ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ފުލުހުން ޓޭޒަރ ގަން ބޭނުންކުރަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ތެރޭގައި ގާއިމުކުރެވިފައިވާ ހައިވިޒިބިލިޓީ ޕޮލިސިން ޑިޕާޓްމަންޓުގެ ފުލުހުން ހަރަކާތްތެރިވާއިރު ކޮންޑަކްޓިވް އެނާޖީ ޑިވައިސް މިހާރު ބޭނުންކުރަމުންގެންދާނެ ކަމަށް އެ މުއައްސަސާއިން ބުނެފިއެވެ.

ފުލުހުންގެ ވާޖިބުއަދާކުރުމުގައި ގާނޫނީގޮތުން ލިބިފައިވާ ބާރާއި އިހުތިޔާރުގެ ތެރެއިން ކަނޑައެޅޭ ހާއްސަ ހާލަތްތަކެއްގައި، ލެސް ލީތަލް ހަތިޔާރެއްގެ ގޮތުގައި ކޮންޑަކްޓިވް އެނާޖީ ޑިވައިސް (ސީ.އީ.ޑީ) ނުވަތަ ޓޭޒަރ، ދިވެހި ފުލުހުންގެ ޚިދުމަތުން ބޭނުންކުރުމާއި ގެންގުޅުމަށް ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން، ޓޭޒަރ ގެންގުޅުމުގެ ހުއްދަ ދޫކޮށްފައިވަނީ މި ޑިވައިސް ގެންގުޅުމާއި ބޭނުންކުރުމުގެ އުސޫލު (ކޮންޑަކްޓިވް އެނާޖީ ޑިވައިސް ގެންގުޅުމާއި ބޭނުންކުރުމުގެ އުސޫލު) ގައި ބަޔާންކުރާ މިންގަނޑަށް ތަމްރީނުވެފައިވާ ފުލުހުންނަށެވެ. އަދި ޓޭޒަރ ހަވާލުކުރެވޭ ފުލުހަކު އެ ޑިވައިސްއާއެކު ޑިއުޓީކުރާނަމަ ޑިއުޓީގައި ހަރަކާތްތެރިވާނީ ބޮޑީވޯން ކެމެރާއާ އެކުގައެވެ. ޓޭޒަރ ބޭނުންކުރުމުގެ ހުއްދަދީފައިވަނީ އަމިއްލަ ނަފުސަށް ޓޭޒަރ ބޭނުންކޮށް ތަޖުރިބާކޮށްފައިވާ ފުލުހުންނަށެވެ.

އޭގެ އިތުރުން، ޓޭޒަރ ބޭނުންކުރާނީ މި ޑިވައިސް ގެންގުޅެ ބޭނުންކުރުމަށް ކަނޑައަޅާފައިވާ ތަމްރީނު ފުރިހަމަކޮށް އެ ތަމްރީނުން ފާސްވެފައިވާ ފުލުހުންނެވެ.

މި ތަމްރީނަކީ އަހަރަކު އެއްފަހަރު ރިފްރެޝަރ ތަމްރީނުގެ ގޮތުގައި ފުރިހަމަކުރާ ތަމްރީނެކެވެ.

ޓޭޒަރ ބޭނުންކުރުމުގެ ކުރިން، ގާނޫނީގޮތުން ފުލުހުން އަންގާ ކަމަކަށް އެއްބާރުލުން ދިނުމަށް ނަސޭހަތްދީ އިންޒާރުކުރުމާއި ޓޭޒަރ ބޭނުންކުރާނެކަމާ އަދި އެއްބާރުލުން ނުދިނުމުގެ ސަބަބުން ލިބޭ ގެއްލުމެއްގެ ޒިންމާ އެ މީހަކު އުފުލަންޖެހޭނެކަން އެންގުމާއެކު ޓޭޒަރ ކުރަނީ މިހެން މަދުވެގެން 3 (ތިނެއް) ފަހަރަށް ސާފުކޮށް އަޑުއިވޭވަރަށް ބުނާނެއެވެ

ޓޭޒަރ ބޭނުންކުރުމުގައި މީހެއްގެ ފުރާނައަށް ނުރައްކާވެދާފަދަ ގުނަވަނަކަށް އަމާޒުކޮށް ބޭނުންނުކުރުމާއި ހާލަތު ނިޔާކުރާގޮތުން ފައިގެ ކޮންމެ ތަނަކަށްވެސް އަމާޒުކުރެވިދާނެކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. ޓޭޒަރ ބޭނުންކުރުމަށްފަހު، އެ މީހަކާ ދެކޮޅަށް ޓޭޒަރ ބޭނުންކުރެވޭ މީހާއަށް އެވަގުތު ބޭނުންވާނެ އެހީތެރިކަން ނުވަތަ އާފްޓަރ ކެއަރ ދެވޭނެއެވެ. ޓޭޒަރ ބޭނުންކުރުމުން އެވަގުތު އެމީހެއްގެ ހަށިގަނޑަށް އެ ލިބޭ ޝޮކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރަނގަޅުވެގެންދާނެއެވެ. އެއީ މީހާގެ ހަށިގަނޑަށްލިބޭ ދާއިމީ ގެއްލުމެއް ނޫނެއެވެ.

މި ޑިވައިސްއަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރުވެސް ބޭނުންކުރަމުންގެންދާ ޑިވައިސްއެކެވެ. އެގޮތުން 130 ގައުމުގައި  ފުލުހުންގެ އިތުރުން ގާނޫނު ތަންފީޒުކުރާ އިތުރު އިދާރާތަކާއި އަސްކަރިއްޔާތަކުގައި ވެސް ޓޭޒަރ ބޭނުންކުރަމުން ގެންދެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބޭނުންކުރަމުންގެންދާނީ އެމެރިކާގެ ސްކޮޓް ޑައިލް އެރިޒޯނާގެ ކުންފުންޏެއް ކަމަށްވާ އެކްޒޯން އެންޓަރޕްރައިޒް އިންކޯޕަރޭޓަޑުން އުފައްދާފައިވާ ޓޭޒަރގެ އެންމެ ފަހުގެ ޑުއަލް ޝޮޓް ސްމާޓް ކޮންޑަކްޓިވް އެނާޖީ  ޑިވައިސް ޓޭޒަރ 7 އެވެ. ޓޭޒަރއަކީ އެގްޒޮންގެ ޓްރޭޑްމާކެކެވެ. ކޮންޑަކްޓިވް އެނާޖީ ޑިވައިސް (ސީ.އީ.ޑީ) ތަކުގެ ތެރެއިން ޓޭޒަރއަކީ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުންދާ ޑިވައިސްއެވެ. ޓޭޒަރގެ މި ޓެކްނޮލޮޖީއަކީ އެގްޒޮންގެ ޕޭޓެންޑެޑް ޓެކްނޮލޮޖީއެކެވެ.

ޓޭޒަރ ސުމާޓް އެނާޖީ ޑިވައިސްއަކީ ދުނިޔޭގެ އެންމެ ފުޅާ ދާއިރާއެއްގައި ދިރާސާ ކުރެވިފައިވާ ލެސްލީތަލް ހަތިޔާރެވެ. އެގޮތުން 850 އަށްވުރެ ގިނަ މިނިވަން ދިރާސާ ކޮށްފައިވެއެވެ. ޓޭޒަރ އަކީ އެހެން ލެސްލީތަލް ފޯސްތަކާ އަޅައިބަލާއިރު އެންމެ ރައްކާތެރި އާލާތެވެ. އެގޮތުން ޕެޕަރ ސްޕްރޭ ބޭނުން ކުރެވޭ މީހަކަށް އޭގެ އަސަރު ފިލައިގެންދާން ދެތިން ގަޑިއިރުން ފެށިގެން އެއް ދުވަހާ ހަމަޔަށް ވަގުތު ނަގާއިރު ޓޭޒަރ ބޭނުންކުރެވޭ މީހަކަށް އޭގެ އަސަރު ފިލައިގެންދާން ނަގާނީ މިނެޓެއް ހާއިރެވެ.

ޓޭޒަރ ސްމާޓް އެނަޖީ ޑިވައިސްތަކަކީ އެއިން ކުރެވޭ ހުރިހާ އަމަލެއް ޑިޖިޓަލީ ލޮގް ކުރެވެމުންދާ ޑިވައިސްއެކެވެ. މި ލޮގަކީ އިންޓަނޭޝަނަލް ސްޓޭންޑަޑަށް އެންކްރިޕްޓް ކުރެވިފައިވާ އަދި އެއްވެސް ފަރާތަކަށް އިތުރު ބަދަލެއް ނުގެނެވޭ ލޮގެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބޭނުން ކުރަމުންދާ ބޮޑީވޯން ކެމެރާ އަކީވެސް އެގްޒޯންގެ އުފެއްދުމެއް ކަމުން، ޓޭޒަރ ބޭނުންކުރެވޭ ހުރިހާ ހާލަތެއްގައި، އެހިސާބުގައި ހުރި ހުރިހާ ބޮޑީވޯން ކެމެރާތައް އަމިއްލައަށް ރެކޯޑުކުވާން ފަށާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: