ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާދަވެރި އިދިކޮޅެއް ނެތް، އޮތީ ވަކި ބަޔަކު ބޭރުކޮށްލަން ގޮވާ ބައެއް: އަލީ ސޯލިހު

ސްޓޭޓް މިނިސްޓަރ އަލީ ސޯލިހު ސަންގު ޓީވީގެ ޕްރޮގްރާމެއްގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފާހަގަކޮށްލެވޭވަރުގެ ވާދަވެރި އިދިކޮޅު ޕާޓީއެއް ނެތް ކަމަށާއި، އިދިކޮޅެއް އޮތް ނަމަވެސް އޮތީ ވަކި ބަޔަކު ނެރެލަން ގޮވަމުންދާ ޕާޓީއެއްކަމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި އަލީ ސޯލިހު ވިދާޅުވީ ރަނގަޅު ޑިމޮކްރަސީއެއްގައި ހަރުދަނާ ވެރިކަމެއް ކުރުމަށް ވަރުގަދަ އިދިކޮޅެއް އޮންނަން ޖެހޭކަމަށެވެ. ފާރަވެރި އިދކޮޅު ސިޔާސީ ޕާޓީ އެއް އޮންނަން ޖެހުނު ނަމަވެސް ރާއްޖޭގައި އެފަދަ ހަރުދަނާ އިދިކޮޅު ޕާޓީއެއް ނެތްކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.

އަލީ ސޯލިހު ވިދާޅުވި ގޮތުގައި އިދިކޮޅެއްގެ ގޮތުގައި މިއަދު ނިކުމެ އޮތީ އެއްވެސް އަމާޒެއް މިސްރާބެއް ނެތި ދަތުރުކުރަމުންދާ ޕާޓިއެއް ނެތެވެ. މިހެން ބުނަން ޖެހޭ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ އެކި ފަހަރު މަތިން އެކި ނަންތައް ގެނގުޅެ، އެކި ސިޔާސީ ފިކުރުތައް ގެންގުޅޭ ޕާޓީއަކަށް ޕީޕީއެމް، ޕީއެންސީވުމެވެ. އެއްފަހަރު ޕީޕީއެމް އަދި ބައެއް ފަހަރު ޕީޕީއެމް/ޕީއެންސީ ގެ ނަމުން ކުރިއަށް ދާން މަސައްކަތް ކުރާ އިރު މިއީ އެއްވެސް އަމާޒެއް ނެތި ދަތުރުކުރަމުންދާ ބައެއްކަމުގެ ހެއްކެއް ކަމުގައިވެސް އަލީ ސޯލިހު ވިދާޅުވިއެވެ.

މިހާރުވެސް އިދިކޮޅުން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ތިބި ވަކި ގައުމެއްގެ ބަޔަކު ބޭރުކޮށްލުމަށް ގޮވާލަމުން ކަމަށް ވިދާޅުވަމުން އަލީ ސޯލިހު ވިދާޅުވީ މި ހަރަކާތުގައި އެންމެ އިސްކޮށް ހުރީ، ބޭރު ބަޔަކު ރާއްޖެ ގެނައުމަށް އެންމެ ވަރުގަދަ އަށް މަސައްކަތް ކުރި ބޭފުޅާ ކަމުގައެވެ.

މީގެ އިތުރުން އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަކީ ސްލޯ ވެރިކަމެއް ކަމުގައި ބުނާ މީހުންނަށް ރައްދު ދެއްވާފައެވެ. ޕްރޮގްރާމުގައި ވާހަކަ ދައްކަމުން އަލީ ސޯލިހު ވިދާޅުވީ ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުގެ ފޮނި މީރު ނަތީޖާ ރައޔްިތުންނަށް ފެންނާން ފަށާފައިވަނީ އަދި ކިރިޔާ ކަމަށެވެ. އަދި ރައްޔިތުންނަށް ސަރުކާރުގެ މަސައްކަތް ނިންމަމުން ދާ ބާރު މިން ވެސް ފެންނާން ފެށީ އަދި ކިރިޔާ ކަމުގައި ވިދާޅުވިއެވެ.

2019 ވަނަ އަހަރު ވެރިކަމާއި ހަވާލުވެ ހުވާ ކުރުމަށް ފަހުގައި ރައީސް ސޯލިހުގެ ސަރުކާރަށް ކޮވިޑު 19 ގެ ބަލިމަޑުކަމާއި އުނދަގޫތައް މެނޭޖް ކުރުމުގެ ގޮންޖެހުން ކުރިމަތިވެފައި ކަމަށް އަލީ ސޯލިހު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ސަރުކާރުގެ މަސައްކަތް ބައްޓަން ވެފައި އޮތީ އެދަނޑިވަޅުގައިވެސް ރައްޔިތުންނަށް އެއްވެސް ދަތިކަމާކާއި ކުރިމަތިލާން ނުޖެހޭނޭ ފަދަ ގޮތަކަށް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ކޮވިޑުގެ އުނދަގޫތަކާއި އެކުވެސް ރާއްޖޭގެ އެއްވެސް ރައްޔިތަކު ބަނޑަށް ނުޖެހި، ރައްޔިތުންނަށް ބޭނުންވާ އެންމެހާ އަސާސީ ހިދުމަތްތަކެއް ފޯރުކޮށްދެވިފައިވާ ކަމީ މި 3 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ހާސިލުކުރެވިފައިވާ މުހިންމު ކާމިޔާބެއް ކަމުގައެވެ. އަސާސީ ހިދުމަތްތަކުގެ ތެރޭގައި ކާނާ އަދި ފެން ފޯރުކޮށްދެވިފައިވާ އިރު އެއްވެސް ރައްޔިތަކަށް ނިކަމެތިކަން އިހުސާސް ކުރެވިފައި ނުވާނެ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

މީގެ ތެރޭގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ރައްޔިތަކަށް ގޮންޖެހުންތަކާއި ކުރިމަތި ވެފައި ނުވާނެ ކަމަށާއި އަބަދުވެސް ރައްޔިތުންނަށް ދެވޭ އާސަންދައިގެ ހިދުމަތް މި ބަލި މަޑުކަމުގެ ތެރޭގައިވެސް ފޯރުކޮށްދެވިފައިވާ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ. އަދި ވިދާޅުވި ރާއްޖޭގައި ވަޒީފާ ގެއްލުނު ކޮންމެ ރައްޔިތަކަށް ވެސް ސަރުކާރުން ވަނީ ފުރުސަތު ހޯދައިދީ، އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް ވެސް އަލީ ސޯލިހު ވިދާޅުވިއެވެ.

ހަމައެއާއި އެކު ވޭތުވެ ދިޔަ 3 އަހަރުގެ ތެރޭގައި ހަމައެކަނި އެންވަޔަރަމެންޓް މިނިސްޓްރީގެ މަސައްކަތަށް ބަލާލިނަމަވެސް ސަރުކާރުން ކޮށްފައިވާ ފާހަގަކޮށްލެވޭ މަސައްކަތް ފެންނާން އެބަހުރި ކަމަށް ވިދާޅުވަމުން އަލީ ސޯލިހު ވަނީ މިނިސްޓްރީއިން ކޮށްފައިވާ އެކި މަސައްކަތްތަކަށް އަލި އަޅުވާލާފައެވެ. އެގޮތުން ރާއްޖޭގައި ކުނި މެނޭޖް ކުރުމަށްޓަކައި ހަމަ އެކަނި މާލެ ސަރަހައްދުގެ ކުނި ނައްތާލުމަށް ވެސް ވަކި ނިޒާމެއް ގާއިމުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ވެމްކޯ އާއި ގުލިގެން މަގުމަތީގައިވާ ކުނިތަކާއި މާލެގެ އެކި ސަރަހއްދުގއިވާ ކުނިތައް ނައްތާލުމަށް ވެސް ވަކި ނިޒަމެއް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ފާއިތުވި 5 މަހުގ ެތެރޭގައި އިންޓަނެޓުގެ ހިދުމަތަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވަނީ މި ސަރުކާރުން ކަމުގައި އަލީ ސޯލިހު ވޮިދާޅުވިއެވެ. އަދި ވިދާޅުވި މިއީ ވެސް ސަރުކާރުގެ ވައުދަކަށް ވިއީއިރު. ރައީސް ސޯލިހުގެ ހިނގަމުން މިދާ ދައުރުގައި ކުރެވިފައިވަނީ ހަމައެކަނި ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވިފައިވާ މަސައްކަތް ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: