ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީ އާއިއެކު މަޝްވަރާތައް ދަނީ ރަނގަޅަށް: އަލީ ސާލިހު

ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީ އާއިއެކު ކުރެވެމުންދާ މަޝްވަރާތައް ރަނގަޅަށް ކުރިއަށް ދާކަމަށް ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސާލިހު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސާލިހު ވިދާޅުވީ، އަލަށް ސަރުކާރެއް އެކުލަވާލައި އެ ސަރުކާރާއިއެކު މަސައްކަތްކުރަން ފުރުސަތު ލިބެންޖެހޭކަމަށް އެ ޕާޓީގެ އިސް ލީޑަރު ގާސިމް އިބްރާހިމް ގަބޫލުކުރައްވާކަމަށެވެ. އަދި ބޮޑެތި ގޯސްތަކެއް ނުހައްދަވައި ވެރިކަމާއިގެން ކުރިއަށް ވަޑައިގަންނަވާ ނަމަ ޖޭޕީގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ލިބިގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ޖޭޕީ އާއިއެކު މަސައްކަތްކުރުމުގެ ޝައުގުވެރިކަން ގެންގުޅޭ ޕާޓީތަކާއި އެ ޕާޓީއިންވެސް މަޝްވަރާތައްކުރާނެކަމަށާއި އެކުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދޭންޖެހޭނެކަމަށްވެސް ވިދާޅުވިއެވެ. ސާލިހު ވިދާޅުވީ، ޖޭޕީއިންވަނީ ޕީއެންސީ އާއިއެކު މަޝްވަރާ ބައްދަލުވުންތައް ފައްޓާފައިކަމަށާއި އެދެވޭ ރަނގަޅު ގޮތުގައި އެ މަޝްވަރާތައް ކުރިއަށް ދާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީގެ ފަރާތުންވެސް އެކުގައި މަސައްކަތްތައް ކުރުމަށް ހުށައެޅުން އައިސްފައިވާކަމަށާއި އެ ހުށައެޅުން ބަލައިގަނެ މަޝްވަރާތަކަށް ތައްޔާރުވަމުންދާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދެ ޕާޓީއިންވެސް ބޭނުންވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެކުގައި މަސައްކަތްކުރެވޭނެ ގޮތްތައް ދެނެގަތުމަށްކަމަށެވެ.

އޭނާ ވިދާޅުވީ ޖޭޕީއިން ކޮމިޓީއެއް ނަގައިގެން އެ މަސައްކަތްތައް ކުރަމުންދާކަމަށާއި ސީދާ ވަކި ގޮތެއް ވަމުންދާކަމަށް ވިދާޅު ނުވިނަމަވެސް މަޝްވަރާތައް ކުރައްވަމުންދާކަމުގެ ޔަގީންކަން ދެއްވިއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: