ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޒްލީނާގެ ގާތިލް މަރުވެފައި އޮއްވާ ފެނިއްޖެ

އަޒްލީނާގެ ގާތިލް އަބްދުﷲ ޒުހެއިރު
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ 22 އަހަރު ކުރިން ގއ މާމެންދޫ ޖަވާހިރުމާގޭ އަޒްލީނާ ނަފީޒް މަރާލި ހދ ކުޅުދުއްފުށީ އަބްދުﷲ ޒުހެއިރު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ޒުހެއިރު ފެނިފައިވަނީ އޭނާ މިހާރު ދިރިއުޅެމުންދާ ރަށް ކަމަށް ވާ ކ ދިއްފުށިންނެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 11.30 ހާއިރު ދިއްފުށީ އަތިރިމަތީ ހުރި ޖޯއްޔެއްގައި ޒުހެއިރު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށާއި ފެނުނު އިރު ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ޒަހަމްއެއް ފެންނަން ނެތް ކަމަށެވެ.

ޒުހެއިރުގެ މަރާއި ގުޅިގެން އިތުރަށް ތަހުގީގްތައް ކުރިއަށް ގެންދިއުމަށް ފުލުހުންގެ ޓީމެއް ވަނީ ދިއްފުއްޓަށް ގޮސްފައެވެ.

ވިޔަފާރިވެރިންގެ ޖަމުއިއްޔާ ތެރޭގައި ރަހުމްކުޑަ ގޮތަކަށް އަޒްލީނާ މަރާލާފައި އޮއްވާ ފެނިފައިވަނީ 2001 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 5 ވަނަ ދުވަހުއެވެ.

އަޒްލީނާ މަރާލި ކަމުގެ ކުށް ޒުހެއިރުގެ މައްޗަށް ސާބިތުވެ އޭނާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2002 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. ނަމަވެސް ޒުހެއިރު ވަނީ ޖަލަށް ލުމަށް ހުކުމްކުރިތާ 11 އަހަރު ފަހުން މިނިވަންކޮށްފައެވެ.

ޒުހެއިރު މިނިވަން ކޮށްފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭގެ ފަހުން ޒުހެއިރު ދިރިއުޅެމުން ދިޔައީ ދިއްފުށީގައި މީހަކާ ކައިވެނިކޮށްގެންނެވެ. އޭނާގެ އުމުރަކީ 48 އަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: