ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ހަރުކަށި” އަމަލުތައް ހުއްޓުވަން ކުރާ މަސައްކަތް އިތުރަށް ހަރުދާނާ ކުރަން ޖެހޭ: ރައީސް ނަޝީދު

ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކޮންގްރެސްގެ މަންދޫބުންނާ މުހާތަބު ކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމުހޫރީ ޕާޓީގެ ތަރުޖަމާނު، އަލީ ސާލިހުގެ ފުރާނައަށް އަމާޒުކުރި ހަމާލާއާއި ގުޅިގެން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ހުޅުމާލޭގައި އަލީ ސާލިހުގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް މަސައްކަތްކޮށް، ފުން ޒަހަމުތަކަކާއިއެކު، އެނާ ސަލާމަތްވެފައިވާއިރު، އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އަލީ ސާލިހަށް ދެވިފައިވާ ނުރައްކާތެރި ހަމަލާ އެ މަނިކުފާނު އިންތިހާއަށް ކުށްވެރި ކުރައްވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގައި “ހަރުކަށި” ފިކުރުގެ އަމަލުތައް ހިންގަމުންދަނީ، އިންތިޒާމުވެގެން ކަމަށެވެ. އަދި އެފަދަ އަމަލުތައް ހިންގާ މީހުން ހުއްޓުވުމަށް ދިވެހި ފުލުހުންގެ މުއައްސަސާ އަދި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް މިހާރު އޮތްވަރަށްވުރެ، ވަރުގަދަކޮށް، ހަރުދަނާކުރެވި، އިތުބާރު ހިފޭ މަސައްކަތްތަކަކަށް ހަދަންޖެހިފައިވާކަމަށެވެ.

 

މިނިސްޓްރީ އޮފް އެންވަރޮމެންޓް، ކްލައިމެޓް ޗޭންޗް އެންޑް ޓެކޮނޮލޮޖީގެ ސްޓޭޓް މިނިސްޓާ، ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސާލިހަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ، އެނާ ހުޅުމާލޭގައި ހުއްޓާ، މެންދުރުގެ ވަގުތެއްގައިއެވެ. ބައެއް މީޑިއާތަކުން ރިޕޯޓު ކުރާގޮތުން، އަލީ ސާލިހަށް ހަމަލާދިނުމަށް މަސައްކަތްކޮށްފައިވަނީ، ކަޓަރެއްގެ ބޭނުންކޮށްގެނެވެ. ފުލުހުންގެ މުއައްސަސާއިން ބުނާގޮތުން، އެ މައްސަލައާއި ގުޅިގެން ހަމަލާދިން މީހާ ވަނީ ހައްޔަރު ކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: