ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރަކީ ހެކި ފޮރުވާ، ކަންތައް އޮޅުވާލާ ސަރުކާރެއް: ސިއްދީގު

ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަހުމަދު ސިއްދީގު/ ފޮޓޯ:- ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ހެކި ފޮރުވާ ސަރުކާރެއް ކަމަށާއި، ކަންތައް އޮޅުވާލާ ސަރުކާރެއް ކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބަކި އޮޅުވާލުނަތަކެއް ގިނަ އިންތިހާބެއް ކަމަށް ވިދާޅުވަމުން ސިއްދީގު ވަނީ ސަރުކާރުގެ ނަގާބިލު ކަމަށް ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައެވެ.

ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަދައްކަމުން އޭނާ ވިދާޅުވީ މިހާރު ވެރިކަމާއި ހަވާލުވެ އޮތް ސަރުކާރަކީ އޮޅުވާލުން ބޮޑު ސަރުކާރެއް ކަމަށެވެ. އެކަން އެނގިގެން ދަނީ އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިހާބުން ކަމަށް ސިއްދީސު ވިދާޅުވިއެވެ. އަދި މިހާރުވެސް ފެންނަމުންދަނީ އެކި އިދާރާތަކާއި ގުޅިގެން ސަރުކާރުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ތަންކަމަށްވެސް ސިއްދީގު ވިދާޅުވިއެވެ.

މިފަދައިން ބުނަން ޖެހޭ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވަނީ 2018 ވަނަ އަހަރުގެ އިންތިހާބުގެ ތެރޭގައި ހިނގައި ދިޔަ ކަންތައްތަކެވެ. އިންތިޚާބުގެގެ ތަންކޮޅެއް ކުރިން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވާ ރައީސް ސޯލިހު ވެސް ވަނީ 2018 ވަނަ އަހަރުގެ އިންތިހާބަކީ ސައްހަ އިންތިހާބެއް ނޫން ކަމަށް ވިދާޅުވެފައިކަމަށް ސިއްދީގު ވިދާޅުވިއެވެ. ސިއްދީގު ވިދާޅުވި ގޮތުގައި ރައީސް މިފަދައިން ފާހަގަކުރަން ޖެހޭ ހަމައެކަނި ސަބަބަކީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމުގެ ބީރު ހީވެފައި އޮތުމެވެ. އެހެންނަމަވެސް އެއަށްފަހު އިންތިހާބުގެ ތެރެއިން އާދަޔާ ހިލާފު ބޮޑެތި އޮޅުވާލުންތަކެއް އިލެކްޝަންސް ކޮމިޝަނާއި ގުޅިގެން ރައީސް ސޯލިހުގެ ޓީމުން ހަދާފައިވާކަމަށް ސިއްދީގު ވިދާޅުވިއެވެ.

އިންތިހާބުގެ ނަތީޖާއާއި އެހެނިހެންވެސް ގުޅޭ ކަންކަން ހާމަވުމާއެކު ޕީޕީއެމްގެ ޓީމުން އެކަންތައް “ވެރިފައި” ކުރުމުން ހަގީގަތް އެނގިގެން ދިޔަ ކަމަށް ސިއްދީގު ފާހަގަކުރެއްވިއެވެ. އެގޮތުން ސިއްދީގު ވަނީ މިކަންކަމުން ހާމަވެގެންދިޔައީ އިންތިހާބެއްގެ ތެރޭގައި ކުރެވޭނެ އެންމެ ހަގީގަތާއި ހިލާފު ކަންތައް ކުރެވުނީ 2018 ވަނަ އަހަރުގެ އިންތިހާބުގެ ތެރޭގައި ކަމަށް ވިދާޅުވެފައެވެ.

ސިއްދީގު ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ތާރީހުގައިވެސް އެންމެ މަކަރާއި ހީލަތް ހަދައި، ރައްޔިތުންނަށް އޮޅުވާލާފައިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައެވެ. މިކަން އިދިކޮޅު ޕާޓީ ކަމަށްވާ ޕީޕީއެމްއަށް ފާހަގަކުރެވުމާއި އެކު ކޯޓަށް މައްސަލަ ހުށައަޅައި މައްސަލައިގައި ހުކުމް އިއްވާފައިވަނީ ކޯޓުން މިފަދަ ކަމެއް ނުފެންނަ ކަމަށް ނިންމާފައިވާއިރު އަލުން އިންތިހާބުގެ މައްސަލަ ކޯޓަށް ހުށައެޅުމަށް އިދިކޮޅުން ވަނީ މަސައްކަތް ފަށާފައެވެ. މިކަމަށް އިޝާރާތްކުރައްވާ ސިއްދީގު ވިދާޅުވީ މިކަމަކީ ރައްޔިތުންގެ ހައްގުތަކާއި ގުޅުން ހުރި ކަމަކަށް ވުމުން، ހަގީގަތާއި ހަމައަށް ދެވެން ދެން ޕީޕީއެމްގެ މަސައްކަތް ނުހުއްޓޭނެ ކަމަށެވެ.

“މި އިންތިހާބަކީ ރާއްޖޭގެ ތާރިހުގައިވެސް އެންމެ ހަގީގަތާއި ހިލާފަށް ނަތީޖާ އިއްވާފައިވާ އިންތިހާބު. އެންމެ މަކަރާއި ހީލަތް ހަދާފައި އޮތީވެސް މި އިންތިހާބުގައި” ސިއްދީގު

ސިއްދީގު ވިދާޅުވީ ރައްޔިތުންގެ އެތައް ބައިވަރު ހައްގުތަކެއް އިންތިހާބުގެ ސަބަބުން ގެއްލުނުކަމަށެވެ. އަދި ރައްޔިތުންނަށް މަންފާ ލިބޭ ފަދަ ސަރުކާރެއް އޮއްވާ، އެސަރުކާރުގެ ހުރިހާ ބާރެއް ނަގައި ރައްޔިތުން ބިކަ ހާލުގައި ޖެއްސީ މިސަރުކާރުން ކަމަށްވެސް ވިދާޅުވިއެވެ. ރާއްޖޭގެ ރައްޔިތުންނަށް އައި ބަދަލަކީ ތަނަވަސް ކަންމަތީ ތިބެފައި ފަގީރުކަމަށް ވެއްޓިގެން ދިޔުން ކަމަށް ސިއްދީގު ވަނީ ފާހަގަކުރައްވާފައެވެ.

އިދިކޮޅުން ދަނީ ސަރުކާރަކީ ޑޮކިއުމެންޓް ނައްތާލާ ސަރުކާރެއް ކަމަށް ގޮވާލަމުންނެވެ. އަދި ސަރުކާރަކީ ހެކި ފޮރުވާ ރައްޔިތުންނަށް އޮޅުވާލައިގެން ކަންތައް ކުރާ ސަރުކަރެއް ކަމުގައިވެސް އިދިކޮޅުން ދަނީ ގޮވާލަމުންނެވެ. މިކަމުގެ ހެއްކެއްގެ ގޮތުގައި ކުރީގެ ރައީސް ޔާމީން ގެ އެކައުންޓްތަކާއި ގުޅުން ހުރި ބަޔާނެއް ފުލުހުންގެ އިދާރާއިން އާއްމުކޮށްފައިވީ ނަމަވެސް މިއަދު އެބަޔާން އެއްވެސް ދިމާލަކުން ފެންނަން ނެތް ކަމަށް ސިއްދީގު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އިންތިހާބުގެ ވޯޓު ކަރުދާސްތައް އަންދާލާފައިވާ އިރު، މިއީ ވެސް ގާނޫނާއި ހިލާފަށް ކޮށްފައިވާ ކަމެއްކަން ސާބިތު ކޮށްދޭ ހެކި އެބަހުރި ކަމަށް ސިއްދީގު ވިދާޅުވިއެވެ. އަދި އިންތިހާބުގެ ނަތީޖާ ނުރަނގަޅު ގޮތުގައި އިއުލާން ކޮށްފައި، ނަތީޖާ ބަދަލުވެދާނެ ހުރިހާ އެއްޗެއް ސަރުކާރުން ނައްތާލާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ސިއްދީގު ވަނީ ކަން މިހެން ހިނގާފައިވާ ކަން އެނގެނީ އެދުވަހު އެކަން ކުރި މީހުންގެ ފަރާތުން ކަންވެސް ހާމަކުރައްވާފައެވެ.

ސިއްދީގު ވިދާޅުވީ އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން ރައްޔިތުންގެ ހައްގު ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ހައްގު ފޭރިގެންފައި ވާއިރު، މިއީ ހަގީގަތުގައިވެސް ހިނގާފާއިވާކަން ކަނޑައެޅިގެން އެނގޭ އިރު، މިވަގުތު ހުރި ހެއްކާއި އެކު އަލުން އަނެއްކާ ކޯޓަށް ދާނެ ކަމަށްވެސް ސިއްދީގު ވިދާޅުވިއެވެ.

ސިއްދީގު ފާހަގަކުރެެއްވި ގޮތުގައި ޕީޕީއެމް އިން އިސް ނަގައިގެން ކުރަނީ 350،000 ރައްޔިތުންގެ ހައްގުތަކާއި ގުޅިފައިވާ މަސައްކަތަކަށް ވީ އިރު އިންތިހާބު ސައްހަކަމަށް ކޯޓުން ނިންމާފަ އޮތް ނަމަވެސް، ކަމުގެ ހަގީގަތާއި ހަމައަށް ދާން މަސައްކަތް ކުރާނެ ކަމަށެވެ. އަލުން ކޯޓަށް ނުވަތަ ކަމާއި ބެހޭ ފަރާތްތަކަށް ހުށައަޅައިގެން ހަގީގަތް ހާމަކުރަން މަސައްކަތް ކުރަނީ މިއީ އެންމެ ރަނގަޅު މުހިންމު ގޮތް ކަމަށް ވާތީ ކަމަށް ސިއްދީގު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: