ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމީލު ދައްކާ ވާހަކަތައް ދެކޮޅު ނުޖެހޭ، ރާއްޖެ މިނިވަން: އަލީ ސާލިހު

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް:- ފޮޓޯ_ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް ކަން ކުރައްވާފައިވާ، ޑރ މުހައްމަދު ޖަމީލު އަހުމަދު ދައްކަވާ ވާހަތައް ގިނަ ކަމުން، ގަބޫލު ކުރަންވީ ކޮންވާހަކައެއްކަން ސާފު ނުވާ ހިސާބަށް ގޮސްފައިވާކަމަށް ޖުމުހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސާލިހު ވިދާޅުވެއްޖެއެވެ.

ސަނގު ޓީވީގެ “ހަބަރަށް ފަހު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސާލިހު ވިދާޅުވީ، ޖަމީލު ދައްކަވާ ވާހަކަތަކުން، މިނެކިރާނެ ގޮތް ރައްޔިތުންނަށް ސާފު ނުވާކަމަށެވެ. އަދި މީގެ ކުރިން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަރުގެ ބޮޑު “ވަގެއް” ނެތްކަމަށް ޖަމީލު ވިދާޅުވެފައިވާކަމަށާއި، ރައީސް ޔާމީން ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގެވިކަމަށްވެސް ވިދާޅުވިކަމަށް ފާހަގަކުރައްވާ، ސާލިހު ވިދާޅުވީ އެހެން ނަމަވެސް، މިއަދު ޖަމީލު އުޅުއްވަނީ، ރައީސް ޔާމީންގެ ދިފާއީ ވަކީލެއްގެ މަގާމުގައިކަމަށެވެ.

ޖަމީލު ދައްކަވާ ވާހަކަތައް ދެކޮޅު ނުޖެހޭކަަމަށް ސިފަކުރައްވާ، ރައީސް ޔާމީން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ވިދާޅުވުމަށްފަހު، ދިފާއީ ވަކީލެއް ގޮތަށް މަސައްކަތްކުރައްވަމުންދާކަމަށް ފާހަގަކުރައްވާ ސާލިހު ވިދާޅުވީ، މީހެއްގެ ގައިގައި ހުންނަން ޖެހޭ އެންމެ މުހިންމު އެއް ސިފައަކީ، ދުލުން ބޭރު ކުރާ ބަސްތަކަކީ ތެދުވެރި ބަސްތަކަކަށް ހެދުންކަމަށެވެ. އެހެން ނަމަވެސް ޖަމީލު ދައްކަވާ ވާހަކަތަކުން، އެނާ ހައްދަވަނީ، ދޮގެއްކަމެއް ނުވަތަ ތެދެއްކަންވެސް ސާފުނުވާކަމަށް ސާލިހު ފާހަގަކުރެއްވިއެވެ.

ޖޭޕީގެ ތަރުޖަމާނު، އަލީ ސާލިހުގެ ފާޑުކިޔުން، ކުރީގެ ނައިބު ރައީސްކަން ކުރައްވާފައިވާ، ޖަމީލަށް އަމާޒުވެފައިވަނީ، ވޭދުވެދިޔަ މިނިވަންދުވަހުގެ މުނާސަބަތު، ފާހަގަނުކުރުނަށް ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން، ޖަމީލު ކުރެއްވި ޓްވީޓުތަކުގެ ސަބަބުންނެވެ. އެގޮތުން ޖަމީލުވަނީ ދިވެހިރާއްޖޭގައި މިނިވަންކަން ނެތްކަމަށް ވިދާޅުވެފައިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: