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އެއީ ވަޒީފާއާއި ގުޅުން ހުރި ކަންކަން ނޫންކަމަށްވެސް ވިދާޅުވިއެވެ. އަދި މަސައްކަތްތެރިންނަށް ލިބިފައިވާ ހައްގުތަކަށް ހުރަސްއަޅާކަމުގެ ޝަކުވާވެސް އިވުންކަމަށާއި، އެމީހުން ބޭނުންވާ ވަކި ސިޔާސީ ފިކުރަކަށް ތާއިދުކުރުމުން ހައްގުތަކަށް ހުރަސްއަޅާކަމަށް ވިދާޅުުވިއެވެ.

އޭގެ ތެރޭގައި ވަޒީފާގެ ކުރިއެރުމަށް ހުރަސް އަޅާފައި އޮތް. ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކޮށްލަން ބުނާކަން އަދި އޭނާ ކުރަމުން ދިޔަ މަސައްކަތް އެހެން މީހަކަށް ބަދަލުކޮށް، އޭނާއަށް ކަމެއް ހަވާލުނުކޮށް އެތާގައި ބައިންދާފައި އިނޭ.

ހަސަން ލަތީފް ވިދާޅުވަނީ ކަންބޮޑުވަނީ ފާޅުކަން ބޮޑުގޮތެއްގައި މިކަންކަން ކުރަމުންދާތީކަމަށެވެ. ސަރުކާރުގެ ހިއްސާ އޮންނަ، ސަރުކާރު ކުންފުނިތަކުގެ ތެރޭގައި މިފަދަ ކަންކަން ހިގައިގެންނުވާނެކަމަށް ފާހަގަކުރައްވާ ހަސަން ލަތީފް ވިދާޅުވީ، އެއީ މިހާރު ހުށައެޅިފައި އޮތް ގާނޫނުގެ ތެރެއިން ނަމަވެސް، އެހެން ގާނޫނެއް ގެނައިސްގެން ނަމަވެސް ހުއްޓުވެން ޖެހޭނެ ކަންކަންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: