ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީގެ އިސް ތަރުޖަމާނަކަށް މީޑިއާތަކާއި ގާތް، އަލީ ސޯލިހު!

ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޗީފް ސްޕޯކްސްޕާސަނަކަށް އެ މަގާމު މިދިޔަ ދައުރުގައި ވެސް ފުރުއްވި އަލީ ސޯލިހު އައްޔަނު ކުރުމަށް ޕާޓީގެ ކައުންސިލްގެ މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމައިފި އެވެ.

ޖޭޕީގެ އަސާސީ ގަވައިދު ބުނާ ގޮތުގައި، އިސް ތަރުޖަމާނަކު އައްޔަނު ކުރުމުގެ ބާރު ލިބިގެން ވަނީ ޕާޓީގެ އިސް ލީޑަރަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ، އަލީ ސޯލިހަކީ ގާސިމާއި އެންމެ އަރިސް އަދި ޕާޓީގެ ދުވަސް ވީ މެމްބަރުންގެ ތެރެއިން މެމްބަރެކެވެ. އޭނާ ޕާޓީގެ ތަރުޖަމާނެއްގެ ގޮތުގައި އާއި، މީޑިއާތަކައް އެކި ގޮތްގޮތުން މައުލޫމާތުތައް ދެއްވުމުގައި ހަރަކާތްތެރި ވާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

އަލީ ސޯލިހަކީ މީގެ ކުރިން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޑީއާރުޕީ ހިންގެވި ދުވަސްވަރު އެ ޕާޓީގެ ސެކޭޓްރީ ޖެނެރަލްކަމާއި މީޑިއާ ކޯޑިނޭޓަރުކަން ކުރައްވާފައިވާ ނޫސްވެރިންނާއި ގާތް ބޭފުޅެކެވެ. އަދި އަލީ ސޯލިހަކީ މީޑިއާ ދާއިރާގެ ގިނަ މައުލޫމާތުތައް އެނގިވަޑައިގަންނަވާ ބޭފުޅެކެވެ.

އަލީ ސޯލިހަކީ ޑީއާރުޕީގެ ދުވަސް ވަރު ސިޔާސީ މަސައްކަތް ފެއްޓެވި ބޭފުޅެކެވެ.

ޖޭޕީގެ މަސައްކަތްތަކާއި، އަދި ސަރުކާރާއި، އަދި ސިޔާސީ މަސްރަހާއި ގުޅުން ހުރި އެކި ހަރަކާތްތަކާއި އެހެނިހެން ކަންކަމުގައި ވެސް ނޫސްވެރިންނާއި ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވާ އަލީ ސޯލިހަކީ ސިޔާސީ ޕާޓީއެއްގައި ހުރި މީޑިއާއާއި އެންމެ ރައްޓެހި ބޭފުޅާ އެވެ.

ޖޭޕީގެ ސިޔާސީ ހަރަކާތްތަކާއި، ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މަސައްކަތްތަކާއި ބެހޭ މައުލޫމާތުތައް އަލީ ސޯލިހު ގެނެސް ދެއްވަނީ ވަރަށް ފުރިހަމަކޮށްކަން ފާހަގަކޮށް ނިމިދިޔަ ޕާޓީގެ ކޮންފަރެންސްގައި ޕާޓީގެ އިސް ބޭފުޅުން ވަނީ އޭނާގެ ނަން ފާހަގަކޮށް ޝުކުރުއަދާކޮށްފަ އެވެ.

އަލީ ސޯލިހު ވަނީ، ޖޭޕީ ހިމެނޭހެން ގެނައި މިދިޔަ ވެރިކަންތަކުގައި ވެސް ސިޔާސީ މަގާމުތައް އަދާކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: