ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިމަތިވެދާނެ ނުރައްކާތައްދަނީ ތަފާތުވެ ބަދަލުވަމުން: ރައީސް

ރައީސް ސާލިހު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޭޒަރ ގަންއަކީ ކުށްވެރިންނަށް ހަމަލާ ދިނުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ޕޮލިސް ރީސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓެކްނޮލޮޖީގެ ކޮންމެ ލުއި ފަސޭހަ އަކާއިއެކު އިޖުތިމާއީ ނުވަތަ ޖިނާއީ ގޮންޖެހުމެއް ކުރިމަތިނުވާކަމަށް ނުދެންނެވޭނެކަމަށާއި މުޖުތަމައު އާއި ފަރުދުންނަށް ނުރައްކާތެރިކަމެއް ކުރިމަތިވެދާނެ ފަދަ ކަންކަން ދަނީ ތަފާތުވެ ބަދަލުވަމުންކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކަންކަން ކުރުމުގައި ބޭނުންކުރާ އުކުޅުތަކާއި ވައްޓަފާޅިވެސް ބަދަލުވަމުންދާކަމަށެވެ. އެގޮތުން ކުށްތައް ކުރުމުގައި ބޭނުންކުރަމުންދާ ވަސީލަތްތަކުގެ އިތުރުން ކުށަކަށް އަރައިގަތުމަށް ފަހު ގާނޫނުގެ އަތްދަށު ނުވުމަށް ރާވާ ރޭވުންތައްވެސް ބަދަލުވަމުން ތަފާތުވަމުންދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، އެއީ ފުލުހުންގެ ތައްޔާރީ ހާލަތަށް ބަދަލުތަކެއް ގެނައުން މަޖުބޫރުކުރުވާ އެއް ސަބަބުކަމަށެވެ. އަދި އެ ބަދަލުތަކާއި އެކަށީގެންވާ ގޮތަކަށް ފުލުހުންގެ ހިދުމަތްތައް ތަރައްގީ ކުރުމަށް އިސްކަން ދޭންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ފުލުހުންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދުމަށް މަސައްކަތްކުރައްވަމުންދާކަމަށެވެ. އެގޮތުން ވޭތުވި އަހަރުތަކުގެ ތެރޭގައި ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް ގަބޫލުކުރައްވާކަމަށާއި، ފުލުހުންގެ ބޮޑީ ވޯން ކެމެރާއަކީ އެ މަސައްކަތްތަކުގެ ތެރެއިން ކުރެވިފައިިވާ ކަމެއްކަމަށް ރައީސް ފާހަަގަކުރެއްވިއެވެ.

ރައްޔިތުންނަށްޓަކައި ފުލުހުން ކިތަންމެ ބޮޑު ނުރައްކަލަކާއި ކުރިމަތިލާނަމަވެސް އެ މީހުންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުމަކީ ކުރަންޖެހޭކަމެއްކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ގާނޫނީ އަދި ޖިސްމާނީ ރައްކައުތެރިކަންވެސް ކަަށަވަރުކޮށްދެވެންޖެހޭކަމަށެވެ.

ރައީސް ސާލިޙް ވިދާޅުވި ގޮތުގައި ފުލުހުންގެ މުއައްސަސާއިން ދެން މި އަހަރުގެ ތެރޭގައި ބޭނުންކުރަން ފަށާނެ ވަސީލަތަކީ ޓޭޒަރ ގަންއެވެ. އެގޮތުން ޓޭޒަރ ގަން އަކީ ނުރައްކާތެރި ކުށްވެރިންނާއި ކުރިމަތިލާއިރު އެކުވެރިޔާ އަދި ފުލުސް މީހާގެވެސް ރައްކަލަކައްޓަކައި ބޭނުންކުރާ ވަސީލަތެއްކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ، ޓޭޒަރ ގަންއަކީ ފަހަރެއްގައިވެސް ކުށްވެރިންނަށް ހަމަލާ ދިނުމަށް ބޭނުންކުރާނެ ހަތިޔާރެއްގެ ގޮތުގައި އެމަނިކުފާނު ދެކިވަޑައިނުގަންނަވާކަމަަށެވެ. އަދި ވިދާޅުވީ އައްޑޫގެ ޕޮލިސް ކޮލެޖު ގާއިމުވެގެންދިއުމަކީވެސް ޒަމާނީ ތައުލީމު ލިބިފައިވާ ފުލުހުން ބިނާކުރުމަށް ކުރިއަށް އެޅުނު ވަރަށްވެސް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: