ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީއަތް ނިމެންދެން ފައިހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި

މާރާމާރީގެ ދައުވާ ކޮށްފައިވާ ފައިހު/ ފޮޓޯ ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ގުރޫޕު ހަދައިގެން މާލޭގައި މާރާމާރީ ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ދައުވާ އުފުލާފައިވާ އިބްރާހިމް ފައިހު ނިޒާމް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މި އަހަރުގެ ކުރީކޮޅު މާލޭގައި ސިލްސިލާގޮތެއްގައި ކުރިޔަށް ދިޔަ މާރާމާރީތަކަށް ފަހު، ފުލުހުން އެ މައްސަލަތަކުގެ ތަހުގީގަށް ބަޔަކު ހައްޔަރު ކުރި އެވެ. އަދި އެ މާރާމަރީތަކުގައި ބައިވެރިވީކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ފައިހް ހޯދާ ނުފެނިފައި ވަތީ އެންމެ ފުރަތަމަ އޭނާގެ ވަނަވަރު ފުލުހުން އާއްމު ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ހޯދަން އިއުލާނު ކުރިތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން، އޭނާ ފެނުނުއިރު ފުލުހުން ތުހުމަތު ކުރަނީ ބަޔަކު ފައިހު ފޮރުވައިގެން ގެންގުޅުނީ ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން އިތުރު ފަސް މީހަކު ހައްޔަރު ކުރީ ފައިހު ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާ ކުރުމުން އޭނާ އަމިއްލައަށް ފުލުހާއި ހަވާލުވުމުންނެވެ.

އެކަމަކު އޭގެ ތެރެއިން ބަންދުގައި މިވަގުތު ތިބީ ތިން މީހުންނެވެ. އަނެއް ދެ މީހުން ވަނީ ދޫކޮށްލާފަ އެވެ.

މާރާމާރީތަކުގެ މައްސަލައިގައި ފައިހުގެ މައްޗަށް އުފުލާފައި ވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އާއި، ގައިގައި އަތް ލުމުގެ ކުށުގެ ދައުވާ އަދި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.

ފައިހުއަށް އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުންތައް ފެށިއިރު، އޭނާ ކޯޓަށް ހާޒިރުވީ ވަކީލަކާއި އެކު އެވެ. ދިފާއީ ވަކީލު ކޯޓުގައި އެދުނީ ދައުވާތަކަށް ޖަވާބުދާރީވުމުގެ އިތުރު ފުރުސަތެއް ދިނުމަށެވެ. ވަކީލު ބުނެފައި ވަނީ އޭނާއަށް ފައިހުއާއި ބައްދަލުވެފައި ނުވާތީ މައްސަލައަށް ތައްޔާރުވެފައި ނުވާކަމަށެވެ.

އެހެންވެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ނިންމެވީ ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ދިނުމަށެވެ.

ޝަރީއަތް ނިމެންދެން ފައިހު ބަންދުގައި ބެހެއްޓުމަށް ނިންމާފައި ވަނީ އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ އެވެ. ދައުލަތުން ބުނީ ފައިހު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދޭކަމަށާއި އޭނާއަކީ ކުރީގައި ވެސް ފިލައިގެން އުޅުނު މީހަކަށް ވާތީ އެކަން ތަކުރާރުވުމުގެ ފުރުސަތު އެހެން ނޫނީ އޮންނާނެ ކަމަށެވެ. އަދި މައްސަލައިގެ ބާވަތުން ފައިހު ދޫވެފައި ހުރެއްޖެ ނަމަ އޭނާގެ ފަރާތުން މުޖްތަމައުއަށް ނުރައްކާވުމުގެ އިހްތިމާލު އެބައޮތްކަމަށް ވެސް ދައުލަތުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: