ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެނޑިޑޭޓުންގެ މާލީ ބަޔާން ހުށައެޅުމަށް އޮންނަ މުއްދަތު އިތުރުކުރުމަށް އިސްލާހު ހުށައަޅައިފި

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހަބީބް އަބްދުއްރަހީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކެނޑިޑޭޓުންގެ މާލީ ބަޔާން ހުށައެޅުމަށް އޮންނަ މުއްދަތު އިތުރުކުރުމަށް އިސްލާހު ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭ މަޝްވަރާތައްކުރުމަށް ގައުމީ ލަފާދޭ ކޮމިޓީއާއިއެކު އީސީ އިން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަބީބް ވިދާޅުވީ އިންތިހާބާއި ބެހޭ ގާނޫނުގެ 59 ވަނަ މާއްދާއަށް އީސީގެ ފަރާތުން އިސްލާހު ހުށައަޅާފައިވާނެކަމަށެވެ. ވޯޓުލާ މަރުކަޒުތަކުން ވޯޓާއި ބެހޭ ތަކެތި މާލޭގެ މައި މަރުކަޒަށް ފޮނުވުމަށް 3 މީހުން ހަވާލުވުމަށް އޮތް އޮތުން 2 މީހުންނަށް ބަދަލުކުރުމަށް އިސްލާހު ހުށައަޅާފައިވާކަމަށް ހަބީބް ވިދާޅުވިއެވެ. އަދި އެއީ އެކަމަށް ބޮޑެތި ހަރުދުތަކެއް ހިނގާތީކަމަށް ވިދާޅުވިއެވެ.

ރަށްރަށުން ވޯޓު ފޮށި ހިފައިގެން އަންނައިރު ތިން މީހަކު އަންނަން ޖެހުނީމަ އެއީ ވަރަށް ބޮޑު ހަރަދެއްކަމަށް އަޅުގަނޑުމެންނަށް މިހާތަނަށް ބެލި ބެލުމުން ފާހަގަކުރެވިފައިވަނީ.

ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބު ބޭއްވުމަށް ބަޖެޓު ލިބިފައި އޮތީ ހަރަދު ކުޑަކުރުމަށް މަޖުބޫރުވާ ގޮތަށްކަމަށެވެ.

މީގެ އިތުރުން ކެނޑިޑޭޓުންގެ މާލީ ބަޔާން ހުށައެޅުމަށް އޮންނަ އޮތުން ފާހަގަކުރައްވާ ހަބީބް ވިދާޅުވީ، މާލީ ބަޔާން ހުށަހެޅުމުގައި ކުރެވިފައިވަނީ ވަރަށް ހިތި ތަޖުރިބާއެއްކަމަށެވެ. މިހާރު އޮތް ގާނޫނުން މާލީ ބަޔާން ފުރިހަމަކުރުމަށްޓަކައި ލިބެނީ 21 ދުވަހުގެ މުއްދަތެއްކަމަށާއި، މި މުއްދަތު 30 ދުވަހުގެ މުއްދަތަކަށް ބައްދަލުކޮށްދިނުމަށް އެދި އިސްލާހު ހުށައަޅާފައިވާނެކަމަށް ހަބީބް ވިދާޅުވިއެވެ.

މީގެ އިތުރުން 74 ވަނަ މާއްދާއަށްވެސް އިސްލާހު ހުށައަޅާފައިވާނެކަމަށް ވިދާޅުވިއެެވެ. އެގޮތުން އިންތިހާބުގެ ވޯޓު ކަރުދާސް ހުންނާނެ ގޮތާއިމެދު އީސީ ފިޔަވާ އެއްވެސް ފަރާތަކުން އިއުލާނެއް ނުވަތަ އެއްވެސް ބާވަތެއްގެ އިސްތިހާރެއްކުރުން އެއީ މަނާކަމެއްކަމަށް ގާނޫނުގައި އޮންނަކަމަށް ވިދާޅުވިއެވެ. ނަމަވެސް ހޭލުންތެރިކުރުމުގެ މަގުސަދުގައި ސިޔާސީ ޕާޓީތަކުންނާއި، ކެނޑިޑޭޓުންގެ ފަރާތްޕުޅުން މިކަން އޮންނަ ގޮތް ރައްޔިތުންނަށް އޮޅުންފިލުވައިދޭންކަމަށް ވިދާޅުވިއެވެ. އެހެންކަމުން މި ފުރުސަތު ލިބޭނެ ގޮތަށް އިސްލާހު ހުށައަޅާފައިވާނެކަމަށާއި، ނަމަވެސް އީސީގެ އެއްވެސް އިއުލާނަކާއި ހިލާފުވުމަކީ މަނާކަމެއްކަމަށް ވިދާޅުވިއެވެ.

ލޯފަން މީހުން ވޯޓުލުމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ހަބީބް ވިދާޅުވީ ލޯފަން މީހުން ވޯޓުލުމުގައި އެހީތެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތުން ފާހަގަޖަހަނީ ލޯފަން މީހާ އެދޭ ކެނޑިޑޭޓުގެ ގޮޅީގައިކަމާއިމެދު އެއްވެސް ޔަގީންކަމެއް ނޯންނަކަމަށެވެ. މިކަމުގައި ކޮމިޝަނަށް ކުރެވޭނީ ކޮންކަމެއްތޯ ބަލާ ދިރާސާކުރިއިރު، ޓެމްޕްލެޓެއް ބޭނުންކޮށްގެން އެމީހުންނަށް އެ ފުރުސަތުދެވިދާނެކަމަށް އީސީއިންވެސް ގަބޫލުކުރާކަމަށް ހަބީބް ވިދާޅުވިއެވެ. މިކަމުގެ މަސައްލަތްތައް ކުރިއަށްދާނީ ލޯފަން ބޭފުޅުންގެ މަޝްވަރާއާއިއެކުގައިކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ބްލައިންޑު އެސޯސިއޭޝަނުންވަނީ ދިވެހިރާއްޖޭގެ އެކި މުއައްސަސާތަކާއިއެކު ވޯޓުލުމުގައި ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އަދި މައްސަލަތައް ހައްލުކުރާނެ ހަރަދު ކުޑަ ގޮތެއްވެސް ޖަމިއްޔާއިންވަނީ ހުށައެޅާފައެވެ. ބަލައިންޑު އެސޯސިއޭޝަނުގެ ނައިބު ރައީސް ހުސައިން ޝަރީފްވަނީ ހަރު މެޓީރިއަލްއަކުން ވޯޓު ކަރުދާއާއި އެއްވަރު ފާނގަތަކެއް ކަނޑާފައިވާ ކަރުދާހެއް ބައްޓަން ކުރުމަށް ހިޔާލު ހުށައަޅުއްވާފައެވެ.

މީގެ ކުރިން ލޯފަން ބޭފުޅުން ވޯޓު ލާއިރު، ގާތުގައި އެހީތެރިއަކު ހުރެއެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން ސިއްރު ވޯޓަކަށް ވެގެން ނުދާކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: