ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައުމޫނު ދައުރާއި އެއްކޮށް 67 ބިލިއަންގެ ދަރަނި، މި ދައުރުގައި އެކަނި 47 ބިލިއަން: އީވާ

މެންބަރު އީވާ އަބްދުﷲ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދައުރާއިއެކު ވޭތުވެދިޔަ ދައުރުތަކުގެ ދަރަނިތައް އެއްކުރުމުން އަރަނީ 67 ބިލިއަން ކަމަށާއި އެހެންނަމަވެސް މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަންޏަށް 47 ބިލިއަން އިތުރުވެފައިވާކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ދައުލަތުގެ ދަރަންޏާއިމެދު ވާހަކަދައްކަވަމުން އީވާ ވިދާޅުވީ، 2023 ވަނަ އަހަރު ނިމިގެންދާއިރު ދައުލަތުގެ ޖުމްލަ ދަރަނި ހުންނާނީ 113 ބިލިއަނަށް އަރާފައިކަމަށެވެ. އީވާ ވިދާޅުވީ، 2018 ވަނަ އަހަރާއި ހަމައަށް ސޮވަރެއިން ގެރެންޓީއާއެކު  ދައުލަތުގެ ދަރަނި ހުރީ 67 ބިލިއަންގައިކަމަށެވެ. އަދި އެއީ ރައީސް މައުމޫނުގެ ދައުރާއިވެސް އެއްކޮށް ޖުމުލަ ދަރަނިކަމަށް ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، މި ދައުރުގައި އެ ދަރަނީގެ ތެރެއަށް 47 ބިލިއަން އިތުރުވެފައިވާކަމަށެވެ. އީވާ ވިދާޅުވީ، 2023 ވަނަ އަހަރުގެ ބަޖެޓުގައި ލޯނު އަނބުރާ ދެއްކުމަށް ހިމަނާފައިވާކަމަށެވެ. އަދި އެއީ ފަސް ބިލިއަނަށްވުރެ އިތުރު އަދަދެއް ކަމަށާއި 2024 ވަނަ އަހަރު 8 ބިލިއަން އަދި 2025 ވަނަ އަހަރު 11 ބިލިއަން ދައްކަން ޖެހޭއިރު، 2026 ވަނަ އަހަރުގައި ލޯނު ދެއްކުމަށްޓަކައި ދައުލަތުގެ ބަޖެޓުން 18 ބިލިއަން ހަރަދު ކުރަން ޖެހޭނެކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ގިނަ އަދަދެއްގެ ފައިސާ ހަރަދު ކުރަންޖެހެނީ ދަރަނި އަނބުރާ ދެއްކުމަށްކަމަށެވެ. އޭނާ ވިދާޅުވީ، ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ލަފާ ދެއްވަނީ އެ އަނބުރާ ދެއްކުން ފަސް ކުރައްވަން ބޭނުންވެވަޑައިގަންނަވާތީ ނޫންކަމަށެވެ. އެހެންނަމަވެސް އެގޮތަށް ކަންކަން ކުރައްވަން ވިދާޅުވަނީ، އެ ގޮތުގެ މަތިން ކަން ކަން ކުރެއްވުމުން ފައިދާތަކެއް ލިބިގެންދާނެތީކަމަށް ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ރީސްޓްރަކްޗަރ ކުރުމަށް ލަފާ ދެއްވަނީ ދައުލަތުގެ މާލިއްޔަތާއި ރައްޔިތުންގެ ޖީބަށްވެސް ލުއި ފަސޭހަ ގޮތެއް ދެނެގަތުމަށް ޖާގަ ހޯއްދެވުމަށްކަމަށެވެ.

އީވާ ވިދާޅުވީ، ނަގާފައިވާ ދަރަނީގެ ބޮޑު އަދަދެއް ހޭދަކޮށްފައިވަނީ ސަރުކާރުގެ ކަންކަން ކުރުމަށް ކަމަށެވެ. އެހެންނަމަވެސް އެ ދަރަނިތައް އަނބުރާ ދެއްކުމުގެ ޒިންމާތައް އެޅިގެންދަނީ ދިވެހި ރައްޔިތުންގެ ބޮލުގައިކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެހެންކަމުން ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ލަފާ ދެއްވަނީ ދިވެހި ރައްޔިތުންނާއި މާލިއްޔަތަށްވެސް ނޭވާ ލާނެ ޖާގަ ފަހިކުރުމުގެ ގޮތުންކަމަށް ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ދަރަނި ރީސްޓްރަކްޗަރ ކުރުމަކީ ”މި ހާލަތަށް އައިސްފައިވާ “ ގައުމުތަކުން ކުރާ ކަމެއް ކަމަށެވެ. އަދި އެއީ ބައިނަލްއަގުވާމީ މާލީ ވަސީލަތެއްކަމަށާއި ބާބަޑޮސް އާއި ޑޮމިނިކަން ރިޕަބްލިކްގެ އިތުރުން މެކްސިކޯ ފަދަ ގައުމުތަކުގައިވެސް ބަނގުރޫޓުވުމާއި ގާތް ވުމުން ނުވަތަ ޑީފޯލްޓުވުމާއި އެކު، ދަރަނި ރީސްޓްރަކްޗާ ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މައުމޫނު ނުލާ އެއްކަމެއްވެސް ނުވާނެދޯ؟މައުމޫނުވަރުގެ ވެރިޔަކު ނާދޭ. ޥެރިކަމުގެ ދަހިވެތިކަމުގަ މިހާރު ގައުމު ދޮވެލަނީ.ފެނަކަ،އެސްޓިއޯ،އެމްޓީސީސީގެ ހާލަތު ބަލާލީމަ އިނގޭނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: