ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯގެ ލީޑަރޝިޕް މެނޭޖްމެންޓް ޓްރޭނިންގ ނިންމި ފަރާތްތަކަށް ސެޓްފިކެޓް ހަވާލްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯއިން ކުރިއަށްގެންދިޔަ ލީޑަރޝިޕް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިންގ ވޯކްޝޮޕް ގައި ބައިވެރިވެ ޓްރޭނިންގ ނިންމި ފަރާތްތަކަށް ސެޓްފިކެޓް ދީފިއެވެ.

ސްޓެލްކޯގެ ލީޑަރޝިޕް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިންގ ޓްރޭނިންގ އަކީ އަތޮޅުތެރޭގެ އިންޖީނުގެތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމޒުކޮށްގެން އއ އުކުޅަހުގައި ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ސްޓެލްކޯ އިން ބުނީ އެ ޓްރޭނިންގ ޕްރޮގްރާމްގައި އަތޮޅުތެރޭ އިންޖީނުގެތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ 31 މުވައްޒަފަކު ބައިވެރިވެފައިވާ ކަމަށެވެ.

އުކުޅަހު ކޮންވެންސަން ސެންޓަރުގައި ބޭއްވި ސްޓެލްކޯގެ ޓްރޭނިންގ ނިންމުމުގެ ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ އެ ޓްރެއިނިންގ އަކީ ވަރަށް މުހިއްމު ޓްރެއިނިންގ އެއް ކަމަށެވެ. އަދި ސްޓެލްކޯ އިން މީހުން ބިނާ ކުރުމަށް އިސްމަކެއްދީ ވަރަށް ގިނަ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ލީޑަރޝިޕްގައި ތިބޭ ފަރާތްތަކަކީ މާހައުލަށް ލޯހުޅުވޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އެފަދަ ޓްރޭނިން ތަކުގެ ބޭނުމަކީ ރައްޔިތުންނަށް ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން، ވަކިކަމެއް ވަކިގޮތަކަށް ކުރަން ދަސްކޮށްދޭން ނޫން ކަމަށާއި އެ ރަށެއްގެ މާހައުލަކަށް ފެތޭ ގޮތަށް ސިކުނޑިއާއި، ލޯ ހުޅުވާލަދީ ކަންކަމަށް މަގުފަހިކޮށް އަދި ދިމާވާ ކަންތައްތަކަށް ހައްލު ހޯދައިދިނުމުގެ ޓޫލްސްތަކެއް ދަސްކޮށްދިނުމަށް ކަމަށް ޝަރީފް ފާހަގަ ކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯގެ މެނޭޖަރުން ވާންޖެހޭނީ ރަށުފެންވަރުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ނަމޫނާ ބަޔަކަށް ކަމަށާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ ކޮންމެ ކަމެއްވެސް ލީޑު ކުރައްވަންޖެހޭނެ ކަމަށެވެ. އަދި އެ ރަށެއްގައި ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ އެންމެ އިސް ފަރާތްތަކުގެ ތެރޭގައި ސްޓެލްކޯގެ މެނޭޖަރުން ހިމެނެންޖެހޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: