ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެއްލިގެން އުޅެނީ ހަމައެކަނި ރައީސް ޔާމީންގެ ހައްގެއްނޫން: އަބްދުއްރަހީމް

ޕީއެންސީ ރައީސް އަބްދުއްރަހީމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލިގެން އުޅެނީ ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހައްގު ނޫން ކަމަށާއި، އެތަކެއް ދިވެހި ރައްޔިތުންގެ ހައްގު ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. .

ރައީސް ޔާމީންގެ މައްސަލައިގެ ކަންބޮޑުވުން ހިއްސާ ކުރުމަށް އިދިކޮޅުން ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް އާއި އެކު ކުރިއަށް ދިޔަ ބައްދަލުވުމަށް ފަހު އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިހާބު ކުރިމަތިވަމުން އަންނައިރު ޕާޓީ އާއި ލީޑަރާ ބައްދަލުވެ މަޝްވަރާ ކޮށްލާނެ ފުރުސަތު ރައީސް ޔާމީން އަށް  ނުދީ ސަރުކާރުން ހިފަހައްޓައިގެން އުޅޭ ކަމަށެވެ.

މިއަދު ރައީސް ޔާމީން އަށް ލިބޭ ކޮންމެ ގެއްލުމެއްގައި އެތައް ރައްޔިތުންގެ ހައްގު ޝާމިލްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ ހުދުމުހުތާރުކަން އިންތިހާއަށް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ މައްސަލައިގައި އެޗްއާރުސީއެމްގެ ދައުރަކީ ކޮބައިތޯ އާއި އެބޭފުޅުންގެ ދައުރު އަދާކުރަމުންދަނީ ކިހާވަރަކަށްތޯ ވިދާޅުވެ އަބްދުއްރަހީމް ސުވާލު އުފެއްދެވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އެޗްއާރުސީއެމް އިން ސަރުކާރުގެ ނުފޫޒުގެ ތެރޭގައި ތިބީ ފިތިފައިތިބިކަމަށެވެ.

އިދިކޮޅުން ރަައީސް ޔާމީން މިނިވަން ކުރުަމަށް ގޮވާލާ އިހްތިޖާޖުތައް މާލޭގައި ކުރިއަށްގެންދާއިރު އެ މުޒާހަރާތަކުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާ ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.

އިދިކޮޅުގެ ފަރާތުން ރަސްފަންނުގައި މިދިޔަ ހުކުރުދުވަހު ބޭއްވި އިހްތިޖާޖުގައި ލީޑަރޝިޕްގެ ބޭފުޅުން ފާހަގަ ކުރެއްްވިގޮތުގައި ރައީސް ޔާމީން މިނިވަން ކުރުމަށް އެފަރާތްތަކުން ދަނީ ސަރުކާރުގައި އާދޭސް ކުރަމުން ކަމަށް ވަނީ ބުނެފައެެވެ. އެގޮތުން ރަމަޟާން މަސް އައުމުގެ ކުރިން ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އާދޭސް ކުރަމުންދާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.

އިދިކޮޅުގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވާ ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފާ، އެ ފައިސާ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެ މިދިޔަ ޑިސެމްބަރު މަހުގެ 25 ގައެވެ.

ކްރިމިނަލް ކޯޓުގެ މި ހުކުމް ޔާމީނުގެ ވަކީލުންގެ ޓީމުން މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ޔާމީނުގެ ވަކީލުންގެ ޓީމުން މީގެ ކުރިން ބުނެފައިވަނީ މި މަހުގެ ތެރޭގައި އިސްތިއުނާފީ މައްސަލަ ނިންމާ ޔާމީނު މިނިވަން ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ރައީސް ޔާމީން މީގެ ކުރިން ވިދާޅުވެފައިވަނީ އެމަނިކުފާނަކީ ޖަލުން ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނު މިނިވަން ވުމަށް ސަރުކާރާއެކުގައި އެއްވެސް ޑީލެއް ނުހަދާނެ ކަމަށެވެ. އަދި އެމަނިކުފާނު ކޯޓްތަކުން އަދި ޝަރުއީ މަރުހަލާތަކުން މިނިވަން ވަންދެން ޖަލުގައި ހުކުމް ތަންފީޒްކުރުމަށް ސާބިތުވެ ހުންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: