ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ގެންގުޅުއްވަނީ ގައުމަށް ބޭނުންތެރި މީހުން ބިނާކުރުމުގެ ސިޔާސަތެއް: ޝަރީފް

ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ގެންގުޅުއްވަނީ ރާއްޖޭގައި ހުނަރުވެރި ގާބިލު އަދި ގައުމަށް ބޭނުންތެރި މީހުން ބިނާ ކުރެއްވުމުގެ ސިޔާސަތެއްކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެވެ.

މަސައްކަތުގެ ދާއިރާއަށް މީހުން ބިނާކުރުމަށް ސްޓެލްކޯ އަދި މޯލްޑިވްސް އާއި ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރައްމިއްޔާގައި ވާހަކަދައްކަވަމުން ޝަރީފްވަނީ އެ އެއްބަސްވުމުގެ ސަބަބުން ލިބިގެންދާ ފައިދާތައް ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ، އެއްބަސްވުމުގެ ދަށުން ސްޓެލްކޯގެ އިނޖީނުތައް ފަދަ ވަސީލަތްތަކާއި އެ ކުންފުނީގެ މުވައްޒަފުން މަސައްކަތްތައް ތަޖުރިބާކުރުމަށް ޕޮލިޓެކްނިކްއިން ތަމްރީނު ލިބިގަންނަ ފަރާތްތަކަށް ފުރުސަތު ފަހިވެގެންދާކަމަށެވެ. ޝަރީފް ވިދާޅުވީ، އެ ކަމުގެ ސަބަބުން ކިޔައިދޭ ލެކްޗަރާއިންނަށްވެސް ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދެއްވުމުގެ ތަނަވަސްކަން ލިބިގެންދާނެކަމަށެވެ.

އިތުރު މުހިންމު ކަމެއް އޮތްކަމަށް ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ގެންގުޅުއްވާ މީހުން ބިނާ ކުރުމުގެ ސިޔާސަތުތައް އެންމެނަށްވެސް އެނގިވަޑައިގަންނަވާނެކަމަށެވެ. އޭނާ ވިދާޅުވީ، އެމަނިކުފާނު ގެންގުޅުއްވަނީ ރާއްޖޭގައި ހުނަރުވެރި ގާބިލު އަދި ގައުމަށް ބޭނުންތެރި ޒުވާނުން އުފެއްދުމުގެ ސިޔާސަތެއްކަމަށެވެ.

ޝަރީފް ވިދާޅުވީ، ސްޓެލްކޯ އަދި ޕޮލިޓެކްނިކް ދެމެދު ގާއިމު ކުރެވުނު އެއްބަސްވުމެއްގެ މައިގަނޑު ބޭނުމަކީވެސް އެ ސިޔާސަތުގެ ދަށުން މަސައްކަތްކުރުންކަމަށެވެ.

އޭނާ ވިދާޅުވީ، ސްޓެލްކޯ އަކީ ރާއްޖޭގެ ރައްޔިތުންގެ ކުންފުންޏެއްކަން އެނގިވަޑައިގަންނަވާނެކަމަށެވެ. އޭނާ ވިދާޅުވީ، ސްޓެލްކޯއަކީ އެ ކުންފުނިން ހިދުމަތްދޭ ސަރަހައްދުތަކުގެ ރައްޔިތުންގެ ކުންފުންޏެއްކަމަށެވެ. އެހެންކަމުން ރައްޔިތުން އެދޭ ގޮތުގެ މަތިން އެދޭ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ކުންފުނީގެ އެންމެ އިސް މަސްއޫލިއްޔަތުކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އެ މަސްއޫލިއްޔަތު އަދާ ކުރެވޭނީ ކުރެވޭ މަސައްކަތައް ބޭނުންވާ މައުލޫމާތުތައް ލިބިފައިވާ ބަޔަކަށް ކަމަށާއި، ކަންކަން ކުރެވޭނީ ހުނަރުވެރި ތަޖުރިބާ ހުރި ބަޔަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުން ބޭނުންވާ ހިދުމަތްތައް ބޭނުންވާ ގޮތަށް ދެވޭނީ އޭނާ ދެންނެވި ވިސްނުމުގެ މަތިންކަމަށެވެ. އަދި އެ ކުންފުނީގެ ހިދުމަތްތައް ރަނގަޅުތޯ ނޫންތޯ މިނާނެ ފަރާތްތަކަކީ ކުންފުނީގެ ކަސްޓަމަރުންކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުންފުންޏަށް އަމިއްލައަށް އެ ނިންމުން ނުނިންމޭނެކަމަށެވެ.

ޝަރީފް ވިދާޅުވީ، ހިދުމަތްތަކުގެ ފެންވަރު ރަނގަޅުތޯ ނުވަތަ ނޫންތޯ ބުނަނީ ކަސްޓަމަރުންކަމަށެވެ. އޭނާ ވިދާޅުވީ، ޕޮލިޓެކްނިކާއިއެކު ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެ ޓާގެޓު އެޗީވްކުރުމުގެ ގޮތުންކަމަށެވެ. އޭނާ ވިދާޅުވީ، ހާއްސަކޮށް އަތޮޅު ތެރޭގައި ހަރާކަތްތެރިވާ ސްޓާފުން އަސާސީ ފެންވަރެއްްގައި ތަމްރީނު ކުރުމަކީވެސް އެ ކުންފުނިން ހާސިލުކުރަން ބޭނުންވާ މަގުސަދެއްކަމަށެވެ.

އޭނާ ވިދާޅުވީ، އެ ކުންފުނީގައި ހަތް ސަތޭކަ އޮނަތިރީހާއި ގާތް ކުރާ އަދަދެއްގެ ޓެކްނީޝަނުން މަސައްކަތްކުރަމުންދާކަމަށެވެ. އެހެންކަމުން “ބޭސިކް ސެޓްފިކެޓް” އެއް ލިބިފައިނުވާ އެންމެހާ ޓެކްނިކަލް މުއައްޒިފުން މި އަހަރުގެ ތެރޭގައި ތަމްރީނުކޮށް ނިންމުމަށް ސްޓެލްކޯއިން އަމާޒުކުރާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ޓާގެޓުކުރައްވަނީ ހާސިލުކުރާ ފަރާތްތައް ސެޓިފައިޑް ޓެކްނީޝަނުންގެ ގޮތުގައި ވަޒީފާއަށް ނެރުމަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: