ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުށި ފޭސް ދެއެއްގެ ބިން ހިއްކަން ފަށައިފިން: އެޗްޑީސީ

ތިލަފުށި ފޭސް ދެއެއް ބިން ހިއްކުމުގެ މަސައްކަތް: ފޮޓޯ/ އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށި ފޭސް 2 ގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް ފަށާފައިވާކަމަށް ހައުސިންގް ޑިވެލޮޕްމެންޓު ކޯޕަރޭޝަން(އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީ އިން ނެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، ސަރުކާރުންދަނީ ސިނާއީ ދާއިރާގައި ހުރި މައްސަލަތައް ބަލައި އެ ކަންކަމުގެ މައްޗަށް ބިނާކޮށް ހައްލުތަކެއް ހޯދައިދުމަށް މަސައްކަތްކުރަމުންނެވެ. އަދި އެ މަސައްކަތުގެ ތެރެއިން ތިލަފުށި މާސްޓާރ ޕްލޭން އެކުލަވާލެވިފައިވާކަމަށާއި އެ ޕްލޭންގައިވާ ގޮތުގެ މަތިން ތިލަފުށި ފޭސް ދެއެއްގެ ބިން ހިއްކުމުގެ މަސައްކަތްތައް އަމަލީ ގޮތުން ފަށާފައިވާކަމަށް ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން، ތިލަފުށި ފޭސް ދެއެެއްގެ އޭރިއާ ސީގެ 20 ހެކްޓަރު ބިން ހިއްކުމަށް ކަނޑައެޅިފައިވެއެވެ. އަދި އެ މަސައްކަތުގެ ތެރެއިން މިހާރު ކުރެވެމުންދަނީ ބަންޑު ވޯލް ބިނާ ކުރުމުގެ މަސައްކަތްތައްކަން އެޗްޑީސީ އިން ބުނެފައިވެއެވެ.

ރާއްޖޭގެ ސިނާއީ މަސައްކަތްތަކަށް ޖާގައިގެ ދަތިތަށް ފަދަ މައްސަލަތައް ކުރިމަތިވަމުންދާއިރު އާންމު ސަރަހައްދުތަކުގައި ބައެއް ބާވަތުގެ ވިޔަފާރިތައް ހުރުމުގެ ސަބަބުން އާނމުންނަށް އުނދަގޫތައް ދިމާވެ އެކްސިޑެންޓުތައްވެސް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް އެޗްޑީސީ އިން ބުނެފައިވެއެވެ.

އެހެންކަމުން އެފަދަ ކަންކަން ތަކުރާރުވާން ޖާގަ ނުދިނުމަށްޓަކައި މާލެ ސަރަހައްދުގައި އަދި ތިލަފުށީގައިވެސް ޒަމާނީ ވަސީލަތްތަކާއިއެކު ސިނާއީ ބޮޑު ސަރަހައްދެއް ތަރައްގީ ކުރުން މުހިންމު ކަމަކަށްވެފައިވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެޗްޑީސީ އިން ބުނެފައިވާގޮތުން އެ ކުންފުނިން މަސައްކަތްކުރަމުންދަނީ ސަރުކާރާއި ގުޅިގެން މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ރައްކައުތެރި މާހައުލެއް ގާއިމުކޮށްދިނުމަށެވެ. އަދި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި އެހެންކަމުން ރާއްޖޭގެ ގިނަ ސިނާއަތްތަކަށް ބޭނުންވާނެ ޒަމާނީ ވަސީލަތްތަކާއި އިންފްރާސްޓްރަކްޗާ ގާއިމު ކުރުމުގެ މަސައްކަތްތައް ކުރަމުންދަނީ އަހައްމިޔަތު ދީގެންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: