ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންޑޫ އިންތިހާބަށް ނުފޫޒެއް ނެތް، ހުރިހާ ރަށެއްގައި ވެސް ޕްރޮޖެކްޓުތައް ހިނގާ: އަހުމަދު އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމަންޑޫގައި ޕްރޮޖެކްޓެއް ހިންގުން އެއީ ސަރުކާރުން، އެދާއިރާގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހިންގަ މަޝްރޫއުއެއްކަމަށް ނުބެލެވޭނެކަމަށް ބާރަށު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ޚަބަރަށްފަހު” ގައި ވާހަކަދައްކަމުން އަހުމަދު އަބްދުﷲ މިހެން ވިދާޅުވީ ކޮމަންޑޫ ބައި-އިލެކްޝަނާއި ދިމާކޮށް ގިނަ ބަޔަކު އިންތިހާޞަބަށް ނުފޫޒު ފޯރުވާ ކަމަށް ބުނާ ބުނުމަށް ރައްދު ދެމުންނެވެ.

އެގޮތުން އޭނާ ވިދާޅުވި ގޮތުގައި ބައި އިލެކްޝަނަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނަމުންދާ އިރު، މި އިންތިހާބަށް ކެމްޕެއިން ކުރުމަށް ސަރުކާރުން ވަނީ މިނިވަންކަން ފަހިކޮށްދީފައެވެ. އެހެންކަމުން ކޮންމެ ސިޔާސީ ޕާޓިއަކުން ވެސް ދަނީ ބައި އިލެކްޝަނަށް މިނިވަންކަމާއި އެކު ކެމްޕެއިން ކުރަމުން ކަމަށާއި އެއްވެސް ސިޔާސީ ޕާޓީއަކުން ކެމްޕެއިނަށް ހުރަހެއް އެޅިގެން ޝަކުވާ ކުރި އަޑެއް ނާހާ ކަމުގައިވެސް މެމްބަރު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވިގޮތުގައި މީގެ ކުރިން ބޭއްވުނު އިންތިހާބުތަކުގައި ކެމްޕެއިން ކުރުމުގައި ގިނަ ހުރަސްތަކެއް އެމްޑީޕީއަށް ދިމާވައެވެ. ރަށްރަށަށް ދިއުމުގެ ދަތިކަމާއި، ކެމްޕެއިން ޖަލްސާތައް ނުބޭއްވުމުގެ އިތުރުން ރައްޔިތުންނާއި ބައްދަލު ނުކުރެވުން ފަދަ އުނދަގޫތަކާއި މާޒީގައި ދިމާވެފައިވާ ކަން ހަނދާންކުރަން ޖެހޭ ކަމުގައި ފާހަގަކުރެއްވިއެވެ.

އެއާއި ހިލާފަށް މިއަދުގެ ސަރުކާރުން އިންތިހާބަށް މިނިވަންކަމާއި އެކު ކެމްޕެއިންކުރުމުގެ ފުރުސަތު ހުޅުވާދީފައިކަމުގައި އަހުމަދު އަބްދުﷲ ވިދާޅުވިއެވެ. ކުރީގެ އިންތިހާބުތަކުގައި ޕާޓީތަކުން ކުރިމަތިލާން ޖެހުނު ދަތިތަކާއި ގޯނަތަކުން މިފަހަރު ޕާޓިތައް ސަލާމަތްކޮށްދީފައިވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަހުމަދު އަބްދުﷲ ވަނީ މިއީ މިނިވަން އިންތިހާބެއް ކުރިއަށް ގެންދިއުމުގައި އެންމެ މުހިންމު އެއްކަން ކަމުގައި ފާހަގަކުރައްވާފައެވެ.

ގިނަ ބަޔަކު ވަކި ދާއިރާއެއްގއި ޕްރޮހޖެކްޓްތަކެއް ހިންގުމަކީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމުގައި ލޭބެލް ކުރަމުން ދިޔަނަމަވެސް ހަގީގަތް މިއާއި ހިލާފުކަމުގައި މެމްބަރު ވިދާޅުވިއެވެ. އެގޮތުން މިސާލެއްގެ ގޮތުގައި ވަނީ އައްޑޫ އަތޮޅުގައި ވެސް ގިނަ ޕްރޮޖެކްޓްތަކެއް ހިންގާ ކަމަށާއި އެހެންނަމަވެސް އެރަށުގައި އިންތިހާބެއް ނެތް ކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި އިންތިހާބެއް ކުރިއަށް ނުދިޔއަސް، އެރަށްތަކުގައިވެސް ޕްރޮޖެކްޓްތައް ހިންގަމުންދާ ކަމުގައި މެމްބަރު ފާހަގަކުރެއްވިއެވެ.

“ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ދަނީ ތަރައްގީގެ ޕްރޮޖެކްޓް ހިންގަމުން.. އޭގެ މާނައަކީ ވަކި އިންތިހާބަކަށް ނުފޫޒު ފޯރުވުން ކަމުގައި ނުބެލެވޭނެ..” އަހުމަދު އަބްދުﷲ

މެމްބަރު އަހުމަދު ވިދާޅުވީ ރާއްޖޭގައި މިވަގުތު ތަރައްގީގެ ޕްރޮޖެކްޓްތައް ނުހިންގާ އެއްވެސް ރަށެއް ނޯންނާނެކަމަށެވެ. އެހެންކަމުން ވަކި ދާއިރާއެއްގައި ޕްރޮޖެކްޓްތަކެއް ހިންގުމަކީ ނުފުޒު ފޯރުވުން ކަމުގައި ނުބެލެވޭނެ ކަމަށް ވެސް މެމްބަރު ވަނީ ވިދާޅުވެފައެވެ.

ޕްރޮގްރާމުގައި ވާހަކަދައްކަމުން އޭނާ ވަނީ ވަކި ފަރާތަކުން ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ރައްޔިތުން އޮޅުވާލަނީ ކަމަށް ބުނި ނަމަވެސް، ރައްޔިތުން ލޯ ކުރިމަތިން ކަން ހިނގަމުންދާއިރު ރައްޔިތުން އޮޅުވާލެވޭނެތޯ ސުވާލު އުފައްދާފައެވެ.

އަހުމަދު އަބްދުﷲ ފާހަގަކުރާ ގޮތުގައި ސިޔާސީ ޕާޓީއެއްގެ ފުރިހަމަ މަސައްކަތް ފެނިގެންދާނީ ޕާޓީ ޒިންމާދާރުވެގެން ކަމަށާއި ފިތުނަ އުފައްދުމަކީ ޕާޓީއެއްގެ ޒިންމާ ނޫނެވެ. އަދި ގައުމު ރޫޅާލައި ރައްޔިތުން ބައިބައި ކުރުމަކީ ޒިންމާދާރު ސިޔާސީ ޕާޓީއަކުން ކޮށްގެން ވާނެ ކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: