ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭންކުން ފައިސާ ގެއްލުމުން ފުލުހަށް ދާންޖެހޭއިރު، އެ މުއައްސަސާ އޮތީ ސިޔާސީ ގޮތުން ބޮއްސުންލާފަ: ސެމްބެ

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް(ސެމްބެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްލެ) ގެ އެކައުންޓުތަކުގައި ހުރި ފައިސާ ވާނުވާ ނޭނގި ގެއްލުމުން ދާންޖެހެނީ ފުލުހުންގެ މުއައްސަސާއަށްކަމަށްވާއިރު، އެ މުއައްސަސާ އޮތީ ސިޔާސީ ގޮތުން ބޮއްސުންލާފައިކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.

ބީއެމްއެލް އެކައުންޓުތަކުން ވާނުވާ ނޭނގި ފައިސާ ގެއްލޭ މައްސަލައަކީ އަންމުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. އަދި ކަސްޓަމަރުންގެ ޕާސަނަލް މައުލޫމާތު ސްކޭމަރުންނަށް އެނގޭތީ ފައިސާ ގެއްލުމުގައި ބޭންކުގެ އަތެއް އޮތްކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. މި ތުހުމަތުތައް ދޮގުކުރުމުގެ އިތުރުން މި މައްސަލަ ހައްލުކުރުމަށްޓަކައި ބީއެމްއެލްގެ ފަރާތުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާކަންވެސް ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

އާންމުންގެ މި ޝަކުވާތަކާއިއެކީ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވަނީ މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް މައްސަލަ ހައްލުކުރުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅުއްވާފައެވެ. މި މައްސަލައިގެ ބަހުސްކުރުމުގެ ފުރުސަތުގައި ވާހަކަދައްކަވަމުން މުހައްމަދު ލަތީފް ވިދާޅުވީ މިއީ ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއްކަމަށާއި، ބީއެމްއެލްގެ ތެރެއިން މިފަދަ ކަންކަން ހިނގައިގެން ދިއުމަކީ ރައްޔިތުން އެދޭނެކަމެއް ނޫންކަމަށެވެ.

އެހެންކަމަށްވާއިރު، މިފަދަ މުއައްސަސާތަކުން އިހުމާލު މި ވަނީ ކީއްވެގެންތޯ ސުވާލުއުފައްދަންޖެހޭކަމަށް މުހައްމަދު ލަތީފް ވިދާޅުވިއެވެ. މި މައްސަލަ ހިފައިގެން އެންމެ ފުރަތަމަ ދާންޖެހެނީ ފުލުހުންގެ އިދާރާއަށްކަމަށާއި، ފުލުހުންގެ އިދާރާގެ އިހުމާލު އިންތިހާއަށް ބޮޑުވެފައިވާކަމަށް މުހައްމަދު ލަތީފް ފާހަގަކުރެއްވިއެވެ. ފުލުހުންގެ އިދާރާއަށް ކޮންމެ ކަމެއްވެސް ވަރިހަމަވެފައިވާކަމަށާއި، ފުލުހުންގެ މުއައްސަސާ އޮތީ ސިޔާސީ ގޮތުން ބޮއްސުންލާފައިކަމަށެވެ.

އެ އިދާރާ ބޮއްސުން ލާފަ އޮތްކަމަކީ އަޅުގަނޑުމެންގެ ސުލްހަ މަސަލަސްކަން ގާއިމްނުވެ މިދަނީ، ރޯމާ ދުވާލު އެތައް ފުރާނައެއް ލޯކުރިމަތީ ބީވަމުންދާއިރު މިކަންކަން ބެލޭނެ، ބަލާނެ ފަރާތެއް ނެތީމަ ކަންބޮޑުވުން އެބަ އޮތް

މުހައްމަދު ލަތީފް ވިދާޅުވިއެވެ.

ދައުލަތެއް ހިންގުމަށް ވަކި ބަޔަކާއި ސަރުކާރު ހަވާލުކުރުމުން އެ ސަރުކާރުގެ ކަންކަން ބައްޓަންކުރާ ގޮތުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ނިކަމެތި ކަންކަމާއި ކުރިމަތިލާންޖެހޭކަމަށް މުހައްމަދު ލަތީފް ވިދާޅުވިއެވެ. ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި މުހިންމު ކަންތައްތަކަށް އެޓެންޑްނުވުމުގެ ސަބަބުން ރައްޔިތުން ދަނީ ބިކަވަމުންކަމަށާއި، ދުވާލަކު އެތައް މިލިއަން ރުފިޔާއެއް ގެއްލެމުންދާއިރު އެ މައްސަލަތައް ހުށައެޅުމުން މައްސަލަތައް ނުބަލާކަމަށް ފާހަގަކުރެއްވިއެވެ.

މުހައްމަދު ލަތީފް ވިދާޅުވީ މީހަކުގެ އޭނާގެ އެކައުންޓަށް ފައިސާތަކެއް ޖަމާކުރުމުން ކުށެއް ނެތް މީހާގެ އެކައުންޓު ފްރީޒްކޮށްފައި އެބަހުރިކަމަށާއި، އެހެންކަމުން ކުށެއް ނެތް މީހާގެ ދިރިއުޅުން ބައްޓަންކުރުމުގައި ދަތިތަކާއި ކުރިމަތިވާކަމަށެވެ. މިކަންކަން ނުބެލި ދިގުލާގެން ދާއިރު މިފަދަ ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މުއައްސަސާތަކުގެ ވެރިންގެ ޒިންމާ ކޮބައިތޯ މުހައްމަދު ލަތީފް ސުވާލުއުފެއްދެވިއެވެ.

ބޭންކުގެ މައްސަލައަކީ ގައުމުގެ އިގްތިސާދާއި އަދި މުސްތަގުބަލާއި ގުޅިފައިވާ މައްސަލައެއްކަމަށް ފާހަގަކުރައްވާ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވަނީ މި މައްސަލަ ސިޔާސީ މައްސަލައަކަށް ހަދައިގެން މެންބަރުން ވާހަކަދައްކަވާފައިވާތީ ކަންބޮޑުވުންފާޅުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: