ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެޓްލްކޯގެ ޓެކްނިކަލް މަސައްކަތްކުރަން ކުރިމަތިލާ އަންހެނުންނަށް އެލަވަންސެއް ދެނީ!

ސްޓެލްކޯއިން އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ސެޓްލްކޯގެ ޓެކްނިކަލް ދާއިރާތަކުގައި މަސައްކަތްކުރަން ކުރިމަތިލާ އަންހެނުންނަށް ހިތްވަރު ދިނުމަށްޓަކައި ހާއްސަ އެލަވަންސެއް ދިނުމަށް ވިސްނުންފުޅު ގެންގުޅުއްވާކަން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ހާމަކުރައްވައިފިއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ސްޓެލްކޯއިން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ކަރަންޓުދިނުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުމަކީ ފިރިހެނުންގެ މަސައްކަތެކޭ ބައެއް ބޭފުޅުންނަށް ހީވާކަމަށެވެ. އެއޚ އަންހެނުންނަށް ވެސް ހަރަކާތްތެރިވެގެން ކުރެވޭނެ މަސައްކަތެއްކަމަށް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ތަފާތު މަސައްކަތެއްކުރާ އަންހެނުން ސްޓެލްކޯގައި ވަރަށް މަދުކަމަށާއި، އެއީ ފުރުސަތުނެތިގެން ނޫންކަމަށާއި، ކުރިމަތިލާންނުކެރޭތީކަމަށް ޝަރީފް ވިދާޅުވިއެވެ.

ފުރުސަތު އެބަ އޮތް. އެހެން ނަމަވެސް ކުރިމަތިލުމުގަ އަންހެން ކަނބަލުންނަށް ހުރަސްތަކެއް ހުރިކަމުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެއްކަމަކީ އަޅުގަނޑުމެންގެ ތެރޭގައި މި އޮންނަ މެންޓާލިޓީ ވިސްނުން.

ކަންކަމާއި ކުރިމަތިލުމަށް އަންހެނުންނަށް އޮތް އެއް ހުރަހެއްގެ ގޮތުގައި ޝަރީފް ފާހަގަކުރެއްވީ ބައެއް މީހުންގެ ވިސްނުމެވެ. އަދި ބައެއް މަސައްކަތްތަކަކީ އޭގެ ޒާތުގައި ފިރިހެނުން ކުރަންޖެހޭ މަސައްކަތެއްކަމަށް ގަބޫލުކުރާކަމަށާއި، އަދި ވަކި މަސައްކަތެއްވީމައި އަންހެނުންނަށް ނުކުރެވޭނެކަމަށް ގަބޫލުކުރާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ފުރުސަތު ނުލިބޭ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމަކީ މުހިންމުކަމެއްކަމަށާއި، އެގޮތުން ސްޓެލްކޯގައި ޓެކްނިކަލް މަސައްކަތްކުރައްވަން ބޭނުންފުޅުވާ ބޭފުޅުން އެކަންކުރުމަށް ކުރިމަތިލެއްވުމަށް ޝަރީފް އެދިވަޑައިގަތެވެ.

އިންޖީނަރުންގެ ގޮތުގައި މަސައްކަތްކުރައްވަން ކުރިމަތިލައްވާށޭ، އެލަކްޓްރީޝިއަނުންގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ކުރިމަތިލައްވާށޭ، ޓެކްނީޝިއަނުންގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ކުރިމަތިލައްވާށޭ އިންޖީނުގޭގައި މަސައްކަތްކުރެއްވުމަށް ކުރިމަތިލައްވާށޭ. އިރާދަކުރެއްވިއްޔާ މާ ދުރު ނޫން މުސްތަގުބަލެއްގައި އަޅުގަނޑު ހިޔާރުކުރަން އެފަދަ ފުރުސަތުތަކަށް ކުރިމަތިލައްވާ ބޭފުޅުންނަށް އިތުރު އެލަވަންސެއްދިނުމަށް އަޅުގަނޑު ބޯޑަށް ހުށައަޅާނަން.

ސްޓެލްކޯގައި ކުރާ އެފަދަ މަސައްކަތްތަކަށް ކުރިމަތިލައްވާ އަންހެނުންނަށް ވަކި ހާއްސަ އެލަވަންސެއް ދިނުމަށް އޭނާ ބޯޑަށް ހުށައަޅުއްވާނަންކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިކަމުގެ ބޭނުމަކީ ސްޓެލްކޯގެ ހުރިހާ ދާއިރާއެއްގައިވެސް އަންހެނުންނަށް މަސައްކަތްކުރުމުގެ ފުރުސަތު ފަހިވެފައި އޮތްކަން އަންގައިދިނުންކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ޔަގީންކަން ދެއްވީ ސްޓެލްކޯގެ މަސައްކަތުގެ މާހަލައުލަކީ އަންހެނުންނަށް ރައްކާތެރި، ހަމަހަމަ ފުރުސަތުތަކެއް ފަހިވެފައިވާ މަސައްކަތުގެ މާހައުލެއްކަމުގެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: