ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަމާނީ ވަސީލަތްތަކާއިއެކު ވިޔަފާރީގެ ގިނަ ޙިދުމަތްތަކެއް ހުޅުމާލޭގައި ދިނުމަށް ގިނަ މަސައްކަތްތަކެއްދަނީ ކުރެވެމުން: އެޗްޑީސީ

ހުޅުމާލޭގެ ފޭސް 2 ގައި ތަރައްގީ ކުރާ އިމާރާތެއް / ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ފޭސް 2 ގައި ގިނަ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކެއް ނިމި އަލަށް އާބާދު ވަމުން އަންނަ އިރު، ހުޅުމާލޭގައި ލިބެން ހުންނަ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ގިނަ ޙިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެޗް.ޑީ.ސީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ.

ވިޔަފާރީ ވެރިންނަށް ހުރި ފުރުޞަތުތައް އިތުރުކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރުތަކަށް ޙާއްސަ އިސްކަމެއް ދީގެން ގިނަ ކޮމޭޝަލް ޔުނިޓްތަކާއި އިމާރާތްތައް އެޅުމަށް މިހާރު ހަވާލު ކުރެވި މަސައްކަތްތައް ކުރިއަށްދާ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

މިގޮތުން، އަލަށް އިމާރާތް ކުރެވެމުންދާ ހައުސިންގ މަޝްރޫޢުތަކުގެ ކޮމެޝަލް ޔުނިޓްތައް އެކި ކަހަލަ ވިޔަފާރިތައް ހިމެނިގެން އިޢުލާން ކުރެވި މިހާރު ޔުނިޓުތަކުގައި ޙިދުމަތްތައް ވެސް ދަނީ ދެމުންނެވެ.

މީގެ އިތުރުން، މިހާރު ހުޅުމާލޭގައި ލިބެން ހުރި ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ޙިދުމަތްތައް ޤާއިމު ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި އަލަށް ޤާއިމު ކުރާ 2 ޕެޓްރޯލް ޝެޑަކީވެސް ޒަމާނީ ޙިދުމަތްތައް، މިގޮތުން ކާރު އަދި ސައިކަލް ދޮވެ، ކުދި ރިޕެއަރ ކުރެވޭނެ ގޮތަށް ފަރުމާކޮށް ހަވާލު ކުރެވިފައިވާ 2 މަސައްކަތެވެ.

މީގެ ތެރެއިން، ހޯކްސް ޕްރައިވެޓް ލިމިޓަޑާއި ހަވާލުކުރެވުނު ޝެޑުން މިހާރު ވެސް ގިނަ ބަޔަކު ދަނީ ޙިދުމަތް ހޯދަމުން ކަމަށް އެޗްޑީސީ އިން ބުނެފައިވެއެވެ.

ކެފޭ، ނުވަތަ ރެސްޓޯރަންޓުތަކަކީ އަބަދުވެސް އާއްމުންގެ މެދުގައި މަޤުބޫލު ވިޔަފާރިތަކެވެ.

ހުޅުމާލޭގައި ހުންނަ ކެފޭ އަދި ރެސްޓޯރަންޓުތަކަށް ހުރި ފުރުސަތުތައް އިތުރުކޮށް، މިފަދަ ތަންތަނަކީ އާއިލާތަކާއި ކުޑަ ކުދިންނަށް ހިތްފަސޭހަ ބޭނުން ކުރަން ފަސޭހަ ތަންތަނަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ވޯޓަރ ފްރަންޓް ކޮމެޝަލް ކޮމްޕްލެކްސް ފާހަގަކޮށްލެވެއެވެ. މި އިމާރާތުގައި ގިނަ ފްރެންޗައިސްތަކަކުން ޙިދުމަތް މިހާރު ދެމުންދާއިރު، އިވެންޓް ފަދަ ހަފުލާ ބޭއްވުމަށް ކުޑަ ހޯލެއް ވެސް ހުރެއެވެ.

ހަމަ މިގޮތަށް ކެފޭ ކޯޓެއް ޤާއިމު ކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރެވެމުންނެވެ. މި ކެފޭ ކޯޓުގައި 6 ރެސްޓޯރަންޓް ހުންނަ އިރު، ޓެރަސް އަދި އިވެންޓް ސްޕޭސްގެ އިތުރުން ސްވިމިންގ ޕޫލެއް ހިމެނެއެވެ. މީގެ އިތުރުން، ތަފާތު ޙިދުމަތްތައް އިތުރުކުރުމަށް ފިޓްނަސް އެންޑް ވެލްނަސް ސެންޓަރެއް ޤާއިމު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެމް.ޓީ.ޑީ އަދި ގްލަޓާއި ހަވާލުކޮށްގެން އިމާރާތް ކުރާ ސެންޓަރުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

އެޗް.ޑީ.ސީގެ މަސައްކަތްތައް ބައްޓަން ކުރެވިފައި ވަނީ ހުޅުމާލެ އަކީ ޒަމާނީ އަދި ހުރިހާ ޙިދުމަތްތަކެއް ވެސް ފަސޭހަ ކަމާއި އެކު ލިބިގެންދާނެ ރަށަކަށް ހެދުމެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތަކަށް ބޭނުންވާނެ ގިނަ ޙިދުމަތްތަކެއް ލިބިގެންދާނެ ގޮތަށް ޕްލޭން ކުރެވި ފުރިހަމަ ރަށަކަށް ހެދުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: