ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓް ސަރަހައްދުގެ ސެކިއުރިޓީ އާއި ސާފްކުރުމުގެ މަސައްކަތަށް މުއައްޒަފުން ނަގަން ހުޅުވާލުން

ޝެއާރކޮށްލާ ކަހަލަދޯ؟

އެޗްޑީސީގެ ފަރާތުން ހުޅުމާލެ ފޭސް 2 ގެ ހިޔާ ސަރަހައްދު ސާފުކުރުމާއި ސެކިއުރިޓީ ބެލެހެއްޓުމަށް މުއައްޒަފުން ނެގުމަށް އޯޕަންޑޭ އެއް ބޭއްވުމަށް ނިންމައިފިއެވެ.

ހުޅުމާލެ ފޭސް 2 ހިޔާ ސަރަހައްދު ސާފުކޮށް ބޭއްވުމަށާއި ސެކިއުރިޓީ އިތުރަށް ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ސެކިއުރިޓީ އެސިސްޓަންޓުން އަދި ސަޕޯޓް ސްޓާފުން ނެގުމަށް ނިއްމާ އެ ފުރުޞަތު 10 މާރިޗު 2023 ވަނަ ދުވަހު ބާއްވާ އޯޕަން ޑޭގައި ހުޅުވާލުމަށް މި ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.

މިގޮތުން އަންނަ ހުކުރު ދުވަހު 16:00 – 18:00 އަދި 20:00 – 22:00 އަށް އޯޕަން ޑޭ އަދި މި މަޤާމުތަކުގެ ވޯކް އިން އިންޓަވިއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ފޭސް 2 ކާމިލް ދީދީ ސްކޫލުގައެވެ.

މިފަހަރު ހުޅުވާލެވޭ ފުރުޞަތުތަކުގައި 88 ސެކިއުރިޓީ އެސިސްޓަންޓުންނާއި 48 ސަޕޯޓް ސްޓާފް ނުގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދެ މަގާމަށް ވެސް މުސާރާއިގެ ގޮތުގައި 10،500 ރުފިޔާ ވަނީ ކަނޑައެޅިފައެވެ.

އޯޕަން ޑޭގައި ބައިވެރިވެ ވަޒީފާގެ ފުރުޞަތައް އެދި ހުށަހަޅަން ބޭނުންވާ ކޮންމެ ބޭފުޅަކުވެސް އައި.ޑީ ކާޑްގެ ކޮޕީ، ތަޢުލީމީ ސެޓިފިކެޓް އަދި ސީވީ ހިފައިގެން ވަޑައިގެން އިންޓަވިއުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.  މި ކޯޕަރޭޝަނުގެ އަމާޒަކީ ހިޔާ ސަރަހައްދަކީ ހިތް ފަސޭހަ އަދި ރައްކާތެރި މާހައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއްކޮށް އަދި މި މަސައްކަތުގައި ހިޔާ ސަރަހައްދުގައި ދިރިއުޅުއްވާ ފަރާތްތަކުގެ ބައިވެރިވުމާއި ހިޔާލު ހިމެނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: