ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑަބްލިޔުއެސްސީ އިން ލެބް އިކުއިޕްމަންޓް ކެލިބްރޭޝަން ހިދުމަތް ތައާރަފްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބް ލިޔުއެސްސީ) ގެ ލެބޯޓްރީއިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމުގެ ގޮތުން، އައު ހިދުމަތެއްގެ ގޮތުގައި ލެބް އިކުއިޕްމަންޓް ކެލިބްރޭޝަންގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައިދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ހަސަންއެވެ.

ލެބް އިކުއިޕްމަންޓް ކެލިބަރޭޝަން ފައްޓުމުގެ ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑައިރެކްޓަރު ހަސަން ޝާހު ވިދާޅުވީ އަލަށް ތައާރަފްކުރެވިގެންދިޔަ ލެބޯޓްރީ އިކުއިޕްމަންޓް ކެލިބްރޭޓިންގ ގެ ހިދުމަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޔުޓިލިޓީ ހިދުމަތް ދެމުންދާ ކުންފުނިތަކުން، ފޯރުކޮށްދޭ ފެނާއި ނަރުދަމާ ހިދުމަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިއްމު ހިދުމަތެއް ކަމުގައެވެ. އަދި އެ ހިދުމަތުގެ ސަބަބުން ބައިނަލްއަގްވާމީ ގޮތުން ލެބް އިކުއިޕްމަންޓްތަކުގައި ކޮންމެހެން ހުރުން ލާޒިމްކުރާ މިންގަނޑުތަކާއި އެއްގޮތަށް އިކުއިޕްމަންޓްތައް ދަމަހައްޓައި އެ އިކުއިޕްމަންޓްތައް މެދުވެރިކޮށް ހަދާ ޓެސްޓްތަކުން ލިބޭ ނަތީޖާއާއި މެދުގައި އޮންނަ ޔަގީންކަން އިތުރުވެގެންދާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި އަލަށް ތައާރަފްކުރެވުނު ލެބޯޓްރީ އިކުއިޕްމަންޓް ކެލިބްރޭޓިންގ، އެމްޑަބްލިޔުއެސްސީގެ ފަރާތުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެކަމުގެ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ސަައްތައިން ސައްތަ ދިވެހި މުވައްޒަފުން މެދުވެރިކޮށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ލެބޯޓްރޯ އިކުއިޕްމަންޓް ކެލިބްރޭޓިންގ ގެ ހިދުމަތް، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން އެ ހިދުމަތް ފޯރުކޮށްދޭ އިކުއިޕްމަންޓްތަކާއި ޕެރެމީޓާރސްތަކުގެ ތެރެއިން ކަސްޓަމަރު ބޭނުންވާގޮތަށް ޕެކޭޖް ތައްޔާރުކުރެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފައެވެ.

އަދި އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ގެންގޮސްގެން ލެބް އިކުއިޕްމަންޓް ކެލިބްރޭޝަންގެ ހިދުމަތް ލިބޭނެ ގޮތް ވުމަކީ ކަސްޓަމަރުންނަށް ލިބޭ ވަރަށް ބޮޑު ލުއިފަސޭހައެއްކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ލެބް އިކުއިޕްމަންޓް ކެލިބްރޭޝަންގެ ހިދުމަތަށް އެދިލެއްވުމަށް އެމްޑަބްލިޔުއެސްސީގެ ޝޯރޫމަށް ޒިޔާރަތްކުރައްވައިގެން ނުވަތަ ކުންފުނީގެ ހޮޓްލައިން 7960022 އަށް ގުޅުއްވައިގެން ކުރިއަށްގެންދިއުމަށް އެކުންފުނިން އެދެއެވެ.

މީގެ އިތުރުން ލެބް އިކުއިޕްމަންޓް ކެލިބަރޭޝަންގެ ހިދުމަތާއިބެހޭ އިތުރު މައުލޫމާތު sales@mwsc.com.mv އަށް ހިއްސާ ކުރުމަށް އެމްޑަބްލިޔުއެސްސީން ވަނީ އެދިފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: