ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރާމާރީ ހިންގައި ބިދޭސީއަކަށް ވަޅިން ހަމަލާ ދިން ބިދޭސީއަކަށް 10 އަހަރުގެ ޖަލު ހުކުމެއް!

ކްރައިމް ސީންއެއްގައި ފުލުހުން ހަރަކާތްތެރި ވަނީ/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ތޫނު އެއްޗަކުން ހަމަލާ ދީ ބިދޭސީއަކު ޒަހަމްކޮށްލި މައްސަލައިގައި ދައުވާ ކުރި ބަނގްލަދޭޝްގެ ރައްޔިތަކަށް ކުށް ސާބިތުވެ 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

މިއީ ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ބޮކުލް ތޫނު އެއްޗެއް ބޭނުންކޮށްގެން މަރާމާރީ ހިންގަން އުޅުނު މައްސަލައިގައި އޭނާގެ މައްޗަށް ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 08 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މައްދާގެ (ށ) ގެ ދަށުން ދައުވާ އުފުލި މައްސަލައެކެވެ.

މައްސަލައިގައި ބުނެފައި ވަނީ، 2020 ޑިސެމްބަރު 16 ގެ ރޭގަނޑު 21:48 ހާއިރު މާލޭގެ ކެނެރީ ގޯޅި – ހަވީރީ ހިނގުމުގައި ހުރި ބަންގްލަދޭޝްގެ ބައްކު އަލީގެ ދަތްދޮޅި އާއި ބޮލާއި މޭމައްޗާއި، ވަތްފަރާތު ކިހިލިފަތް ދަށުން ފެށިގެން ވާއަތްފަރާތު ބޮނޑިފަޅިއަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ބޮކުލް ހަމަލާދީފައިވާ ކަމަށެވެ. އަދި ބޮކުލް ދައުލަތުން އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރާތީ، ދައުލަތުން ވަނީ ދައުވާ ސާބިތު ކުރުމަށް ހެކި ގަރީނާ ހުށަހަޅާފަ އެވެ.

ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ބޮކުލް އެރޭ، ބޮއްކުއަށް ވަޅިއަކުން ހަމަލާ ދިނުމުގެ ސަބަބުން އޭނާއަށް އަނިޔާވިކަން ފާހަގަކޮށް ޒަހަމްތަކަށް އައިޖީއެމްއެޗުން ހޯދި ފަރުވާގެ ތަފްސީލުތައް ހިމެނެ އެވެ. އަދި ބޮއްކުއަށް ހަމަލާ ދީ ޒަހަމްވެފައިވާކަމުގެ މައުލޫމާތު ލިބި އޭނާގެ އެކުވެރިޔާ މަނިކު މިއާ ހޮސްޕިޓަލަށް ދިޔައިރު ހަށިގަނޑުގައި ބޭސް އަޅާފައިވާ ފެނުނުކަން ސާބިތު ކުރުމަށް އޭނާގެ ހެކި ބަސް ހުށަހެޅި އެވެ.

ދައުލަތުން ވަނީ ހަމަލާ ދިން ރޭ ހާދިސާ ހިނގިތަނަށް ދިޔަ ފުލުސް އޮފިސަރުންގެ ހެކި ބަސް ވެސް ހުށަހަޅާފަ އެވެ. އެއީ ހަމަލާގައި ޒަހަމްތަކެއް ލިބުނު ބޮއްކުއާއި އޮފިސަރާއި ވާހަކަ ދެއްކުނުކަން ސާބިތު ކުރުމަށެވެ. އޭގެ ތެރޭގައި ބައްކުގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާގެ ފޮޓޯތައް ސާބިތު ކުރުމަށް ސީން އޮފް ކްރައިމް އޮފިސަރުންގެ ރިޕޯޓު ހުށަހެޅުން ހިމެނެ އެވެ. އަދި އެ ސަރަހައްދުން އެރޭ ނެގި ސީސީޓީވީ ފުޓޭޖު ވެސް ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. އެއީ ވީޑިއޯއިން ފެންނަނީ ބައްކު އާއި، ބޮކުލްކަން ސާބިތު ކުރުމަށެވެ.

މީގެއިތުރުން ދައުލަތުން ދެން ހުށަހަޅާފައިވަނީ އައިޖީއެމްއެޗުން ތައްޔާރު ކުރި މެޑިކޯ ލީޖަލް ރިޕޯޓުގެ ތަފްސީލުތަކެވެ. އެކަމުގެ މައުލޫމާތު ދިނުމަށް، އެ ރިޕޯޓު ތައްޔާރު ކުރި ޑޮކްޓަރުގެ ހެކި ބަސް ހުށަހެޅި އެވެ.

މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ބެއްލުމަށް ފަހު ޝަރީއަތުން ނިންމެވީ މަދަނީ މިންގަނޑަކުން ބަލާއިރު ދައުވާތައް ކުރިޔަށް ގެންދެވޭނެ ކަމަށެވެ. ނަމަވެސް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަށް ދޭ ފުރުސަތުގައި ދެ ފަރާތުން ވެސް ޝަރީއަތުގެ ކުރިން ހުށަހެޅުމެއް ހުށަހަޅާފައި ނުވެ އެވެ.

މި މައްސަލައިގައި ބައްކު ބުނީ އޭނާއަށް ހަމަލާ ދޭން ޖެހުނު ސަބަބެއް ނެނގޭ ކަމަށެވެ. އަދި އެ ދުވަހު ހޮޓަލުން ކައިގެން އޭނާ އަންނަނިކޮށް، ތުހުމަތު ކުރެވޭ މީހާ އަނިޔާ ކުރިކަމަށާއި ހަމަލާ ދިނީ ކޮނޑާއި އަރިއްކައްޓާއި ދިމާލަށް ވަޅިއަކުން ކަމަށެވެ.

މައްސަލަ ބިދޭސީ މީހާގެ މައްޗަށް ސާބިތުވެއްޖެ ނަމަ އަންނާނީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެކެވެ. ކޯޓުގެ ހުކުމުގައި ވަނީ ބިދޭސީ މީހާއަށް ބޮޑެތި ޒަހަމްތަކެއް ލިބިފައުވާ ކަމަށެވެ. އެންވެ، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ޝަރީއަތުން ކަނޑައެޅި އެވެ. 10 އަހަރުގެ ހުކުމެއް ބުކޮލްއަށް އިއްވި ނަމަވެސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނި ކުރުމުން ޖަލުގައި ހޭދަ ކުރަން ޖެހޭނީ 08 އަހަރާއި ތިން މަސް ދުވަހެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: