ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިހާރައެއްގައި ވަޅިން ހަމަލާދީ ޒަހަމަކޮށްލި ޒުވާނާ މަރުވެއްޖެ

ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދިނުން. ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ފިހާރައެއްގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާ ދިން އައްޑޫ ސިޓީއަށް ނިސްބަތްވާ 30 އަހަރުގެ ޒުވާނާ މަރުވެއްޖެއެވެ.

މި ހަމަލާދީފައި ވަނީ މާފަންނު މުރަނގަ މަގުގައި ހުންނަ ކްރަސާ ނަމަކަށް ކިޔާ ކޮސްމެޓިކްސް ވިއްކާ ފިހާރައެއްގައެވެ. ހެލްމެޓް އަލައި މޫނު ފޮރުވައިގެން ތިބި ބަޔަކު ހަމަލާދީފައިވަނީ، އުމުރުން 30 އަހަރުގެ އައްޑޫ ސިޓީއަށް ނިސްބަތްވާ ޒުވާނަކަށްކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ހަމަޅާއާއި ގުޅިގެން އޭނާގެ ހާލު ސީރިއަސްވުމުން ފަރުވާ ދެމުން އައީ އައިޖީއެމްއެޗުގައެވެ. ހޮސްޕިޓަލުން ބުނިގޮތުގައި އޭނާއަށް ފަރުވާދެމުންދިޔައީ ވެންޓިލޭޓަރުގައެވެ.

މިހާރު މި މައްސަލައިގައި އެކަކު ވަނީ ހައްޔަރުކޮށްފައެވެ. ގޭންގު މާރާމާރީތަކެއް ފެށި، ހިނގައި ދިޔަ ހަމަނުޖެހުމެއްގެ ތެރެއިން މަލޭގެ ފިހާރައެއްގެ ތެރޭގައި ވަޅިން މީހަކަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރު ކުރީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާއަކީ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހެއްކަމަށް ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއެވެ. ކޮމިޝަނަރު ވިދާޅުވީ ހަމަލާ ދިންކަމުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. އަދި މިހާރު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: