ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާލަތު ގޯސްވީ އެންމެ އެކަށީގެންވާ ފިޔަވަޅު ނޭޅީމަ: ޑރ. ޑީޑީ

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ޑރ. ޑީޑީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވޮޑު 19 ގެ ހާލަތު ގޯސްވާން ދިމާވާ މައިގަނޑު ސަބަބަކީ ކަމާއި ބެހޭ އިދާރާތަކުން އެކަށިގެންވާ ފިޔަވަޅުތައް ނޭޅުންކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހުގައި ޑރ. ޑީޑީ ވިދާޅުވީ ދުނިޔެއަށް ދިމާވާ ކޮންމެ ބަލިމަޑުކަމެއް ރާއްޖެ ތަހައްމަލު ކުރަން ޖެހެނީ، އެހެން ގައުމުތަކާއި ހިލާފަށް 4 ނުވަތަ 5 މަސް ފަހުން ކަމުގައެވެ. އެހެންކަމުން ރާއްޖޭގެ ހާލަތު މިހާ ގޯސްވާން ޖެހެނީ ދިމާވާ ހާލަތުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ނޭޅޭތީވެ ކަމުގައިވެސް ޑީޑީ ވިދާޅުވިއެވެ.

ދުނިޔޭގައި ކޮވިޑު އެންމެ ފުރަތަމަ ފެތުރެން ފެށިއިރުވެސް ރާއްޖޭގެ ހާލަތު ގޯސްވާން މެދުވެރިވި ސަބަބަކީ އެއީ ކަމުގައި ޑީޑީ ވިދާޅުވިއެވެ. އޮމިކްރޯނަކީ އައު ވޭރިއެންޓަކަށް ވެފައި މިއަދު އަނެއްކާ ރާއްޖޭގައި މި ވޭރިއެންޓުވެސް ފެތުރެމުންދަނީ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން މުޅި ރާއްޖެއިން ދުވާލެއްގެ މައްޗަށް 1،400 ނުވަތަ 1،500 މީހުން ޕޮޒިޓިވް ވުމަކީ މިއަދު ކަންބޮޑު ވާންޖެހޭ ކަމެއް ކަމުގައި ޑރ. ޑީޑީ ފާހަގަކުރެއްވިއެވެ. ކޮންމެ ދުވަހަކު ބޮޑު އަދަދަކުން މީހުން ޕޮޒިޓިވް ވަމުންދާއިރު، ބަލީގެ ސަބަބުން މަރުވާ މީހުންގެ އަދަދުތައް މައްޗަށް ދާ ކަމަށް ވެސް ޑީޑީ ފާހަގަކުރެއްވިއެވެ.

އެގޮތުން ޑރ. ޑީޑީ ވިދާޅުވިގޮތުގައި ކޮވިޑުގެ ހާލަތު ގޯސްވެ، ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން މިވަގުތު އެޗްޕީއޭއިން ރަތް އެލާޓު ނެރެފައިވީ ނަމަވެސް އެއިދާރާއިން އެޅި ވަކި ފިޔަވަޅެއް ނެތެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލްކެޝަނުގެ މަސައްކަތާއި އެކު ސަރުކާރު އަވަދިނެތިފައި އޮތަސް ރާއްޖޭގައި ސީރިއަސް ހާލަތެއް މެދުވެރިވެދާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް އެނގިވަޑައިގަންނަވާކަމަށް ޑީޑީ ވިދާޅުވިއެވެ. އަދި ވިދާޅުވީ ހާލަތު ގޯސްވެދާނެ ކަން ފެންނަން އޮތް ނަމަވެސް ކަމާއި ގުޅުން ހުރި އިދާރާއަކުން އެއްވެސް ފިޔަވަޅެއް ނާޅާކަމަށެވެ. ޑރ. ޑީޑީ ވިދާޅުވީ ރައްޔިތުންގެ ރައްކާތެރިކަން “ކޮމްޕްރޮމައިޒް” ކޮށް، އެޗްޕީއޭ އިން އަމަލުކުރަމުންދާ ގޮތުނަ ދައްކުވައިދެނީ އިދާރާ ފެއިލް ވެފައިވާ ކަން ކަމުގައެވެ.

“ރައްޔިތުންގެ ރައްކާތެރިކަން ކޮމްޕްރޮމައިޒް ކޮށްލާފަ އެއްވެސް ފިޔަވަޅެއް ނޭޅުމަކީ އެޗްޕީއޭ ފެއިލް ވެފައިވާ ކަމުގެ ހެއްކެއް..” ޑރ. ޑީޑީ

މީގެ އިތުރުން ޑރ. ޑީޑީ ވަނީ ވަކިން ހާއްސަކޮށް ސަރުކާރުން މި ބަލިމަޑުކަމާއި މެދު މާ ބޮޑު ސަމާލުކަމެއް ނުދީ، ވަކި މަގްސަދެއް ހާސިލުކުރުމުގައި އަވަދިނެތި އުޅޭ މަންޒަރުކަމުގައި ވިދާޅުވެފައެވެ. ކޮމަންޑޫގެ ބައި އިލެކްޝަނަށް ސަރުކާރުން ވަމުންދާ ތައްޔާރީތަކަަށް އިޝާރާތްކުރަމުން އޭނާ ވިދާޅުވީ ވަކި އިންތިހާބެއް އޮތީ އޭ ބުނެ، ގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާ ހަރަކާތްތައް ކުރިއަށް ގެންދާ މަންޒަރު ފެންނަ އިރު، މިއީ ކަންބޮޑުވާން ޖެހޭ ކަމެއްގެ ގޮތުގައެވެ.

އުސޫލުތަކެއް ކަނޑައެޅުނު ނަމަވެސް އުސޫލުތަކަށް ތަބާއުވާ މަންޒަރު ނުފެންނަ ކަމުގައި ޑރ. ޑީޑީ ފާހަގަކުރެއްވިއެވެ. އޭނާ ވަނީ ނައިޓު މާކެޓާއި، އައު އަހަރު ފާހަގަކުރުމަށް އާއްމުން ނިކުމެ ބޭއްވި ޝޯތައް ހުއްޓުވުމަށް އެޗްޕީއޭ އިން ކުރި ކަމަކާއި އެޅި ފިޔަވަޅަކާއި މެދު ސުވާލު އުފައްދާފައެވެ.

އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅުމުން ރަނގަޅު ނަތިޖާއެއް ނިކުންނާނެ ކަމަށް ބުނަމުން ޑރ. ޑީޑީ ވަނީ އަވައްޓެރި އިންޑިއާ މިސާލެއްގެ ގޮތުގައި ދައްކާފައެވެ. ކާފިއު އިއުލާން ކުރެވި، ފިޔަވަޅު ވަރުގަދަ ކުރުމާއި އެކު ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދުވެސް ދަށްވެފައިވާ ކަމަށް ޑރ. ޑީޑީ ފާހަފަކުރެއްވިއެވެ.

ރާއްޖޭގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުންދާ އިރު، އެޗްޕީއޭއިން އަޅާނެ ވަކި ފިޔަވަޅަކާއި މެދު މަޝްވަރާކުރާ ތަނެއް، ނުވަތަ އިތުރު އުސޫލުތަކެއް ތަންފީޒުކުރާ މަންޒަރެއް ނުފެންނަ ކަމުގައި ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕީސީއާރު މަޖުބޫރު ކުރުން ފިޔަވައި އެހެން ކަމެއް އެޗްޕީއޭ އަކުން ނުކުރާ ކަމަށެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: