ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން މެނިފެސްޓޯ އެކުލަވާލީ ބަލިމަޑުކަމެއް އައިސްދާނެކަމަށް ބަލައިގެންނެއް ނޫން: އަލީ ސޯލިހު

ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 ފަދަ އާލަމީ ވަބާއެއް އައިސް، ގައުމު ހުއްޓޭނެ ވާހަކައެއް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމަށް ވަޑައިގަތުމަށްޓަކައި ހެއްދެވި މެނިފެސްޓޯގައި ނޯންނާނެކަމަށް ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސާލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސާޅިހުގެ ސަރުކާރުގައި ވޭތުވެދިޔަ ދުވަސްތަކުގައި ވީ ވައުދުތަކާއި އެއްގޮތަށް މަސައްކަތްތަކެއް ކުރެވިފައިވޭތޯ ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ސުވާލު ކުރުމުން އަލީ ސާލިހު ވިދާޅުވީ ވޭދުވެދިޔަ ދުވަސްތަކުގައި ހިގައިދިޔަ ކަންތައްތަކަށް ބަލަންޖެހޭކަމަށެވެ. އެމްޑީޕީ ވެރިކަމަށް އައުމަށްޓަކައި ގުޅިފައިވާ ސިޔާސީ ޕާޓީތަކާއިއެކު ހެއްދެވި މެނިފެސްޓޯގައި ނެތް ކަންތައްތައް ކުރިމަތިވީކަމަށް އަލީ ސާލިހު ވިދާޅުވިއެވެ.

އެގޮތުން ކޮވިޑް 19 ގެ ބަލި މަޑުކަމުގެ ސަބަބުން ގައުމު ހުއްޓިފައި އޮންނާނެ ވާހަކަ މެނިފެސްޓޯގައި ނޯންނާނެކަމަށް ފާހަގަކުރައްވާ އަލީ ސާލިހު ވިދާޅުވީ، މިއާއިއެކުވެސް ސަރުކާރުން ރާއްޖޭގެ އެތަކެއް ރަށެއްގައި ބޮޑު މަޝްރުއުތަކެއް ހިންގިކަމަށެވެ.

“އެފަދަ ކަމެއް ކުރިމަތިވީކަން އަޅުގަނޑުމެން އެންމެން މިއަދު ހަދާންނެތޭހެން އަޅުގަނޑަށް ހީވަނީ. އަޅުގަނޑުމެންނަކީ އަބަދުވެސް ބޭފުޅުން ވިދާޅުވާހެން ތިން ހަތް ދުވަހުގެ ހަދާނެއް ހުންނަ ބައެއް. 21 ދުވަސް ވީމަ އަޅުގަނޑުމެން ހަދާން އާ ކުރަންޖެހޭ”

ބޯފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ބަދަރުތަކުގެ މަޝްރޫއު އާއި ސުކޫލުތަކުގައިވެސް އެކިއެކި މަޝްރޫއުކުރިއަށްދާކަމަށް ފާހަގަކުރައްވާ އަލީ ސާލިހު ވިދާޅުވީ، އުމްރާނީ ތަރައްގީއަށްޓަކަށްޓަކައި ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރަނމުންދާކަމަށެވެ. އަދި އޭގެ ތެރެއިން އައްޑޫ އާއި ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫއު އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަލީ ސާލިހު ފާހަގަކުރެއްވީ އޭނާ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ކުރައސްވަމުން އަންނަ ވުޒާރާކަމަށްވާ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ ތެރެއިން މި ސަރުކާރުގައި ގެނައިސްފައިވާ ހެޔޮ ބަދަލުތަކެވެ. އެގޕތުން ކުނީގެ ނިޒާމަށްވެސް ބޮޑު ބަދަލެއް ގެނެވިއްޖެކަމަށާއި މާލެ އާއި އަތޮޅުތެރޭގެ ހުރިހާ ރަށްތަކަކުންވެސް ފެންނަމުން ދަނީ މި މަސައްކަތްކަމަށް އަލީ ސާލިހު ވިދާޅުވިއެވެ.

“ގްރޭޓާ މާލެ އޭރިއާގައި ވޭސްޓް އެނާޖީ މަޝްރޫއު ފެށިގެން ކުރިއަށް އެދަނީ އެއާއި ގުޅިގެން މާލޭގަ ބިނާކުރި ބިނާކުރުތައް ތި އެންމެ ބޭފުޅުންނަށް ފެންނަ އެހުރީ”

ކުނިން ނަފާ ހޯދުމަށްޓަކަިއވެސް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށް އަލީ ސާލިހު ވިދާޅުވިއެވެ.

އެއްވެސް ސަރުކާރެއްގައި ހައްލު ހޯދިފައިނުވާ ކަންތައްތަކަކަށް މި ސަރުކާރުން ވަނީ ހައްލު ހޯދާފައިކަަމަށް އަލީ ސާލިހު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: