ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރައިދޫ ދާއިރާގެ ގޮނޑިއަށް އެމްޑީޕީއިން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީއަށް 4 މީހުން ނަން ހުށައަޅައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލްކެޝަނުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމަށް 4 މީހަކު ކުރިމަތިލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން 2023 އޭޕްރިލް 15 ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް އިއުލާންކުރެއްވީ 26 ވަނަ ދުވަހުއެވެ. އެއީ އެ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ 2މާއި ގުޅިގެންނެވެ. 27 ފެބުރުއަރީ އިން ފެށިގެން ފޯމުތައް ބަލައިގަންނާނެކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްން ގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީވެސް 27 ފެބުރުއަރީގައެވެ. މި ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ އެމްޑީޕީގެ މެންބަރުން، އެބޭފުޅަކު ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާކަން ހާމަކޮށްދޭ 100 މެންބަރުންގެ ތާއީދު ފޯމު ހުށައަޅަންޖެހެއެވެ.

މި ފުރުސަތުގައި މިހާތަނަށް ނަން ހުށައަޅާފައިވަނީ ޖުމްލަ 4 މެންބަރެކެވެ. އެއީ  ކ. މާފުށީ މުހައްމަދު މުސްތަފާއާއި ކ. މާފުށީ ސަލްމާނު ރަޝީދު އަދި މާލެ އިބްރާހީމް ޝާހުގެ އިތުރުން އަބްދުﷲ ސައީދުއެވެ.

މި ބައިލެކްޝަނާއި ގުޅޭ ގޮތުން އިދިކޮޅުގެ ނިންމުމަކީ ކޮބައިތޯ ބެލުމަށް ”ސަންގުން“ ސުވާލުކުރުމުން ޕީޕިއެމް ނައިބު ރައީސް އަހުމަދު ޝިޔާމްވެސް ވިދާޅުވީ ޕީޕިއެމްގައި މިހާރު ކުރިއަށްދަނީ މި އިންތިހާބާއި ގުޅޭ ގޮތުން ކުރާ މަޝްވަރާތައްކަމަށެވެ. އެހެން ނަމަވެސް ޕީޕީއެމްއިން މި ގޮނޑިއަށް ވާދަކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި މި އިންތިހާބާއި ގުޅިގެން ޕާޓީއިން ނިންމާ ނިންމުންތައް ވަރަށް އަވަހަށް މީޑިއާތަކާއި ހިއްސާކުރައްވާނެކަމަށް ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.

މި ދާއިރާގެ މެންބަރުކަމުގައި ހުންނެވި ރިޒާއަކީ ޕީޕިއެމްއަށް ނިސްބަތްވެވަޑައިގަންނާވާ މެންބަރެކެވެ. ރިޒާ އަވަހާރަވީ ފެބުރުއަރީ 23 ގައެވެ.

ގާނޫނު އަސާސީގެ 79 މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވާ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަންވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: