ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުމްހޫރީ ޕާޓީ އިންތިހާބުގައި ވާދަކުރުމަށް ނިންމުމާ ގުޅިގެން އެމްޑީޕީގެ މެމްބަރުންނާ ރައީސް ސާލިހު މަޝްވަރާކޮށްފި

ރައީސް ސާލހް އާއި ޖޭޕީގެ ލީޑަރު ގާސިމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރުމަށް ނިންމާފައިވާތީ، އެ ޕާޓީ އާއި މެދު ކުރިއަށް އޮތް ތަނުގައި އަމަލުކުރާނެ ގޮތަކާއި ބެހޭގޮތުން އެމްޑީޕީގެ މެމްބަރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހް މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް ސާލިހްގެ ރަސްމީ ގެކޮޅު މުލީއާގޭގައި ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންނާއި ވަޒީރުން ވަނީ ބައިވެރިވެފައެެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާތީ، އެ ޕާޓީގެ ފަރާތުން ސަރުކާރުގެ މަގާމްތަކުގައި ތިބި މެމްބަރުން ވަޒީފާ އިން އަމިއްލަ އަށް ވަކިވެގެން ދިއުމަށް ރައީސް ސާލިހް އަށް ތާއީދު ކުރާ މަޖިލިސް މެމްބަރުން ވަނީ ގޮވާލާފައެވެ. އަދި ރިތި ގޮތަކީ ޖޭޕީގެ ހުރިހާ މެމްބަރުން ސަރުކާރުން ވަކިވުން ކަމަށް ރައީސް ސާލިހް އަށް ތާއީދު ކުރާ ގިނަ މެމްބަރުން ދަނީ ބުނަމުންނެވެ.

އެ ވާހަކަ ތަކުގެ ރައްދުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އެއްބަސްވުމެއް ހެދިފައި އޮތް ކަަމަށާއި އޭގައި ވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް ނުވަތަ މި ރިޔާސީ ދައުރު ނިމެންދެން ސަރުކާރުގެ މަގާމްތަކުގައި ޖޭޕީގެ މެމްބަރުންނަށް ތިބެވޭނެކަމަށެވެ. އެހެންކަމުން އެ ޕާޓީގެ އެއްވެސް ފަރާތަކުން އިސްތިއުފާ ދޭން ނުޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ ކޯލިޝަންގައި އޮތް އިރު އަދި ވޭތުވެދިޔަ ތަނުގައި ޖޭޕީ އަށް ލިބެންޖެހޭ އިނާޔަތްތަކާއި މަގާމްތައް ދެވުނީ ކިހާ ވަރަކަށްތޯ އަމިއްލަ އަށް ސުވާލު ކޮށްލަން ޖެހޭ ކަމަށެވެ. އަދި ވަކިވެގެން ދިއުމަށް މިއަދު ޖޭޕީގެ މެމްބަރުން ގާތުގައި ބުނުމަކީ ލަދުވެތި ކަމެއްގެ ގޮތުގައި ގާސިމް ސިފަކުރެއްވިއެވެ.

އެމްޑީޕީގެ ފަރާތުން ރައީސް ސާލިހްގެ ފެކްޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ ތެރޭގައި ހިމެނޭ ބައެއް މެމްބަރުން ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި ކަންބަޅި ކަތިލާ އުސޫލުން ޖުމްހޫރީ ޕާޓީގެ ފަރާތުން ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުން މަޖިލީހަށް ހާޒިރުކޮށް އިތުބާރުނެތް ކަމުގެ ވޯޓް ނަގާ އެމަގާމްތަކަށް އެމްޑީޕީގެ އިތުބާރު ކުރެވޭ މެމްބަރުން ލާނެ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވެސް ދާދި ފަހުން ބޭއްވި ޕްރެސް އެއްގައި ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީން ވަކިން އިންތިހާބުގައި ވާދަކުރުމަކީ ރައީސް ސާލިހް އަށް އިންތިހާބަށް ހުރަސް އެޅޭނެ ނުވަތަ އިންތިހާބުން ބަލިވެދާނެ ސަބަބެއް ކަމަށް ނުބެލެވޭ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ގާސިމް އަށް ތާއީދު ކޮށް ޖުމްހޫރީ ޕާޓީގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ސަރުކާރުގެ މަގާމް ތަކުން ޖޭޕީ ވަކި ނުކުރެވޭނެ ކަމަށެވެ.

ރައީސް ނަޝީދު ގެންދަވަނީ ފާޅުގައި ރައީސް ސާލިހާއި ދެކޮޅަށް ސިޔާސީ މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން ފިކުރެއްގެ ދިރުމުގެ ނަމުގައި ސިޔާސީ އެކި ހަރަކާތްތައް ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރާ މަޖިިލިސް މެމްބަރުންނާއި އާއްމު މެމްބަރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: