ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީގެ ލޯޔަލް ބޭފުޅަކުވެއްޖެޔާ އަދިވެސް ތިބީ ޕާޓީގައި: އަލީ ސޯލިހު

ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީގެ ލޯޔަލް ބޭފުޅަކުވެއްޖެޔާ އަދިވެސް ތިބީ ޕާޓީގައި ކަމަށާއި، ނަމަވެސް އިންޓްރެސްޓްހުރި ދިމާލަކަށް ދިއުމަކީ އެއްވެސް މައްސަލައެއް އޮތްކަމެއްނޫންކަމަށް ޖުމްހޫރީޕާޓީގެ މީޑިޔާ އިސް ތަރުޖަމާން އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

އަލީ ސޯލިހު “ސަންގުޓީވީ” އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ލިބުނު ނަތީޖާއާއި އެކު ޕާޓީން ވަކި ގޮތެއް ނިންމެވުމަށް ނިންމެވި ނިންމެވުމުގައި ޖުމްހޫރީޕާޓީން އެދުނީ ޕާޓީގެ ކޮންމެބޭފުޅަކުވެސް އެމީހެއްގެ އަމިއްލަ އިހުތިޔާރު އޮތް ކޮޅަކަށް ވަޑައިގަތް ތާއިދު ކުރެއްވުމަކީ މައްސަލައެއްއޮތް ކަމެއްނޫން ކަމަށެވެ. ނަމަވެސް ޕާޓީގެ ލޯގޯއާއި، ޕާޓީގެ އެއްްވެސް ނިޝާނެއް ބޭނުންފުޅު ނުކުރެވޭނެ ކަމަށެވެ.

“ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ބޭނުންވާ ފަރާތަކަށް ތާއިދު ކުރެވޭނެ ގޮތަށް ޖޭޕީން ނިންމީ. ނަމަވެސް މަސައްކަތް ކޮށްދެއްވިޔަސް ޕާޓީގެ ވަސީލަތްތަކެއް ބޭނުންނުކުރެވޭނެ ކަމަށް ވިދާޅުވީ. އިޙްތިޔާރު އޮތް ކޮޅަކަށް ދިއުން އެއީ އެފަރާތެއްގެ އަމިއްލަ ކަމެއް.” އަލީ ސޯލިހު

ޖުމްހުރީ ޕާޓީގެ މި ނިންމެވުމާއިއެކު އެޕާޓީގެ ލިޑާޝިޕްގައި ހިމެނިވަޑައިގެންނަވާ ފަރާތްތައް އެކި ޕާޓިތަކަށް ތާއިދުކޮށް ވަޑައިގަތުމުގެ ބަދަަލުގައި ޕާޓީތަކަށް ސޮއި ކުރައްވާފައެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އަދި ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ސަރުކާރު ހިންގާ އެމްޑީޕީއަށް ގުޅިވަޑައިގެންފަވެއެވެ. އަދި މިއާއެކު ބައެއްބޭފުޅުން ތާއިދުވެސް ކުރައްވާފައިވެއެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު ރިޔާޒް ރަޝީދާއި އެ ޕާޓީގެ ކައުންސިލް މެމްބަރުން ކަމަށްވާ މުހައްމަދު ސައީދާއި މުހައްމަދު ފަޔާޒު ވެސް ވަނީ ރައީސް ޞާލިޙަށް ތާއީދު ކުރައްވަން ނިންމާފައެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިޔުޓީ ލީޑަރު އަހުމަދު ސައުދުއާއި، ގާސިމްގެ ރަނިން މޭޓް ޑރ އަމީން އިބްރާހީމްގެ އިތުރުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންވެސް ރައީސް ސޯލިހަށް ތާއިދު ކުރައްވަން ނިންމެވިއެވެ. މީގެ އިތުރުން ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އަލުން ޕީޕީއެމްއާ ވަނީ ގުޅިވަޑައިގެންފައެވެ. އޭގެތެރޭގައި ޕީޕީއެމްގެ ސަރުކާރުގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމާއި ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔާމީން ރަޝީދާއި މި ސަރުކާރުގެ ސްޓެލްކޯގެ އެމްޑީ ކަމާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން އަދާކުރެއްވި ހަސަން މުއުނީ ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: