ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީތަކާއި މީހުން ގުޅުމާއި ވަކިވުމަކީ މޫސުމީ ކަމެއް: ސާލިހު

ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކުގެ އެތެރޭގެ މަސްރަހަކީ މޫސުމީ ބަދަލުތައް އަންނާނެ އެއްޗެއްކަމަށް ޖުމުހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސާލިހު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ޖުމުހޫރީ ޕާޓީގެ އެތެރޭގެ މަސްލަހަތާއިމެދު ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ސާލިހު ވިދާޅުވީ، ބައެއް ކަންކަމަކީ މޫސުމާއި ގުޅުން ހުރި ކަންކަން ކަމަށެވެ. އެހެންކަމުން އަންނަ މޫސުމެއްގެ ގޮތުން އޮއެވަރަށް ބަދަލުތަކެއް އަންނާނެކަމަށް އެނާ ވިދާޅުވިއެވެ.

ޖުމުހޫރީ ޕާޓީއަކީވެސް ސިޔާސީ މަސްރަހުގެ ހިންގުންތެރިކަމުގައި މަސައްކަތްތަކެއް ކުރަމުންދާ ޕާޓީއެއް ކަމަށް ފާހަގަކުރައްވާ ސާލިހު ވިދާޅުވީ، އެހެންކަމުން އެ ޕާޓީއަކީވެސް ސިޔާސީ އޮއެވަރުގައި ޖެހޭނެ ޕާޓީއެއް ކަމަށެވެ. އަދި ޕާޓީ އާއި ގުޅޭ މީހުންނާއި ވަކިވާ މީހުންވެސް ހުންނާނެކަމަށް އިޝާރާތްކުރައްވާ އެނާ ވިދާޅުވީ، މީހުން ވަކިވުން ހުއްޓުމަކީ އެއްވެސް ޕާޓީއަކަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

ސާލިހު ވިދާޅުވީ، ޖީބު ފުރެންދެން އަޅައިދިނަސް މައިތިރިނުވާ މީހުން މައިތިރި ނުވާނެކަމަށް ބުނާ އުސޫލެއް އޮންނަކަމަށެވެ. އެހެންކަމުން ބައެއް ފަރާތްތަކަކީ ޕާޓީތަކާއި ގުޅި ވަކިވާނެ މީހުން ކަމަށް އެނާ ސިފަކުރެއްވިއެވެ. އަދި އެފަދަ ބޭފުޅުންނަކީ މާދަން އިރު އަރާއިރު ރައީސް ޔާމީން ވެރިކަމުގައި ހުންނަވާފާނެކަމަށް ހިތައް އެރުމުން ގޮސް އެ މަނިކުފާނާއި ގުޅިވަޑައިގަންނަވާނެ ބޭފުޅުންކަމަށް މިސާލެއް ގޮތުގައި އެނާ ނެންގެވިއެވެ.

ޖުމުހޫރީ ޕާޓީގެ ތެރެއިން ބަޔަކު ނުކުމެ ޕާޓީއެއް ހަދައިގެން އެ ޕާޓީއަށް ލިބިގެންދާނެ ގެއްލުމެއް ނޯންނާނެކަމަށް ސިފަކުރައްވާ ސާލިހު ވިދާޅުވީ، މިހާތަނަށް ޖުމުހޫރީ ޕާޓީއަށް އެއްވެސް ހީނަރުކަމެއް އައިސްފައިނުވާކަމަށެވެ. އަދި ޕާޓީ މިހާރުވަނީ އިތުރަށް ކުރިއަރާފައިކަމަށާއި މިހާރު 25،000 އަށްވުރެ ގިނަ މެމްބަރުން ޕާޓީގައި ތިބި ކަމަށް އިޝާރާތްކުރައްވާ އެނާ ވިދާޅުވީ ޕާޓީއިން ނުކުމެ އެހެން ޕާޓީއެއް ހެއްދެވި ބޭފުޅުން އެ ބޭފުޅުންގެ ޕާޓީއާއިގެން ކުރިއަށް ދާންވީކަމަށެވެ.

ސާލިހުވަނީ މި ފުރުސަތުގައި ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖުމުހޫރީ ޕާޓީގެ ކޮންގްރެސް ބައްދަލުވުމާއިމެދުވެސް ވާހަކަދައްކަވާފައެވެ.

ސާލިހު ވިދާޅުވީ، ޖުމުހޫރީ ޕާޓީއަކީ ރާއްޖޭގެ އެންމެހާ ބޭފުޅުންގެ ނަޒަރު ހުއްޓިފައިވާ ޕާޓީއެއްކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ މީޑިއާތަކުންވެސް ޖުމުހޫރީ ޕާޓީއިން ނިންމަފާނެ ގޮތަކާއިމެދު ސުވާލު އުފައްދާކަމަށް އެނާ ވިދާޅުވިއެވެ.

ސާލިހު ވިދާޅުވީ ޑިސެމްބަރު މަހުގެ ތެރޭގައި ޖުމުހޫރީ ޕާޓިއިން ކުރިއަށް ގެންދާނެ ކޮންގްރެސް ބައްދަލުވުމަކީ، އެ ޕާޓީގެ އިތުރުން ރާއްޖޭގެ އެހެނިހެން ސިޔާސީ ޕާޓީތަކަށްވެސް މުހިންމު ބައްދަލުވުމެއް ކަމަށެވެ. އެހެންކަމުން އެ ކޮންގްރެސްގެ ނިންމުންތައް ވަކި ގޮތަކަށް ގެންދިއުމަށް އަތް ބާނަން ބޭނުންވާނެ ފަރާތްތައްވެސް ތިއްބަވާނެކަމަށާއި ސަބަބަކީ ކޮންގްރެސްގެ ތެރެއިން އިންތިހާބުވާ ކައުންސިލު މެމްބަރުންނަކީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމުހޫރީ ޕާޓީއިން އަދާކުރާނެ ދައުރާއިމެދު ގޮތް ނިންމެވުމުގައި ޝާމިލުވާނެ ބޭފުޅުންކަމަށް ވުމުންކަމަށް އެނާ އިޝާރާތް ކުރެއްވިއެވެ.

ޖުމުހޫރީ ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި ޕާޓީ ބައިބައިވެ އެކި ފެކްޝަންތައް އުފެދިފައިވާކަމަށް ދެކެވޭ ވާހަކަތަކަށް އަލިއަޅުވައި ސާލިހު ވިދާޅުވީ، ކުރިއަށް އޮތް ކޮންގްރެސްއަކީ މުހިންމު ނިންމުންތަކެއް ނިންމާ ބައްދަލުވުމެއް ކަމަށްވުމުން، ޕާޓީގެ ތެރޭގައި އޮންނަ ވާދަވެރިކަންވަނީ އިތުރުވެފައިކަމަށެވެ. އެހެން ނަމަވެސް އެއްވެސް ފެކްޝަނެއް އުފެދިފައިވާކަމަށް އެނާ ގަބޫލު ނުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ސާލިހު ވިދާޅުވީ، ގޮފިތައް އުފެއްދުމުގެ ވާދަވެރިކަމުގެ ތެރޭގައި ކަމެއް ހިނގާފައި ނެތްކަމަށް އެނާ ވިދާޅުނުވާނެކަމަށެވެ. އަދި އެނާއަށް 24 ގަޑި އިރު ޖުމުހޫރީ ޕާޓީގެ އެތެރޭގެ ކަންކަން ހިނގަމުންދާ ގޮތަށް ލޯ އަމާޒުކޮށްގެން ނުހުރެވޭނެކަމަށާއި އެހެން ނަމަވެސް އެނާއަކީ ޕާޓީއަށް ދިމާވާ ކަންކަމުގައި ޕާޓީގެ ފަރާތުން ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަދައްކަވާ ފަރާތެއް ކަމަށްވުމުން ފެކްޝަނެއް އުފެދިފައި ނެތްކަމަށް ވިދާޅުވާކަމަށް އެނާ ތަކުރާރު ކުރެއްވިއެވެ.

މީގެ އިތުރުން ސާލިހު ވިދާޅުވީ، ޖުމުހޫރީ ޕާޓީގެ ތެރޭގައި ވަކި ފަރާތެއްގެ ނުފޫޒު ގަދަކޮށްގެން ފެކްޝަނެއްގެ ހެދުމުގެ ފުރުސަތެއް ނެތްކަމަށް އެނާ ކެރިހުރެ ދަންނަވާނެކަމަށެވެ. އަދި އެކަމުގެ ސަބަބެއް ގޮތުގައި އެނާ ވަނީ ޕާޓީ ވަކި އަސާސްތަކެއްގެ ތެރެއިން މަސައްކަތްކުރަމުން ދިއުން ފާހަގަކުރައްވާފައެވެ.

ސާލިހު ވިދާޅުވީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަކީ ފެކްޝަންތަކެއް ހެއްދެވުމުގެ ފުރުސަތު ދެއްވާނެ ބޭފުޅެއް ނޫންކަމަށެވެ. އެހެންނަމަވެސް ޕާޓީގެ ތެރޭގައި ވާދަވެރިކަމަށް ފުރުސަތު އޮތް ކަމަށް ސާލިހު ވިދާޅުވިއެވެ. އަދި އެކި މަގާމުތަކަށް ވާދަކުރުމުގެ ފުރުސަތު ގާސިމް ދެއްވާކަމަށްވީނަމަވެސް ހުރިހާ ބޭފުޅުންނަކީވެސް ނަގާކިޔޭ ބޭފުޅުންކަމަށްވުމުން އެއްވެސް ފަރާތެއްގެ މެދުގައި ތަފާތު ކުރުމެއް ނުގެންގުޅުއްވާނެކަމަށްވެސް އެނާ އިޝާރާތްކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: