ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާއަކީ ފައިސަލް ނަސީމްކަމުގައި ކަނޑައަޅައިދިނުމަށް ސްޕްރީމް ކޯޓަށް ހުށައެޅިން: ސިއްދީގު

ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަހުމަދު ސިއްދީގު/ ފޮޓޯ:- ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާކަމުގެ މަގާމުގައި ހުންނެވީ ކާކުކަން ކަށަވަރުކުރުމަށްޓަކައި އާއި، ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާއަކީ ފައިސަލް ނަސީމްކަމުގައި ކަނޑައަޅައިދިނުމަށް އެދި ސްޕްރީމް ކޯޓަށް މައްސަލައެއް ހުށައެ ޅިންކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރ އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ސިއްދީގު ސުވާލުއުފެއްދެވީ ރާއްޖޭގެ ރައީސްކަމުގެ މަގާމުގައި ހުންނެވީ ކޮން ބޭފުޅެއްތޯއެވެ. އަދި ވިދާޅުވީ ގާނޫނީ ގޮތުން ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާއަކީ، ނައިބު ރައީސް ފައިސަލް ނަސީމްކަމަށެވެ. އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެއީ މާޒީކަމަށް ސިއްދީގު ވިދާޅުވިއެވެ.

25 ފެބުރުއަރީ 2022 ވަނަ ދުވަހުގެ ރޭ ފަތިހު 5:50 ފެށިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާއަކީ ފައިސަލް ނަސީމްކަމަށް ސިއްދީގު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ގާނޫނު އަސާސީ ބުނާ ގޮތުން ރައީސުލްޖުމްހުރިއްޔާކަމުގެ މަގާމާއި މީހަކު ހަވާލުވެއްޖެނަމަ ކެބިނެޓެއް އެކުލަވާލުން އެމީހެއްގެ މައްޗަށް ލާޒިމްވާނެކަމަށް ފާހަގަކުރައްވާ ސިއްދީގު ވިދާޅުވީ، އަދި އިންތިހާބެއްގައިނަމަ އެމީހަކުގެ ނައިބު ރައީސްއަކު ރައީސުލްޖުމްހުރިއްޔާއާއިއެކު އެއް ކަރުދާހެއްގައި ނަން އޮންނާނެކަމަސެވެ. އަދި ރައީސުލްޖުމްހުރިއްޔާއަށް ދެވޭ ކޮންމެ ވޯޓަކީ ނައިބު ރައީސްއަށްވެސް ލިބޭ ވޯޓެއްކަމަށް ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ހާލަތު ބަދަލުވުމުން، ހުވާކުރަން ނުޖެހޭ ހާލަތެއްގައި ހުވާކުރުމުގެ ސަބަބުން ގައުމުގެ މިހާރުގެ ރައީސުލްޖުމްހުރިއްޔާ އަކީ ފައިސަލް ނަސީމްކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 26 ވަނަ މާއްދާ މާނަކުރުމުގައި ރާއްޖޭގެ ދެ މުއައްސަސާއަކަށް އޮޅުން އަރާފައިވާކަމަށާއި، އަދި އެއީ ސުޕްރީމް ކޯޓާއި، ރައްޔިތުންގެ މަޖިލީސްކަމަށް ވިދާޅުވިއެވެ. މި ދެ މުއައްސަސާއަށް ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ގާނޫނު އަސާސީ ވަރަށް ބޮޑަށް އޮޅިފައިވާކަން ތަކުރާރުކުރައްވާ ސިއްދީގު ފާހަގަކުރެއްވިއެވެ. އަދި އޭނާ ވިދާޅުވީ މިހާރު ރައީސް ސާލިހު ރައީސުލްޖުމްހުރިއްޔާކަމުގެ މަގާމުގައި ހުންނެވީ ގާނޫނާއި ހިލާފަށްކަމަށެވެ. އަދި އެމަނިކުފާނަށް ވެރިކަންކުރެވިފައިވަނީ 3 އަހަރާއި 3 މަސް ދުވަހާއި 8 ދުވަހަށްކަމަށް ވިދާޅުވިއެވެ.

25 ފެބުރުއަރީ 2022 އިން ފެށިގެން ރައީސް ސާލިހު ވެރިއެއްގެ ހައިސިއްޔަތު ސޮއިކުރެއްވި އެއްވެސް އެއްބަސްވުމެއްވެސް، ގަރާރެއް އަދި ނުވަތަ އެހެން އެއްޗެއްވެސް ގާނޫނީ ގޮތުން ބަލައިގަންނަންނުޖެހޭނެކަމަސް ސިއްދީގު ވިދާޅުވިއެވެ. އެގޮތުން ގާނޫނެއް ތަސްދީގުކުރެއްވުމަށްޓަކައި ރައީސް ސާލިހު ސޮއިކުރައްވާފައިވީ ނަމަވެސް އެ ގާނޫނަކީ ދުސްތޫރީ ގޮތުން ގާނޫނެއްކަމަށް ބެލެވިގެންނުވާނެކަމަށާއި، އަދި އެދުވަހަށްފަހު ބޭރުގެ ގައުމުތަކާއިއެކީ ހަދާފައިވާ އެގްރީމެންޓަތަކަކީވެސް ގާނޫނީ ގޮތުން ބާތިލް އެގްރީމެންޓްތަކެއްކަމަށް ސިއްދީގު ވިދާޅުވިއެވެ.

ފައިސަލް ނަސީމަށް ރައީސުލްޖުމްހުރިއްޔާގެ ނަމުން މުހާތަބުކުރައްވާ ސިއްދީގު ވިދާޅުވީ، ފައިސަލްއަކީ ރައީސުލްޖުމްހުރިއްޔާކަމަށްވީއިރު، އޭނާގެ މަގާމުގެ ނޫފޫޒާއި ބާރު ބޭނުންކުރައްވައިގެން ރައީސް ސާލިހަށް އެމަނިކުފާނު ބޭނުންގޮތަކަށް ކަންތައްތައް ކުރުމުގެ ފުރުސަތުދެއްވައިގެން ހުރުމަކީ އެއީ މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުންކަމަށެވެ. އަދި އެއީ ފައިސަލް ނަސީމް ހިންގާ ޖަރީމާއެއްކަމަށް ވިދާޅުވިއެވެ. މި މައްސަލައިގައި ތަހުގީގެއް ހިންގައިފިނަމަ ފައިސަލް ނަސީމް ކުށްވެރިވާނެކަމަށްވެސް ސިއްދީގު ވިދާޅުވިއެވެ.

މިކަންކަން ހިނގައިދިގޮތް ވަރަށް ކައިރިން ބެއްލެވިންކަމަށާއި، އެގޮތުން ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާއަކީ ކާކުތޯ ކަށަވަރުކުރުމަށްޓަކައި އޭނާ ސްޕުރީމް ކޯޓަށް މައްސަލައެއް ހުށައެޅުއްވިންކަމަށް ސިއްދީގު ވިދާޅުވިއެވެ. އަދި އެ މައްސަލައިގައި ރައިސް ސާލިހަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ނޫންކަމަށް ކަނޑައަޅައިދެއްވުމަށާއި، ފައިސަލް ނަސީމަކީ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާކަމުގައި ކަނޑައެޅުމަށްވެސް އެދުނިންކަމަށް ސިއްދީގު ވިދާޅުވިއެވެ. އެ ހުށައެޅުއްވުމުގައި އިސްލާހުކުރަންޖެހޭ ކަންކަން އެބަހުރިކަމަށް ސްޕްރީމު ކޯޓުން ބުނުމުން އިސްލާހުކުރުމަށްފަހު ހަމަ އެދުވަހު އަބުރާ ފޮނުވާފައިވާނެކަމަށް ސިއްދީގު ވިދާޅުވިއެވެ.

އިބްރާހީމް މުހައްމަދު ސާލިހަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ނޫންކަމަށް ކަނޑައަޅައިދިނުމަށާއި، ފައިސަލް ނަސީމަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާކަމުގައި ކަނޑައަޅައިދިނުމަށް މައްސަލަ ހުށައެޅުމުން….. 23 މާރިޗް 2022 ވީ ބުދަ ދުވަހުގެ ހެދުނު 11:19 ވަނަ މިނިޓުގައި އަޅުގަނޑު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅިން.

ސިއްދީގު ވިދާޅުވިއެވެ.

ސްޕްރީމް ކޯޓުން މި މައްސަލަ ބޭރުކޮށްލި ނަމަވެސް، މިއީ ސްޕްރީމް ކޯޓުގެ އަސްލީ އިހުތިސާސް ލިބިގެންވާ މައްސަލައެއްކަމުން އެހެން ކޯޓަކަށް ހުށަނާޅުއްވަންކަމަށް ފާހަގަކުރައްވާ ސިއްދީގު ވިދާޅުވީ، ދިވެހިރާއްޖޭގައި އަދުލުވެރިކަން ނެތްކަމަށެވެ. އަދި ގައުމު އޮތީ ދުސްތޫރީ ހުސްކަމެއްގެ ތެރޭގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ. ގައުމުގެ ރައީސުލްޖުމްހުރިއްޔާއަކީ ކާކުކަން ނޭނގޭ ހިސާބަށް ކަންކަން ދިއުމުން އާންމު މަސްލަހަތު އޮންނާނެތޯ އޭނާ ސުވާލުކުރެއްވިއެވެ. ގާނޫނު އަސާސީ އާއި ހިލާފަށް ރައީސް ސާލިހު ގައުމުގެ ރައުސުލްމާލު ބޭނުންކުރަން ފުރުސަތުދީގެން އިދިކޮޅުން ނުތިބޭނެކަމަށް ސިއްދީގު ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ފައްކާމަރުދުރެއް. ބަލަ ކަލޭގެ ހިޔާލަށް އަންނަ ކޮންމެ ގޮތަކީވާންޖެހޭ ގޮތެއްނޫން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: