ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު ސަރުކާރާއި ހަވާލުވެގެން ތިބީ ނަގޫފިތިފަ ތިބި ބައެއް: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި ހަވާލުވެ، ވެރިކަން ކުރަމުން ދަނީ ނަގޫ ފިތިފައިވާ ބައެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިނާއި މެދު ސަރުކާރުން ފާޑު ބުނެ، ކެމްޕެއިނާއި މެދު ކަންބޮޑު ވުން ފާޅުކުރަނީ ސަރުކާރު ގޮތް ހުސްވެފައިވާކަމަށް ބުނެ އެވެ.

ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަދައްކަމުން އާދަމް ޝަރީފް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުރެ ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިނަކީ ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ކުރާ މަސައްކަތެއް ކަމުގައެވެ. އަދި މިފަދަ ކެމްޕެއިނެއް ކުރިއަށް ގެންދިއުމުން ދޭހަ ވެގެންދަނީ ރައީސް ޔާމީނަކީ ގައުމީ ބޭފުޅެއް ކަމަށާއި، މިނިވަން ގެއްލޭ ފަދަ އެއްވެސް ކަމެއް ވުމަށް ރައީސް ޔާމީން ދޫކޮށްނުލައްވާނެ ކަމެވެ.

މި މޭރުމުން ވާހަކަދައްކަމުން އާދަމް ޝަރީފް ވަނީ ރައީސް ޔާމިނާއި މިވަގުތު ސަރުކާރާއި ހަވާލުވެ ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަފާތަކީ ރައީސް ޔާމިން ގައުމު ދެކެވާ ލޯބިކަމަށެވެ. އަދި ސަރުކާރާއި މިވަގުތު ހަވާލުވެ ތިބި ބޭފުޅުންނަކީ ހިތުގައި ގައުމިއްޔަތަށް އެއްވެސް ލޯތްބެއް ނެތް ކަމެވެ.

“ރައީސް ޔާމީނަކީ ގައުމީ ބޭފުޅެއް… ހަރަކާތާއި ދެކޮޅަށް ސަރުކާރުން ނުކުތުމުން ދައްކުވައިދެނީ އެބޭފުޅުންގެ ހިތުގައި ގައުމިއްޔަތަށް އެއްވެސް ލޯތްބެއް ނެތްކަން” އާދަމް ޝަރީފް

ވެރިކަމުގައި ހުންނެވި އިރުވެސް ގައުމުގެ ސިޔާދަތު އިސްކުރައްވާ، މިނިވަންކަން ދެމެހެއްޓުމަށް ގިނަ މަސައްކަތް ރައީސް ޔާމީން ކުރެއްވިކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ބޭރުގެ ގައުމުތަކުގެ މެދުގައިވެސް ރާއްޖޭގެ އަބުރާއި އިއްޒަތް ދެމެހެއްޓުމަށް މަސައްކަތް ކޮށްފައިވާ އިރު، މިނިވަންކަން ދެމެހެއްޓުމަށް ވަރުގަދަ ސިޔާސަތުތަކެއް ވެސް އެމަނިކުފާނު ގެންގުޅުއްވި ކަމަށެވެ.

މިއަދު ސަރުކާރުން ސިފަ ކުރާ ގޮތަށް، މޭމަތި ނުވަތަ ބުރަކަށި ވެސް ފުރެންދެން ރައީސް ޔާމީން އިންޑިއާ އައުޓް ޖަހައިގެން އެކުރާ މަސައްކަތަކީ ރައްޔިތުން އެދޭފަދަ، ރައްޔިތުން ބޭނުންވާ ފަދަ މަސައްކަތެއް ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. މި މަސައްކަތާއި އެކު ރައީސް ޔާމީން އަންގަން ބޭނުންވަނީ ދިވެހި ފަސްގަނޑުގައި އިންޑިއާގެ އަސްކަރިއްޔާގެ ބަޔަކު ތިބެން ބޭނުން ނުވާ ކަމަށާއި ސަރުކާރުގެ ސިޔާސަތުތައް އެއް ފަޅިއަކަށް ބުރަވެފައި އޮތުމުން އެކަންތައް ރަނގަޅުކުރަން ބޭނުންވާކަން ހާމަވެގެންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެމްބަރު ފާހަގަކުރެއްވި ގޮތުގައި ރައީސް ޔާމިންގެ ހިތާއި ހަށިގަނޑުގެ ހުރިހާ ހިސާބެއްގައި ވެސް ވަނީ އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ބޭރުކޮށްލުމަށް ގޮވާލުމެވެ. އަދި ސިކުނޑީގައި މި ނޫން އެހެން އިތުރު މަސައްކަތެއް ކުރުމުގެ ހިޠާލެއް ނެތް ކަމަށްވެސް ފާހަގަކުރެއްވިއެވެ. އިންޑިއާ އައުޓް ކެމްޕެއިން ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ އެކި ރަށްރަށުގައި ވެސް ދަނީ އެރަށްރަށުގައިވެސް ކެމްޕެއިން ކުރިއަށް ގެންދިއުމަށް ރައްޔިތުން އެދޭ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

އިންޑިއާ އައުޓް ކެމްޕެއިނަކީ ރާއްޖޭގައި ތިބި އިންޑިއާ އަސްކަރިއްޔާ ނެރެލުމަށް ގޮވާލާ ހިންގާ ކެމްޕެއިނަކަށް ވީ އިރު، މިކަމާއި މެދު ސަރުކާރަށް ދެކޮޅު ނެހެދޭނެ ކަމަށް ވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ. ޕްރޮގްރާމުގައި ވާހަކަދައްކަމުން އޭނާ ވިދާޅުވީ ގާނޫނު އަސާސީ ގައި ބަޔާން ކުރާ ފަދައިން މިނިވަންކަމާއި ސިޔާދަތު ހިފެހެއްޓުމަށްޓަކައި ބަސްބުނުމުގެ ހައްްގު އެންމެންނަށްވެސް އޮންނަކަމަށެވެ.

“ހަރަކާތަކީ އިންޑިއާ ސިފައިން ބޭލުމަށް ހިންގާ ހަރަކާތެއް، ސަރުކާރަކަށް މިކަމާއި ދެކޮޅަށް ބަހެއް ނުބުނެވޭނެ” އާދަމް ޝަރީފް

އެހެންކަމުންކަން ރައްޔިތުންގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ބޭފުޅަކު، އިސްނަގައިގެން ހަރަކާތެއް ހިންގުމުން ރައްޔިތުންނަށް އެދައްކައިދެނީ ވަރަށް ރީތި ނަމޫނާ އެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތް ފުޅާ ކުރަން ޖެހުނީ، އެންމެ ގައުމަކަށް ބަރޯސާވާނެ ގޮތަށް ހާރިޖީ ސިޔާސަތު ވެސް ބައްޓަން ކުރުމުން ވަކި ގައުމެއްގެ ބާރުގެ ތެރެއަށް ރާއްޖެ ވަދެވުނަ ނުދިނުމަށްޓަކައި ކަމަށެވެ. ނަފުރަތު އުފެއްދުމުގެ ވާހަކަ މި ސަރުކާރުގެ އިސް ބޭފުޅުން ދައްކަވާއިރު، ކުރީގެ ސަރުކާރުގެ ދުވަސްވަރު އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިއްބެވި އެ ބޭފުޅުންގެ އަމަލުތައް ހުންނެވީ މާ ބޮޑަށް ގޯސްކޮށް ކަމަށް ވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: