ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޒީރާވަންތަ ރާއްޖެއެއް ބިނާކުރުމަށް ގާބިލު ހުނަރުވެރި މަސައްކަތްތެރިން ބިނާކުރަންޖެހޭ: ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަޒީރާވަންތަ ރާއްޖެއެއް ބިނާކުރުމަށްޓަކައި އެންމެ މުހިއްމީ ފަންނީ ގާބިލު ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުންކަމަށާއި ސަރުކާރުން މަސައްކަތްތެރިންނަށް ޚާއްސަ ސަމާލުކަމެއް ދޭކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ(އެމްއައިޓީ) ގުޅިގެން ބޭއްވި ސްކިލްޑް ސަރޓިފިކޭޓް އެވަރޑީން ސަރމަނީ ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިނިސްޓްރީއިން މީހުން ބިނާކުރުމަށް ކުރާ މަސައްކަތުގައި އެމްއައިޓީއަކީ ވަރަށް ޚާއްސަ ބައިވެރިއެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ މޯލްޑިވްސް ޕޮލިޓެކްނިކްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން ސަރުކާރުން ޓިވެޓުގެ ތައުލީމަށް ދޭ ސަމާލުކަން ހާމަވެގެން ދިޔަ ކަމަށެވެ.

އެނގިވަޑައިގަންނަވާނެ މިދިޔަ ހަފްތާގައި ރާއްޖޭގެ ސަރުކާރުގައި ހުރި ހަމައެކަނި ޓިވެޓްގެ ތައުލީމު ފޯރުކޮށްދޭ މުވައްސަސާ މޯލްޑިވްސް ޕޮލިޓެކްނިކްގެ މުވައްޒަފުންގެ މުސާރަވެސް މިވަނީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑުތަނުން ބޮޑުކޮށްދެއްވާފައި. އެހެންވީމަ މީގެއިން މި ދައްކުވައިދެނީ މި ދާއިރާއަށް ސަރުކާރުންދޭ އިސްކަމާއި ސަމާލުކަން.

ދާދިއަވަހަށް ވޮކޭޝަނަލް ދާއިރާއިން މިހާރަށްވުރެ ބޮޑު މަތީ ސަނަދުތައް ލިބޭނެ ގޮތަށް ކަންކަން ބައްޓަންވެގެން ކުރިއަށް ދާނެކަމަށް އުއްމީދު ކުރައްވާކަމަށާއި ޑިގްރީފެންވަރަށް އެދާއިރާއިން ކިޔެވޭނެގޮތް ހައްދަވައި ދެއްވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

މަސައްކަތުގެ ތައުލީމާއި ހުނަރަކީ ދުނިޔަވީ އަދި ދުވަހީ ކަންކަމުގައި ދިމާވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދައިދޭ ކަމެއްކަމަށާއި މެތަމެޓިކްސްއާއި ސައިންސާއި ފިޒިކްސްގެ މައްޗަށް ބިނާވެފައި އޮންނަ ތައުލީމެއް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން އެފަދަ ދާއިރާތަކުން ޑިގްރީ ފެންވަރަށް ދާދި އަވަހަށް ރާއްޖޭގައި ކުރިއަށް ނުދޭންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާކަމަށް ޑރ  އިބްރާހިމް ހަސަން ވިދާޅުވިއެވެ.

 އެފަދަ ދާއިރާތަކުން ޑިގްރީ ފެންވަރަށް ދާދި އަވަހަށް ރާއްޖޭގައި ކުރިއަށް ނުދޭންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. އާދެ އަޅުގަނޑުގެ ވިސްނުން ހުރީވެސް އެދިމާލަށްކަން އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން ބޭނުން.

މަސައްކަތުގެ ތައުލީމާއި ހުނަރާއި ތައުލީމަށް ކުރާ އިހްތިރާމް ބޮޑުވާން ޖެހޭ ކަމަށާއި އެކަން ފުރިހަމައަށް ކުރެވޭނީ އެ ކަމުގައި އަމަލީ ގޮތުން ބައިވެރިވާ ފަރާތްތަކަށް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: