ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށީގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ބައްދަލުވުމުގައި އެއްހާހުގެ ނޯޓުތައް ބެހި: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ބައްދަލުވުމުގައި ފައިސާ ބެހިކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖޭޕީއިން ކުރިއަށް ގެންދާ ކެމްޕެއިން ބައްދަލުވުންތަކާއި ހަރަކާތްތަކުގައި ގާސިމްވަނީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން ފަދަ ނަހަމަ އަމަލުތަކެއް ފެންނަމުންދާކަމަށް އެކި ފުރުސަތުތަކުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ ނިޔާވުމާއި ގުޅިގެން ހުސްވެގެންދިޔަ ގޮންޑިއަށް އުފެދުނު ވާދަވެރިކަމުގެ ތެރެއިން އެމްޑީޕީއިން ވޯޓަކަށް ވިހި ހާސް ރުފިޔާ ދިންކަމަށް ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހިއްސާކުރެއްވިކަމަށެވެ.

ގާސިމް ވިދާޅުވީ، އެ އިންތިހާބުގައި ވޯޓަކަށް ވިހި ހާސް ރުފިޔާ ދިން ނަމަ، ކުރިއަށް އޮތް އިންތިހާބުގައި ދޭނެ އަދަދުތަކާއިމެދު ވިސްނާވަޑައިގެންނެވުން މުހިންމުކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދާދި ފަހުން އެމްޑީޕީއިން ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މީހުންނަށް 1000 ރުފިޔާގެ ނޯޓުތައް ބެހިކަމަށެވެ. އަދި އެ ނޯޓުތަކަކީ ފެހުރިހި ޖަހާފައިވާ ނޯޓުތައް ކަމަށާއި މީގެ ދުވަހަކު އެފަދަ ނޯޓުތައް ފެނިވަޑައިނުގަންނަވާކަމަށް ފާހަގަކުރެއްވިއެވެ.

ގާސިމް ވިދާޅުވީ، އެމްއެމްއޭގެ ގަވަނަރުގެ މަގާމުވެސް އަދާކުރެއްވިކަމަށާއި މަޖިލީހުގެ ރައީސްގެ މަގާމު އަދާކުރެއްވިއިރުވެސް ބެންކުގެ ހަޒާނާ ހުޅުވަން ވަޑައިގަންނަވާކަމަށެވެ. އަދި އެހެނިހެން މަގާމުތަކުގެ މަސްއޫލިއްޔަތުގެ ދަށުން އެ މަސައްކަތްތައް ކުރެއްވިއިރުވެސް ވަޑައިގެންނެވިކަމަށާއި އިތުރު މީހަކުވެސް ނުފޮނުއްވާކަމަށް ގާސިމް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެހެންކަމުން ބަނޑެލި ޖަހާ އެފަދަ ނޯޓުތައް ތިބިތަން ދެކިވަޑައިގެންނެވިކަަމަށާއި އެހެންކަމުން ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން ގިނަ އަދަދެއް ދައުރު ނުކުރާކަމަށް ފާހަގަކުރެއްވިއެވެ.

ގާސިމް ވިދާޅުވީ، އޭނާއަށް އެފަދަ ނޯޓެއް ފެނިވަޑައިނުގަންނަވާތާ ދެ އަހަރެއްހާ ދުވަސް ވެފައިވާކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސޭޓު ކިޔާ ނިސްބަތްކުރިނަމަވެސް އޭނާ ސީދާ ފައިސާ ބަލައިގަތުމުގެ މަސައްކަތްތައް ނުކުރައްވާކަމަށްވުމުން ނުފެނިދިއުންވެސް އެކަށީގެންވާކަމަށް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ އެ ނަން ހަރުލައްވާފައިވަނީ ރައީސް ނަޝީދުކަމަށާއި ޒަމާންތަކެއް ކުރިން އޭނާ އެ މަގާމު އަދާކުރެއްވި ނަމަވެސް މިހާރު ނުކުރައްވާކަމަށާއި އެފަދަ ނަމަކުން ނިސްބަތްކުރުމުގެ އެއްވެސް ހައްގެއް ރައީސް ނަޝީދަށް ލިބިވަޑައިގެންފައި ނެތްކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: