ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަށިވިއްކުމުގެ ތުހުމަތުގައި ހަތަރު މީހުން ހައްޔަރުކޮށްފި

ފޮޓޯ.. ސަންގު ( ސީޕީ ހަމީދު ފުލުހުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަށިވިއްކާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ރޯޅި ގެސްޓް ހައުސް ބަލާފާސްކޮށް ހަތުރު މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ބިދޭސީ ފިރިހެނެއްގެ އިތުރުން 31 އަހަރުގެ ބިދޭސީ އަންހެނަކާއި 36 އަހަރުގެ ބިދޭސީ އަންހެނެއް ކަމަށެވެ.

ފުލުހުން ބުނީ ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެންމީހާ އާއި ބިދޭސީ އަންހެނަކު ހައްޔަރުކޮށްފައިވަނީ ޖިންސީ ގުޅުން ހިއްކަމުން ދަނިކޮށް ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ފަހަކަށް އައިސް މާލޭގައި މަސާޖްޕާލާ ތަކާއި ގެސްޓް ހައުސްތަކުގައި ބަދު އަހްލާގީ އަމަލްތައް ކުރުން އާއްމުވެފައިވާތީ ފުލުހުންދަނީ އެފަދަ ތަންތަން ބަލާފާސްކުރަމުންނެވެ. އަދި ސްޕާ ހިންގުމުގެ އުސޫލު ހަރުދަނާ ކޮށް އިކޮނޮމިކް މިނިސްޓްރީން ވަނީ ސްޕާތައް ހިންގޭނީ ރަޖިސްޓްރީ ކޮށްގެން ކަމަށް ބުނެފައެވެ. އެގޮތުން  ސްޕާތައް ހުންނަންވީ މިންގަނޑާއި އެފަދަ ތަނަކުން ދެވޭނެ ހިދުމަތްތައް ތަފްސީލްކޮށްދީފައިވާ  އައުމާ އެކު ސްޕާގެ ގޮތުގައި މިހާރު ހިންގަމުންދާ ހުރިހާ ތަނެއް އަލުން ރަޖިސްޓްރީކުރަންޖެހެ އެވެ.

މިވަގުތު ސްޕާގެ ގޮތުގައި ރަޖިސްޓްރީ ނުކޮށް ހިންގަމުން ގެންދާ ތަންތަން ރަޖިސްޓްރީ ކުރުމަށް 90 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ސްޕާތަކާއި ބެހޭ ގޮތުން އެކުލަވާލާފައިވާ ގަވާއިދުގައިވާ ގޮތުން ގަވާއިދުގައި ބުނާ މިންގަނޑާ ހިލާފަށް އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ސްޕާ އިޝްތިހާރު ކުރުމަކީ މަނާ ކަމެކެވެ.

ސްޕާ އިޝްތިހާރު ކުރާއިރު އެއްވެސް މީހެއްގެ ފޮޓޯ އާއި ވީޑިއޯ ސްޕާ ހިންގާ ފަރާތަށް ވެސް އަދި އެތަނުގައި މަސައްކަތް ކުރާ މީހަކަށްވެސް ބޭނުމެއް ނުކުރެވޭނެ އެވެ.

ސްޕާ އިޝްތިހާރު ކުރާނަމަ އެކަން ކުރެވޭނީވެސް އާންމު އިޖުތިމާއި މިންގަނޑަށް ފެތޭ ބަސްމަގާއި އަޑާއި އިޝާރާތް ބޭނުންކޮށްގެންނެވެ.

ސްޕާގެ ހިދުމަތްދޭ ތަންތަނުގައި ބަދުއަހްލާގީ އަމަލު ހިންގުން އާންމުވެފައިވާއިރު މިގަވައިދުގައިވަނީ ސްޕާތަކުގައި ބަދުއަހްލާގީ އަމަލު ހިންގުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާފަ އެވެ.

ގަވައިދާ ހިލާފަށް އަމަލުކޮށްފިނަމަ 10،000 ރުފިޔާ އިން ޖޫރިމަނާކުރެވޭއިރު ރަޖިސްޓްރީ ނުކޮށް ސްޕާއެއް ހިންގައިފިނަމަ އެތަނެއް 10،000 ރުފިޔާ އިން ޖޫރިމަނާކޮށް ވަގުތުން ތަން ބަންދުކުރުމުގެ ބާރު ކަމާ ގުޅޭ އިދާރާތަކަށް މިގަވައިދުގައި ދީފައިވެ އެވެ.

މިގަވައިދުގެ ދަށުން އިސްލާހުކުރަން އަންގާ ކަންކަން އިސްލާހުކުރުމަށް އެންގުމުން އެފަދަ ކަންކަމަށް އަމަލުނުކުރާ ފަރާތްތަކާއި ތަކުރާރުކޮށް ގަވައިދާ ހިލާފުވާ ފަރާތްތައް 6،000-8،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށްވެސް  ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: